މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.ވާދޫ އިން ދިރިއުޅުމަށް ބަންޑާރަގޯތި ދޫކުރުން

 

އިޢުލާން 

 

ރ.ވާދޫ އިން ދިރިއުޅުމަށް ބަންޑާރަގޯތި ދޫކުރުން

 

ރ.ވާދޫ އިން ދިރިއުޅުމަށް 3000 އަކަފޫޓުގެ  25 ބަންޑާރަ ގޯތި ދޫކުރުމަށް ކަނޑައެޅިފައިވާތީ މިގޯތިތަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލަމެވެ.

ބަންޑާރަ ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ގޯއްޗަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން "ރ. ވާދޫއިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމަށް ޕޮއިންޓް ދިނުމުގެ އުސޫލް" އާއި އެއްގޮތަށް ޝަރުތުހަމަވާ ފަރާތްތަކަށް، މާރކްސްދީ، އެންމެމަތިން މާރކްސްލިބޭ ފަރާތްތަކަށް އިސްކަންދޭ ތަރުތީބުންނެވެ. މިދެންނެވި ތަރުތީބުން ގޯތި ދޫކުރަމުން ގޮސް، ދޫކުރުމަށް ހަމަޖެހިފައިވާ ގޯތީގެ ޢަދަދަށްވުރެ އިތުރަށް އެއްވަރަކަށް ޕޮއިންޓް ލިބިފައިވާ މީހުން ތިބިނަމަ އޭގެތެރެއިން ގޯތި ލިބޭމީހުން ކަނޑައަޅާނީ ގުރުއަތުލައިގެންނެވެ.

ޕޮއިންޓް ލިބޭ މިންވަރަށްބަލައި އިސްކަންދޭ ތަރުތީބުން ގޯތިލިބޭ މީހުންގެލިސްޓަށް ހޮވޭ ދެމަފިރިއަކަށް ދެގޯއްޗެއް ނުލިބޭނެއެވެ. އެދެމަފިރިންގެ ތެރެއިން ގޯތި ލިބޭނީ ނުވަތަ ގުރުއަތަށް ހޮވޭ މީހުންގެ ލިސްޓުގައި ހިމެނޭނީ ގޯއްޗަށް އެދި ހުށަހެޅި މީހުންގެ ތެރެއިން އިސްކަންދޭ ތަރުތީބުން އެދެމަފިރިންގެ ތެރެއިން އެންމެ މަތިން މާރކްސްލިބުނު ފަރާތެވެ. އަދި އެންމެ މަތިން މާރކްސް ލިބޭ ފަރާތަށް ގޯތި ކަށަވަރު ވެއްޖެނަމަ، ދެމަފިރިންގެތެރެއިން ބާކީހުރި ފަރާތައް ގޯއްޗެއް ނުލިބޭނެއެވެ. އަދި ގުރުއަތުގައި ބައިވެރިވެސް ނުވެވޭނެއެވެ. ދެމަފިރިންގެ މާރކްސް އެއްވަރު ވެއްޖެނަމަ، ގޯތި ލިބޭނެ ފަރާތެއް ނުވަތަ ގުރުއަތުގައި ބައިވެރިވާނެ ފަރާތެއް ދެމަފިން ކަނޑައަޅާންވާނެއެވެ. އަދި ކަނޑަނާޅައިފިނަމަ، ގުރުއަތުގައި ބައިވެރިވާނެ ފަރާތެއް ކަނޑައަޅާނީ އެދެމަފިރިންގެ ތެރޭގައި ގުރުއަތު ލައިގެންނެވެ.

 

ރ. ވާދޫއިން ގޯއްޗަށް އެދޭ މީހުންގައި ހުންނަންވާނެ ޝަރުޠުތައް

 1. ދިވެހި ރައްޔިތަކަށް ވުން.

 2. މުރުން 18 އަހަރު ވެފައިވާ މީހަކަށްވުން

 3. ދިވެހިރާއްޖޭގެ އެއްވެސް ރަށަކުން، ތިރީގައި ބަޔާންކޮށްފައިވާފަދައިން ބިމެއް ލިބިފައި އޮވެގެން ނުވާނެއެވެ.

  3.1 ދިވެހިރާއްޖޭގެ އެއްވެސް ރަށަކުން ބަންޑާރަ ގޯއްޗެއް، ނުވަތަ އަމިއްލަ ގޯއްޗެއް، އެމީހެއްގެ ނަމުގައި ރަޖިސްޓަރީ ވެފައިނެތުން.

