މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
މޯލްޑިވްސް ޗެސް އެސޯސިއޭޝަންގެ އިންތިޚާބާބެހޭ

 

                                      އިޢުލާން

 

 

  މޯލްޑިވްސް ޗެސް އެސޯސިއޭޝަންގެ ހިންގުން އިތުރަށް ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ދަށުން މޯލްޑިވްސް ޗެސް އެސޯސިއޭޝަންގެ އެންމެހާ ކަންކަން ދުވަހުން ދުވަހަށް ބެލެހެއްޓެވުމަށާއި އެސޯސިއޭޝަންގެ

އަސާސީ ގަވާއިދު އިޞްލާޙުކުރެއްވުމަށްފަހު ކޮމިޓީގެ ބެއްލެވުމުގެ ދަށުން އެސޯސިއޭޝަންގެ އިންތިޚާބާއިބެހޭ އެންމެހާ މަސައްކަތްތައް ކުރެއްވުމަށް 3 މަސްދުވަހުގެ މުއްދަތަށް، 3 މެމްބަރުންގެ މައްޗަށް އެކުލެވޭ ނޯމަލައިޒޭޝަން

ކޮމިޓީއެއް އެކުލަވާލެއްވުމަށް ކުޅިވަރާބެހޭ ގައުމީ މަޖިލީހުން ކޮމިޝަނަރ އޮފް ސްޕޯޓްސްއަށް ވަނީ ލަފާދެއްވާފައެވެ.

  މި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެއްވެސް ބޭފުޅަކަށް މޯލްޑިވްސް ޗެސް އެސޯސިއޭޝަންގެ ކުރިއަށް އޮތް އިންތިޚާބުގައި އެ އެސޯސިއޭޝަންގެ އެއްވެސް މަޤާމަކަށް ކުރިމަތި ނުލެއްވޭނެކަމުގައި ދަންނަވަމެވެ.

  ކޮމިޝަނަރ އޮފް ސްޕޯޓްސް އެކުލަވާލައްވާފައިވާ ނޯމަލައިޒޭޝަން ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ މަޢުލޫމާތު ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

 

  1. އަލްފާޟިލް މުޙައްމަދު ނިޒާމް – ކޮމިޓީގެ ޗެއަރ
  2. އަލްފާޟިލް އިސްމާޢީލް ޝަފީއު – މެމްބަރ
  3. އަލްފާޟިލާ މަރްޔަމް މޫސާ – މެމްބަރ

 

                                               03  މުޙައްރަމް  1440

13 ސެޕްޓެންބަރު 2018
ހޯދާ