ދިވެހިރާއްޖެ
މި ހޮސްޕިޓަލުގެ އިޢުލާން ނަންބަރު:IUL)BAH-AHR/BAH/2018/28) ބާތިލްކުރުމަށްފަހު އަލުން މިމަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ. |
|
މަޤާމު |
އެޑްމިނިސްޓްރޭޓިވް އޮފިސަރ |
މަޤާމުގެ ނަންބަރު |
J-268321 |
ބޭނުންވާ އަދަދު |
01 (އެކެއް) |
މަޤާމުގެ ގިންތި |
ދާއިމީ |
މަޤާމުގެ ރޭންކް |
ޖީ.އެސް 3 |
މަޤާމުގެ ކްލެސިފިކޭޝަން |
އޮފިސަރ ގްރޭޑް 1 |
ވަޒީފާ އަދާކުރަންޖެހޭ ތަން |
ބ. ފުޅަދޫ ޞިއްޙީމަރުކަޒު / ބ. ފުޅަދޫ |
މުސާރަ |
-/4465ރ ( ހަތަރުހާސް ހަތަރު ސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ ) |
ސަރވިސް އެލަވަންސް |
-/1500ރ ( ފަނަރަސަތޭކަ ރުފިޔާ) |
ސަޕޯޓިންގ ކޯ އެލަވަންސް |
-/700ރ ( ހަތްސަތޭކަ ރުފިޔާ ) |
އެހެނިހެން އެލަވަންސް: |
- ރިސްކް އެލަވަންސް ( ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައި އޮންނަ އުސޫލުން ) - ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް. - ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން - ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުންއިތުރުގަޑީގެ ފައިސާ އާއި އެހެނިހެން އިނާޔަތްތައް. |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
މައިގަނޑު މަސައްކަތްތައް 1- ޞިއްޙީ މަރުކަޒު ރަސްމީގަޑީގައާއި ނުރަސްމީ ގަޑީގައި ހުޅުވާ ލެއްޕުން 2- ޞިއްޙީމަރުކަޒުން ދެވެންހުރި ޚިދުމަތްތައް އެންމެ އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދެވޭނެ ގޮތަކަށް ތަނުގެ މާހައުލު ތަނަވަސްކުރުން. 3- ޞިއްޙީމަރުކަޒުގެ އިދާރީ ކަންތައްތަކާއި ފައިސާގެ ކަންތައްތައް އަދި މުވައްޒަފުންގެ ކަންތައްތަކާއި،އާސަންދަ ކަންތައްތައް ބެލެހެއްޓުން. 4- ޞިއްޙީމަރުކަޒަށް ބޭނުންވާ އެންމެހާ ތަކެތި ހޯދުމަށް މަސައްކަތް ކުރުމާއި، މަރާމާތުކުރަންޖެހޭތަކެތި މަރާމާތު ކުރުވުމަށް މަސައްކަތްކުރުން 5- އިންވެންޓްރީ ބެލެހެއްޓުން 6- ޑޮކްޓަރަށްދައްކަން އަންނަ ބަލިމީހުންޑޮކްޓަރަށް ދެއްކުމުގައި އެހީތެރިވުން 7- މަރުކަޒު ހިންގަން ހަވާލުވެ ހުންނަ ފަރަތް ނެތިދާ ދުވަސްތަކުގައި މަރުކަޒު ހިންގުމާ ހަވާލުވެ ކުރަންޖެހޭ މަސައްކަތްތައް ކުރުން 8- ސްޕަވައިޒް ކުރަންޖެހޭ މުވައްޒަފުންގެ މަސައްކަތް ސްޕަވައިޒްކޮށް ބެލެހެއްޓުން 9- މަރުކަޒުގައި ފާހަނގަ ކުރާއެކިއެކި ހަރަކާތްތައް ހިންގުމުގައި އެހީތެރިވެ ބައިވެރިވުން 10- މުވައްޒަފަކު ޗުއްޓީ ނަގާ ހަލަތުގައި ހަވާލު ކުރެވޭ ރަސްމީ މަސައްކަތްތައް ކުރުން
|
މަޤާމުގެ ޝަރުތުތައް |
ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދާސްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓިފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދައްވެގެން 'ސީ' ގްރެޑް ލިބިފައިވުން |
ހުށަހަޅަންޖެހޭ ލިޔުންތައް |
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި،ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
1- ތައުލީމާއި ތަމްރީނު (ލިބިފައިވާ ތަޢުލީމާ، މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރުމުއްދަތުގެ ތަމްރީނު ) 2- މަސައްކަތުގެ ތަޖުރިބާ ( މަގާމުގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ތަޖުރިބާ ) 3- ލިބިފައިވާ ހުނަރު( އިންޓަރވިއު / ޕްރެކްޓިކަލްސް ) 4- އިމްތިހާން (ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށްއެދޭ އިމްތިހާން) ނޯޓް: މަގާމަށް އައްޔަން ކުރުމަށް ވަޒީފާއަށް އެދިފައިވާ މީހާއަށް ކުރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓް ޖުމްލަ %45 ( ސާޅީސް ފަހެއް ) އިންސައްތައަށްވުރެ މަތިވާން ޖެހޭނެއެވެ. |
މަޤާމަށް އެދެންވީގޮތާއި ސުންގަޑި |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 25 ސެޕްޓެމްބަރ 2018 ވަނަ ދުވަހުގެ 13.00 ގެ ކުރިން، ބ. އަތޮޅު ހޮސްޕިޓަލުގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]އަދި ފެކްސް 6608362 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 30 އޯގަސްޓް 2018 އާއި 4 އޮކްޓޯބަރ 2018 އާ ދެމެދު، ބ. އަތޮޅު ހޮސްޕިޓަލުގައެވެ. |
ޝޯޓް ލިސްޓް ކުރުން |
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސްލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
އިތުރު މަޢުލޫމާތު |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ބ. އަތޮޅު ހޮސްޕިޓަލުގެ 6608309 ނަންބަރު ފޯނާއެވެ. ފެކްސް ނަމްބަރަކީ، 6608362 އެވެ. އީ-މެއިލް އެޑްރެހަކީ [email protected]އަށެވެ. |