  3.2 ދިވެހިރާއްޖޭގެ އެއްވެސް ރަށަކުން އަމިއްލަ ނުވަތަ، ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށްވުރެ ބޮޑު ބައެއް ލިބިފައިނެތުން

  3.3 އިސްވެ ބަޔާންކޮށްފައިވާ ގޮތްތަކުގެ ތެރެއިން ގޮތަކުން، 600 އަކަފޫޓަށްވުރެ ކުޑަ ނުވަތަ ބޮޑުބައެއް ލިބިފައިވާނަމަ "ދިރިއުޅުމަށް ބަންޑާރަގޯތި ދޫކުރުމާބެހޭ ޤަވާއިދާ" އެއްގޮތްވާ ގޮތުގެމަތިން އެ ބިން ދޫކޮށްލަން އެއްބަސްވުން. އަދި، އެފަދައިން ބިން ދޫކޮށްލަން އެއްބަސްވާ ކަމުގެ ލިޔުމެއް ފޯމާއެކު ހުށަހަޅަންވާނެއެވެ. އަދި އެފަދަ ލިޔުމެއް ހުށަނާޅާނަމަ، ފޯމުބާތިލްވާނެއެވެ.

 4. ރާއްޖޭގެ އެއްވެސް ރަށެއްގައި ސަރުކާރުން ހަދާފައިވާ ޢިމާރާތެއްގެ ފްލެޓެއް، ނުވަތަ އެއްމެދު ޢިމާރާތެއްގެ ފްލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީ ވެފައިނެތުން، ނުވަތަ މިފަދަ ތަނެއް އަމިއްލަ ނަމުގައި ރަޖިސްޓަރީކޮށްފައިވީނަމަވެސް އެތަނެއް ދޫކޮށްލިތާ ނުވަތަ އެހެން ފަރާތަކަށް ދީ ނުވަތަ ވިއްކާފައިވާތާ 2 އަހަރަށްވުރެ ގިނަދުވަސް ވެފައިވުން.

 5. ރާއްޖޭގެ އެއްވެސް ރަށެއްގައި ސަރުކާރުން ހަދާފައިވާ ޢިމާރާތެއްގެ ފްލެޓެއް، އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި ރަޖިސްޓަރީ ވެފައިނެތުން، ނުވަތަ މިފަދަ ތަނެއް އަމިއްލަ ނަމުގައި ރަޖިސްޓަރީކޮށްފައިވީނަމަވެސް އެތަނެއް ދޫކޮށްލިތާ ނުވަތަ އެހެން ފަރާތަކަށް ދީ ނުވަތަ ވިއްކާފައިވާތާ 2 އަހަރަށްވުރެ ގިނަދުވަސް ވެފައިވުން.

 6. ފާއިތުވި 2 އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި ވާރުތަ މުދަލުގެ ގޮތުގައި ލިބިފައިވާ 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް ޝަރުއީ މަރުހަލާގެ ތެރެއިން ދޫކޮށްލާފައިވާ ފަރާތަކަށް ނުވުން

 7. ރާއްޖޭގެ އެއްވެސް ރަށަކުން މީގެކުރިން ލިބިފައިވާގޯއްޗެއް ނުވަތަ ގޯއްޗަކުން ލިބިފައިވާ 600 އަކަފޫޓަށްވުރެ ބޮޑުބައެއް ވޭތުވެދިޔަ 2 އަހަރުގެތެރޭގައި މީހަކަށްދީ ނުވަތަ ވިއްކާފައި ނުވުން.

 8. ގޯއްޗަށް އެދިފައިވާ މީހާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް ރާއްޖޭގެ އެއްވެސްރަށަކުން 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ލިބިފައި ނެތުން.

 ވާދޫއިން ގޯތި ދޫކުރުމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ކަނޑައަޅާ ހުއްދަ ދެއްވާފައިވަނީ ވާދޫގެ ދެކުނުކޮޅުންނެވެ. ތިރީގައި އެވަނީ ރ. ވާދޫއިން ގޯތި ދޫކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދުގެ ޗާޓެވެ.

  

ވީމާ، މިސަރަހައްދުން ގޯއްޗަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2018 އޮކްޓޯބަރ 11 ގެ 14:00 ގެ ކުރިން މިއިދާރާއަށް ފޯމް ހުށަހެޅުމަށް ދަންނަވަމެވެ. ރ. ވާދޫއިން ބަންޑާރަ ގޯއްޗަށްއެދި ހުށަހަޅާފޯމާއި، ރ. ވާދޫއިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމަށް ޕޮއިންޓް ދިނުމުގެ އުސޫލް، މިއިޢުލާނާއިއެކު އެޓޭޗްކުރެވިފައިވާނެއެވެ. އަދި މިއުސޫލާއި، ރ. ވާދޫއިން ބަންޑާރަ ގޯއްޗަށް އެދި ހުޙަހަޅާ ފޯމް ވާދޫ ކައުންސިލްގެ އިދާރާއިންނާއި ވާދޫކައުންސިލްގެ ވެބްސައިޓުން ލިބެން ހުންނާނެވާހަކަ ދެންނެވީމެވެ.

