ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށްވެހިގެ މަރާމާތުކުރުން

މި ކައުންސިލްގެ ބެލުމުގެ ދަށުން ހިންގަމުންގެންދާ ރަށްވެހިގޭގައި ކުރަން ހުރި މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރު (IUL)383/383/2018/59 (05 ސެޕްޓެމްބަރ 2018) އިޢުލާނަށް އެކަށީގެންވާ ވަރަށް ތަރުހީބު ލިބިފައިނުވާތީ، އިސްވެދެންނެވުނު އިޢުލާނު ބާޠިލްކުރުމަށްފަހު އެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރީމެވެ.

                  އެހެންކަމުން މިމަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް މައުލޫމާތުދިނުން، 2018 ސެޕްޓެމްބަރ 19 ވާ ބުދަ ދުވަހުގެ 13:00ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ. އަދި މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2018 ސެޕްޓެމްބަރ 26 ވާ ބުދަ ދުވަހުގެ 13:00 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ފަރާތްތަކުން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގަތުމަށްވެސް ދަންނަވަމެވެ. އެއްވެސް ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްނަމަ ވެރިފަރާތުގެ ސިޓީއަކާއި ދެފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ގެންނަންވާނެއެވެ. ކުންފުންޏަކުން މަޢުލޫމާތު ސާފުކުރާނަމަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީއަކާއި މައުލޫމާތު ސާފުކުރުމަށް ކުންފުނީގެ ފަރާތުން ހާޒިރުވާ ފަރާތް އަންގައިދޭ ލިޔުމެއް ގެންނަންވާނެއެވެ.

            މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ. 

12 ސެޕްޓެންބަރު 2018
ހޯދާ