މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްމާރުކޭޓް އެޅުމަށް ބޭނުންވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

މަސްމާރުކޭޓް އެޅުމަށް ބޭނުންވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

މިރަށުގައި އެޅުމަށް ހަމަޖެހިފައިވާ މަސްމާރުކޭޓް އެޅުމުގެ މަސައްކަތަށް ބޭނުންވާ މެޓީރިއަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިން ކުރި ނަމްބަރ (IUL)320-FNP/320/2018/38 (27 އޯގަސްޓް 2018)  އިޢުލާނަށް އެއްވެސް ފަރާތަކުން އެސްޓިމޭޓް ހުށައަޅާފައި ނުވާތީވެ، އެއިޢުލާން ބާޠިލް ކުރުމަށްފަހު އަލުން އެކަމަށް ފުރުސަތު ހުޅުވާލަމެވެ.

މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 19 ސެޕްޓެމްބަރ 2018 ވާ ބުދަ ދުވަހުގެ 11:00 އަށް މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލް އިދާރާއަށް ވަޑައިގެން އެސްޓިމޭޓް ހުށަހެޅުއްވުމަށް ދެންނެވީމެވެ.

ބޭނުންވާ ތަކެތީގެ ތަފްސީލީ ލިސްޓް ތިރީގައިވާ ތާވަލްގައި އެވަނީއެވެ.

ބޭނުންވާ އަދަދު

ތަފްޞީލް

75

 ކޮތަޅު ސިމެންތި

150

 ބަސްތާ ހިލަވެލި

225

 ބަސްތާ  ހިލަ

60

 ގޯނި ވެލި އާދައިގެ

10

 ފިލާ ހާޑްވުޑް ( "2×"8×'15(

10

 ރިންގް ދަގަނޑު 6mm

10

 ފްލައިވުޑް 12mm

08

 ގަނޑު ލައިސާޑް ޓިނު (7 ފޫޓް)

02

 ގަނޑު ތިނބި

01

 ފޮށި ކޮއްޗެ އިސްކުރު ( "2.5 އެސް.އެސް )

04

 ހޮޅި އެސްލޯނު ( "2/1 ) އާދައިގެ

01

 ހޮޅި އެސްލޯނު ( "4 ) އާދައިގެ

03

 ވޭސްޓިން ޕްލަގް

04

 ވޯޓަރ ޓެކް

04

 ބޯލްވޫލް ("2/1(

03

 ފޯރސެޓް ސްކެޓް ("2/1(

01

 ފޯރސެޓް އެލްބޯ ("2/1 (

05

 އެލްބޯ ("2/1(

05

 ޓީ ("2/1 (

10

 ސްޓަޑް 10mm

18

 ދަގަނޑު 10mm

06

 ނަޓް

06

 ވަސަރު

150

 ގަޑު މުށި ( "12 × "12) އާދައިގެ

 

އަންދާސީހިސާބު ހުށަހަޅުއްވާއިރު ވިޔަފާރި ރަޖިސްޓްރީ ސެޓްފިކެޓްގެ ކޮޕީ އަދި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތުގެ އައި.ޑީ.ކާރޑް ކޮޕީ އެޓޭޗްކުރެވިފައި އޮންނަންވާނެއެވެ.  މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާކަން މަޢުލޫމާތަށްޓަކާއި ދެންނެވީމެވެ. އަދި، މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް 13 ސެޕްޓެމްބަރ 2018 ވާ ބުރާސްފަތި ދުވަހުން ފެށިގެން 19 ސެޕްޓެމްބަރ 2018 ވާ ބުދަ ދުވަހުގެ 11:00 ގެ ނިޔަލަށް މިކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އެސްޓިމޭޓްތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ އަންދާސީހިސާބުތައް ބަލައިނުގަންނާނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުވާނެވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މި ބީލަމުގައި ބައިވެރިވެވަޑައިގެންނެވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

 

މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 6608303/9998110 އަށް ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

12 ސެޕްޓެންބަރު 2018
ހޯދާ