‏30‏ ޛުލްޙިއްޖާ‏ 1439

‏10‏ ސެޕްޓެމްބަރ‏ 2018

 

 

ނަންބަރު: 1/2018/299-1

ރ. ވާދޫއިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމަށް ޕޮއިންޓް ދިނުމުގެ އުސޫލް

  1. މިއީ ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 23 ވަނަ މާއްދާއިން ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން، އެމާއްދާގެ (ވ) ދަށުން ރ. ވާދޫ ކައުންސިލުން އެކުލަވާލެވިފައިވާ އުސޫލެކެވެ.
  2. މިއުސޫލަށް އަމަލުކުރަން ފަށާނީ ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލުމަށް އިޢުލާން ކުރާ ތާރީހުން ފެށިގެންނެވެ.
  3. މިއުސޫލުގެދަށުން ގޯއްޗަށް އެދެވޭނީ ރ. ވާދޫއިން އަލަށް ގޯތިނަގާ ފަރާތްތަކަށް އެކަންޏެވެ.
  4. ޕޮއިންޓް ދިނުމުގައި، ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ހާލަތުކަމަށް ބަލާނީ، ފޯމު ހުށަހެޅުމަށް ދީފައިވާ އެންމެ ފަހުގެ ތާރީޚާއި ހަމައަށް އެފަރާތެއްގެ ޚާލަތު ހުރި ގޮތަށެވެ. ނަމަވެސް، ތިރީގައިވާ ޙާލަތަކުންކުރެ ހާލަތަކަށް ބަދަލެއް އައިސްފައިވާނަމަ، ޕޮއިންޓް ދިނުމުގައި އަދި ގޯތިދިނުމުގައި އެހާލަތަކަށް ރިޢާޔަތް ކުރެވޭނެއެވެ.

  ހ. ފޯމް ހުށަހަޅާފައިވާ ފަރާތް ނިޔާވުން

  ށ. ހިބައިން ނުވަތަ ވަޞިއްޔަތުން، ނުވަތަ ތަރިކައިން ނުވަތަ އެނޫންވެސް ގޮތަކުން ގޯއްޗެއް ނުވަތަ ފްލެޓެއް ނުވަތަ ބިމެއް ލިބުން

  ނ. ދިވެހިރައްޔިތުކަން ދޫކުރުން

  1. މިއުސޫލުގެ 4 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަމަކާ ގުޅިގެން ފޯމު ހުށަހަޅާ ފަރާތުގެ ފުރިހަމަވާންޖެހޭ ޝަރުޠުތަކުގެ ތެރެއިން ޝަރުޠެއް އުނިވެއްޖެނަމަ، އެފަރާތަކުން ހުށަހަޅާފައިވާ ފޯމް ބާޠިލްވާނެއެވެ.
  2. ގޯއްޗަށް އެދި ހުށަހަޅާ ހުރިހާ ފޯމެއްވެސް ބަލައިގަނެވޭނެއެވެ. އެގޮތުން، ހުށަހަޅާފައިވާ ފޯމްތަކާމެދު ގޮތެއް ނިންމައި، ބާޠިލްވާ ފޯމްތައް ކަނޑައަޅައި، އަދި އެ ނޫންވެސް އިވެލުއޭޝަންގެ މަސައްކަތްކުރާނީ އެކަމަށް އެކުލަވާލާފައިވާ އިވެލުއޭޝަން ކޮމިޓީއިންނެވެ.
  3. ގޯއްޗަށް އެދޭ ފޯމުގައި ޙަޤީޤަތާ ޚިލާފު އެއްވެސް މަޢުލޫމާތެއް ދީފައިވާކަން ސާބިތުވެއްޖެނަމަ ފޯމު ބާޠިލް ކުރެވޭނެއެވެ.
  4. ގޯއްޗަށް އެދޭ ފޯމްގައި ބަޔާންކޮށްފައިވާ މަޢުލޫމާތަކީ ޞައްޙަ މަޢުލޫމާތުކަން ސާބިތުކުރުމަށް، ފޯމުގެ ޗެކްލިސްޓްގައި ހިމަނާފައިވާ ލިޔުންތައް ފޯމާއެކު ހުށަހަޅަންޖެހޭނެއެވެ. އަދި، އެ ލިޔުންތައް ހުށަހަޅާފައިނުވާނަމަ، ފޯމާއެކު ހުށަހަޅަންޖެހޭ ފުރިހަމަ މަޢުލޫމާތު ހުށަހަޅާފައި ނުވުމުގެ ސަބަބުން އެ ފޯމެއް ބާޠިލްކުރެވޭނެއެވެ.
  5. ގޯއްޗަށް އެދޭ ފޯމުގައިވާ މަޢުލޫމާތުތަކަށް ރިޢާޔަތްކޮށް އެއްވެސް ފަރާތަކަށް ގޯތި ލިބިފައިވަނިކޮށް، ގޯތި ދޫކުރެވިފައިވަނީ ފޯމުގައި ހިމަނާފައިވާ ދޮގު މަޢުލޫމާތެއްގެ މައްޗަށް ބިނާކޮށް ދެވިފައިވާ ޕޮއިންޓްގެ މައްޗަށް ކަމަށް ސާބިތުވެއްޖެނަމަ، ބަދަލު ދިނުމަކާނުލައި، އެގޯތި އެފަރާތެއްގެ ކިބައިން ވަކިކުރެވޭނެއެވެ.
  6. ގޯއްޗަށް އެދިފައިވާ މީހުންގެ ފޯމުތަކުގައިވާ މަޢުލޫމާތުތައް ޗެކްކޮށް ޝަރުޠުހަމަވާ މީހުންނަށް ޕޮއިންޓްދީ ޕޮއިންޓްލިބޭމީހުން ކަނޑައަޅާނީ ގޯތިދިނުމުގެ ޢަމަލީ މަސައްކަތްތައް ކުރުމަށް އެކުލަވާލެވިފައިވާ ކޮމެޓީންނެވެ.

 

ރ. ވާދޫއިން ގޯއްޗަށް އެދޭ ފަރާތްތަކަކީ އަންނަނިވި ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކެއްކަމުގައި ވާންވާނެއެވެ. 

 1. ދިވެހި ރައްޔިތަކަށް ވުން.

 2. މުރުން 18 އަހަރު ވެފައިވާ މީހަކަށްވުން

 3. ދިވެހިރާއްޖޭގެ އެއްވެސް ރަށަކުން، ތިރީގައި ބަޔާންކޮށްފައިވާފަދައިން ބިމެއް ލިބިފައި އޮވެގެން ނުވާނެއެވެ.

  3.1 ދިވެހިރާއްޖޭގެ އެއްވެސް ރަށަކުން ބަންޑާރަ ގޯއްޗެއް، ނުވަތަ އަމިއްލަ ގޯއްޗެއް، އެމީހެއްގެ ނަމުގައި ރަޖިސްޓަރީ ވެފައިނެތުން.

  3.2 ދިވެހިރާއްޖޭގެ އެއްވެސް ރަށަކުން އަމިއްލަ ނުވަތަ، ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށްވުރެ ބޮޑު ބައެއް ލިބިފައިނެތުން

  3.3 އިސްވެ ބަޔާންކޮށްފައިވާ ގޮތްތަކުގެ ތެރެއިން ގޮތަކުން، 600 އަކަފޫޓަށްވުރެ ކުޑަ ނުވަތަ ބޮޑުބައެއް ލިބިފައިވާނަމަ "ދިރިއުޅުމަށް ބަންޑާރަގޯތި ދޫކުރުމާބެހޭ ޤަވާއިދާ" އެއްގޮތްވާ ގޮތުގެމަތިން އެ ބިން ދޫކޮށްލަން އެއްބަސްވުން. އަދި، އެފަދައިން ބިން ދޫކޮށްލަން އެއްބަސްވާ ކަމުގެ ލިޔުމެއް ފޯމާއެކު ހުށަހަޅަންވާނެއެވެ. އަދި އެފަދަ ލިޔުމެއް ހުށަނާޅާނަމަ، ފޯމުބާތިލްވާނެއެވެ.

 4. ރާއްޖޭގެ އެއްވެސް ރަށެއްގައި ސަރުކާރުން ހަދާފައިވާ ޢިމާރާތެއްގެ ފްލެޓެއް، ނުވަތަ އެއްމެދު ޢިމާރާތެއްގެ ފްލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީ ވެފައިނެތުން، ނުވަތަ މިފަދަ ތަނެއް އަމިއްލަ ނަމުގައި ރަޖިސްޓަރީކޮށްފައިވީނަމަވެސް އެތަނެއް ދޫކޮށްލިތާ ނުވަތަ އެހެން ފަރާތަކަށް ދީ ނުވަތަ ވިއްކާފައިވާތާ 2 އަހަރަށްވުރެ ގިނަދުވަސް ވެފައިވުން.

 5. ރާއްޖޭގެ އެއްވެސް ރަށެއްގައި ސަރުކާރުން ހަދާފައިވާ ޢިމާރާތެއްގެ ފްލެޓެއް، އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި ރަޖިސްޓަރީ ވެފައިނެތުން، ނުވަތަ މިފަދަ ތަނެއް އަމިއްލަ ނަމުގައި ރަޖިސްޓަރީކޮށްފައިވީނަމަވެސް އެތަނެއް ދޫކޮށްލިތާ ނުވަތަ އެހެން ފަރާތަކަށް ދީ ނުވަތަ ވިއްކާފައިވާތާ 2 އަހަރަށްވުރެ ގިނަދުވަސް ވެފައިވުން.

 6. ފާއިތުވި 2 އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި ވާރުތަ މުދަލުގެ ގޮތުގައި ލިބިފައިވާ 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް ޝަރުއީ މަރުހަލާގެ ތެރެއިން ދޫކޮށްލާފައިވާ ފަރާތަކަށް ނުވުން

 7. ރާއްޖޭގެ އެއްވެސް ރަށަކުން މީގެކުރިން ލިބިފައިވާގޯއްޗެއް ނުވަތަ ގޯއްޗަކުން ލިބިފައިވާ 600 އަކަފޫޓަށްވުރެ ބޮޑުބައެއް ވޭތުވެދިޔަ 2 އަހަރުގެތެރޭގައި މީހަކަށްދީ ނުވަތަ ވިއްކާފައި ނުވުން.

 8. ގޯއްޗަށް އެދިފައިވާ މީހާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް ރާއްޖޭގެ އެއްވެސްރަށަކުން 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ލިބިފައި ނެތުން.

  • މިޝަރުތުތަށް ހަމަނުވާ ފަރާތްތަކުގެ ފޯމް އިވެލުއޭޝަން މަރުހަލާގައި ބާތިލްވާނެއެވެ. އަދި އެ ފޯމްތައް ބާޠިލްވެފައިވާކަން ސަބަބާއެކު، ފޯމް ހުށަހެޅި ފަރާތަށް އަންގާނެއެވެ.

  

ރ. ވާދޫއިން ގޯއްޗަށް އެދޭ ފަރާތްތަކަށް ޕޮއިންޓް ދެވޭނީ ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

ލިބޭ ޕޮއިންޓް      

 1. ކައިވެނި

 ހ. ގޯއްޗަށް އެދޭ ފަރާތަކީ ކައިވެނިކޮށްގެން ހުރި ފަރާތެއްކަމަށްވާނަމަ، އެމީހަކަށް 25 ޕޮއިންޓް ލިބޭނެއެވެ.

(އެކަށްވުރެ ގިނަ މީހުންނާ އިނދެގެން ހުރިކަމުގައި ވީނަމަވެސް ލިބޭނީ ގިނަވެގެން 25 ޕޮއިންޓެވެ.)

 

 ށ. ކައިވެނި ރޫޅިފައި ވީނަމަވެސް، ނުވަތަ އެނޫން ގޮތަކުން ވިޔަސް ގޯއްޗަށް އެދޭމީހާގެ ބެލުމުގެ ދަށުގައި 18 އަހަރު ނުފުރޭ އުފަން ދަރިން ތިބިނަމަ 25 ޕޮއިންޓު ލިބޭނެއެވެ. (މިބައިން ޕޮއިންޓު ލިބޭނީ ގޯއްޗަށް އެދޭ މީހާގެ ބެލުމުގެ ދަށުން، އޭނާ ޚަރަދު ކޮށްގެން އެފަރާތުގެ ޢާއިލާއިން ނުވަތަ އޭނާ، ދަރިން ބަލަމުން ގެންދާނަމަވެއެވެ.) މިމާއްދާގެ (ހ) އިން މާރކްސް ލިބިފައިވާނަމަ، މިމާއްދާއަސް މާސްއެއް ނުލިބޭނެއެވެ.

 

 2.ޢުމުރުގެ

 ހ. ޢުމުރުން 21 އަހަރާއި 25 އަހަރާއި ދެމެދު ނަމަ 05 ޕޮއިންޓް ލިބޭނެއެވެ.

 

 ށ. ޢުމުރުން 26 އަހަރާއި 30 އަހަރާއި ދެމެދު ނަމަ 06 ޕޮއިންޓް ލިބޭނެއެވެ.

 

 ނ. ޢުމުރުން 30 އަހަރުން މަތިނަމަ  07 ޕޮއިންޓް ލިބޭނެއެވެ.

 

 3. ގޯއްޗަށް އެދޭ ފަރާތުގެ ދަރިން ނުވަތަ އެފަރާތުގެ ބެލުމުގެ ދަށުގައިވާ ދަރިން

 ހ. ކައިވެނި ކޮށްފައި ނުވާ އުމުރުން 18 އަހަރުން ދަށުގެ ދަރިއަކު ހުރިނަމަ 10 ޕޮއިންޓް ލިބޭނެއެވެ.

 ށ. ކައިވެނި ކޮށްފައި ނުވާ އުމުރުން 18 އަހަރުން ދަށުގެ އެއްކުއްޖަކަށްވުރެ ގިނަކުދިން ތިބިނަމަ އިތުރުވާ ކޮންމެ ކުއްޖަކަށް 2 ޕޮއިންޓް ލިބޭނެއެވެ. (3 ވަނަ ނަންބަރުގެ "ށ"ގައި ވާ މިބަޔަށް ގިނަވެގެން ދެވޭނީ 12 ޕޮއިންޓެވެ.) މިބައިގައި ޕޮއިންޓް ލިބޭނީ ހަމައެކަނި އުފަންދަރިންނަށެވެ.

 ނ. ގޯއްޗަށް އެދޭމީހާގެ 18 އަހަރުން ދަށުގެ އުފަން ދަރިން ނެތް ހާލަތެއްގައި، މިއުސޫލަށް އަމަލުކުރަންފަށާ ތާރީޚުގެ ކުރިން ޝަރުއީގޮތުން ކޯޓުމެދުވެރިކޮށް ބެލުމަށް ހަވާލުކޮށްފައިވާ މީހަކާ ނުއިނދެ ހުރި 18 އަހަރުންދަށުގެ ކުއްޖަކު ހުރިނަމަ 10 ޕޮއިންޓް ލިބޭނެއެވެ.

 ރ. ގޯއްޗަށް އެދޭމީހާގެ އުފަންދަރިން ފިޔަފާ (މިއުސޫލަށް އަމަލުކުރަންފަށާ ތާރީޚުގެ ކުރިން) ޝަރުއީގޮތުން ކޯޓުމެދުވެރިކޮށް ބެލުމަށް ހަވާލުކޮށްފައިވާ 18 އަހަރުންދަށުގެ އެއްކުއްޖަކަށްވުރެ ގިނަކުދިން ތިބިނަމަ އިތުރުވާ ކޮންމެ ކުއްޖަކަށް 2 ޕޮއިންޓް ލިބޭނެއެވެ. (3 ވަނަ ނަންބަރުގެ "ރ"ގައި ވާ މިބަޔަށް ގިނަވެގެން ދެވޭނީ 12 ޕޮއިންޓެވެ.)

 ބ. 3 ވަނަ ނަންބަރުގައިވާ ދަރިންގެ ބަޔަށް ގިނަވެގެން ދެވޭނީ 22 ޕޮއިންޓެވެ.

 

 4. މައިން ބަފައިން

 ހ. 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ލިބިފައިނުވާ މަންމަ ނުވަތަ ބައްޕަ ބަލަމުން ގެންދާނަމަ 3 ޕޮއިންޓް ލިބޭނެއެވެ.

 (މިބަޔަށް ޕޮއިންޓް ލިބޭނީ މަންމަ ނުވަތަ ބައްޕަ ބަލަމުން ގެންދާކަމަށް ދައްކުވައިދޭ ލިޔުމެއް، ދެހެކިންގެ ހެކިބަހާއިއެކު މަންމަ ނުވަތަ ބައްޕަގެ ސޮޔާއިއެކު ހުށަހެޅުމުންނެވެ. އަދި ދެމީހުން އެކުގައި ނުވަތަ ވަކިވަކިން ބެލިކަމުގައިވިޔަސް މިބަޔަށް ގިނަވެގެން ދެވޭނީ 3 ޕޮއިންޓެވެ. މައިންބަފައިން އެކުގައި ކައިވެނިކޮށްގެން ދިރިއުޅޭނަމަ، ދެމީހުންކުރެ އެކަކުގެނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް އޮތްނަމަވެސް މިބަޔަށް ޕޮއިންޓެއް ނުލިބޭނެއެވެ.)

 

 5. ރަށްވެހިކަން

 ހ. ރަށުގައި ރަޖިސްޓްރީ ވެފައިވާތާ 1 އަހަރާއި 5 އަހަރާއި ދެމެދުނަމަ 4 ޕޮއިންޓް ލިބޭނެއެވެ.

(1 އަހަރު ނުވާނަމަ ޕޮއިންޓެއް ނުލިބޭނެއެވެ.)

 

 ށ. ރަށުގައި ރަޖިސްޓްރީ ވެފައިވާތާ 5 އަހަރުން މަތިނަމަ 6 ޕޮއިންޓް ލިބޭނެއެވެ.

(ކިތަންމެ ގިނަ އަހަރެއް ވެފައި ވީނަމަވެސް ގިނަވެގެން ލިބޭނީ 6 ޕޮއިންޓެވެ.)

 

 ނ. ރަށުގެ ރައްވެއްސެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ މީހުންގެ ތެރެއިން ރަށުގައި ދިރިއުޅޭ ފަރާތްތަކަށް ޕޮއިންޓު ދެވޭނީ ތިރީގައިވާ 3 ގިންތީގެ ތެރެއިން ޝަރުތުހަމަވާ އެއް ގިންތިއަކަށެވެ. އަދި މިކަން ސާބިތުކުރުމަށް ބަޔާންކޮށްފައިވާ ލިޔުން ތިރީގައިވާ ނަންބަރު ތަކުގައި ބަޔާންކޮށްފައިވާގޮތަށް މައުލޫމާތު ފުރިހަމަކޮށް ހުށަހަޅަންވާނެއެވެ.

 1. މިނަންބަރުގައިވާ ޝަރުތުތަކުންކުރެ ޝަރުތެއް ފުރިހަމަވާ ފަރާތްތަކަށް 10 ޕޮއިންޓް ލިބޭނެއެވެ.

 

 1.1 މިއުސޫލަށް އަމަލުކުރަން ފެށި ތަރީހާއި ހަމައަށް ގޯއްޗަށް އެދުނު ފަރާތަކީ ފާއިތުވި 3 އަހަރު މެދުނުކެނޑި ރަށުގައި ދިރިއުޅެފައިވާ ފަރާތެއް ކަމުގައިވުން (ރަށުގައި މެދުނުކެނޑި ދިރިއުޅޭ ކަމަށް ބެލެވޭނީ އަހަރެއްގެ މައްޗަށް އެވަރެޖް ގޮތެއްގައި ގިނަވެގެން 3 މަސްދުވަހަށްވުރެ އިތުރަށް ރަށުން ބޭރުގައި ހޭދަކޮށްފައި ނުވާކަން އަންގައިދޭ ލިޔުމެއް، ރަށުގައި ހޭދަކުރި މުއްދަތާއި ރަށުން ބޭރުގައި ހޭދަކުރި މުއްދަތު އެނގޭގޮތަށް ދެހެކިންގެ ހެކިބަހާއިއެކު ހުށަހަޅާފައިވާ ނަމައެވެ.)

 

 

 1.2 ގޯއްޗަށް އެދޭފަރާތުގެ އަނބިމީހާ ނުވަތަ ފިރިމީހާ، މިއުސޫލަށް އަމަލުކުރަން ފެށި ތާރީހާއި ހަމައަށް މެދުނުކެނޑި ފާއިތުވި 3 އަހަރު ރަށުގައި ދިރިއުޅެފައި ވުން (ރަށުގައި މެދުނުކެނޑި ދިރިއުޅޭ ކަމަށް ބެލެވޭނީ އަހަރެއްގެ މައްޗަށް އެވަރެޖް ގޮތެއްގައި ގިނަވެގެން 3 މަސްދުވަހަށްވުރެ އިތުރަށް ރަށުން ބޭރުގައި ހޭދަކޮށްފައި ނުވާކަން އަންގައިދޭ ލިޔުމެއް، ރަށުގައި ހޭދަކުރި މުއްދަތާއި ރަށުން ބޭރުގައި ހޭދަކުރި މުއްދަތު އެނގޭގޮތަށް ދެހެކިންގެ ހެކިބަހާއިއެކު ހުށަހަޅާފައިވާ ނަމައެވެ.)

 

 1.3 ރަށުން ލިބެންނެތް ތައުލީމެއް ހޯދުމަށް 3 އަހަރަށްވުރެ ކުރު މުއްދަތަކަށް ރަށުން ބޭރުގައި ދިރިއުޅޭ ފަރާތެއް ކަމުގައިވުން (އަދި، އެކަން ސާބިތުކޮށްދިނުމަށް ކިޔަވަން ފެށިތާރީހާއި ކިޔަވަމުންދާ ކޯސް އަދި މުއްދަތު އެނގޭނެ ލިޔުމެއް (ތަޢުލީމް ޙާޞިލްކުރަމުންދާ އިދާރާގެ ތައްގަނޑު ޖަހާފައިވާ، އެ އިދާރާގެ ރަސްމީ ލިޔުމެއް) ހުށަހަޅަންވާނެއެވެ.

 

 1.4 ގޯއްޗަށް އެދޭމީހާގެ، އުމުރުން 18 އަހަރު ނުފުރޭ އުފަން ދަރިއެއް ނުވަތަ ގޯއްޗަށް އެދޭ މީހާއަށް ޝަރުއީގޮތުން ކޯޓު މެދުވެރިކޮށް ބެލުމަށް ހަވާލުކޮށްފައިވާ ކުއްޖަކު ވާދޫގައި ތައުލީމް ޙާޞިލްކުރަމުން ދިޔުން (އަދި، އެކަން ސާބިތުކޮށްދިނުމަށް ކުއްޖާ ތަޢުލީމް ޙާޞިލްކުރަމުންދާ ސްކޫލްގެ ތައްގަނޑު ޖަހާފައިވާ، އެ އިދާރާގެ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

 2. މިއުސޫލުގެ 5 ވަނަ ނަންބަރުގެ 'ނ' ގެ 1 ގައިވާ ޝަރުތަކުން ކުރެ ޝަރުތެއް ފުރިހަމަނުވާ ފަރާތްތައް، ތިރީގައިވާ ޝަރުތަކުން ކުރެ ޝަރުތެއް ފުރިހަމަ ވާނަމަ 05 ޕޮއިންޓް ލިބޭނެއެވެ.

 

 2.1 ރަށުން ލިބެންނެތް ތައުލީމެއް ހޯދުމަށް 3 އަހަރަށްވުރެ ދިގު މުއްދަތަކަށް ރަށުން ބޭރުގައި ދިރިއުޅޭ ފަރާތެއް ކަމުގައިވުން ނުވަތަ އުޅެފައިވުން(އަދި، އެކަން ސާބިތުކޮށްދިނުމަށް ކިޔަވަން ފެށިތާރީހާއި ކިޔަވަމުންދާ ކޯސް އަދި މުއްދަތު އެނގޭނެ ލިޔުމެއް ތަޢުލީމް ޙާޞިލްކުރަމުންދާ އިދާރާގެ ތައްގަނޑު ޖަހާފައިވާ، އެ އިދާރާގެ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

 

 

 2.2 ގޯއްޗަށް އެދޭމީހާ ރަށުގައި ދިރިނޫޅުނުކަމުގައި ވިޔަސް ވާރުތަމުދަލުން ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއް ވާދޫއިން ލިބިފައިނެތް ފަރާތެއްކަމުގައިވުން

 

 

 2.3 ގޯއްޗަށް އެދޭމީހާގެ، އުމުރުން 18 އަހަރު ނުފުރޭ އުފަން ދަރީންނަށް ނުވަތަ ޝަރުއީގޮތުން ކޯޓު މެދުވެރިކޮށް ބެލުމަށް ހަވާލުކޮށްފައިވާ ކުއްޖަކަށް ރަށުން ލިބެންނެތް ތައުލީމެއް ހޯދައިދިނުމަށް ރަށުން ބޭރުގައި ދިރިއުޅޭ ފަރާތެއްކަމުގައިވުން (އަދި، އެކަން ސާބިތުކޮށްދިނުމަށް ކުއްޖާ ތަޢުލީމް ޙާޞިލްކުރަމުންދާ ސްކޫލްގެ ތައްގަނޑު ޖަހާފައިވާ، އެ އިދާރާގެ ރަސްމީ ލިޔުމެއް، ނުވަތަ ކޯހެއް ފުރިހަމަ ކުރަމުން ދާނަމަ ކިޔަވަން ފެށިތާރީހާއި ކިޔަވަމުންދާ ކޯސް އަދި މުއްދަތު އެނގޭނެ ލިޔުމެއް (ތަޢުލީމް ޙާޞިލްކުރަމުންދާ އިދާރާގެ ތައްގަނޑު ޖަހާފައިވާ، އެ އިދާރާގެ ރަސްމީ ލިޔުމެއް) ހުށަހަޅަންވާނެއެވެ.)

 

 

 2.4 ދާއިމީ ގޮތެއްގައި ފަރުވާކުރުމަށް ރަށުން ލިބެން ނެތް ސިއްޚީ ފަރުވާއެއް ހޯދުމަށް ގޯއްޗަށް އެދޭމީހާ ނުވަތަ ދަރިން ނުވަތަ ޝަރުއީގޮތުން ކޯޓު މެދުވެރިކޮށް ބެލުމަށް ހަވާލުކޮށްފައިވާ ކުއްޖަކަށް ހޯދައިދިނުމަށް ރަށުން ބޭރުގައި ދިރިއުޅޭ ފަރާތެއް ކަމުގައިވުން (ރަޖިސްޓްރީ ކޮށްފައިވާ ސިއްޚީ އިދާރާއަކުން ދީފައިވާ ބަލީގެ ބާވަތް އެނގޭނެ ރަސްމީލިޔުމެއް، ތައްގަނޑު ޖަހާފައިވާ، ހުށަހަޅަންވާނެއެވެ.)

 

 3. މިއުސޫލުގެ 5 ވަނަ ނަންބަރުގެ 'ނ' ގެ 1 އަދި 2 ގައިވާ ޝަރުތު ފުރިހަމަނުވާ ފަރާތްތައް، ތިރީގައިވާޝަރުތުތަކުންކުރެ ޝަރުތެއް ފުރިހަމަ ވާނަމަ 02 ޕޮއިންޓް ލިބޭނެއެވެ.

 

 3.1 ވާދުގެ ރަށްވެހިންގެ ތެރެއިން ދާއިމީ ގޮތެއްގައި ރަށުން ބޭރުގައި ދިރިއުޅުނު ކަމުގައި ވިޔަސް ފާއިތުވި 2 އަހަރު ތެރޭގައި ވާދޫގައި ހަފްތާއަކަށްވުރެ ގިނަދުވަހު ދިރިއުޅެފައިވާ ފަރާތެއް ކަންއެނގޭނެ ލިޔުމެއް ދެހެކިންގެ ހެކިބަހާއިއެކު ހުށަހަޅާފައިވާ ނަމައެވެ.

 

 ރ. މިއުސޫލުގެ 5 ވަނަ ނަންބަރުގެ 'ނ' ގެދަށުން ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހަޅަންވާގޮތަށް (ރަސްމީ އިދާރާގެ ތައްގަނޑު ޖަހާފައިވާ ރަސްމީލުން) މައުލޫމާތު ފުރިހަމަ ނުވާނަމަ، 5 ވަނަ ނަންބަރުގެ 'ނ' އަށް މާރކްސްއެއް ނުދެވޭނެއެވެ.

 ބ. މިއުސޫލަށް ޢަމަލުކުރަންފަށާނީ މި އުސޫލު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެވޭ ދުވަހުންފެށިގެންނެވެ.

ޕޮއިންޓް އުނިކުރެވޭނެ ޙާލަތްތައް

 6. ޕޮއިންޓް އުނިކުރުން

 ހ. ގޯއްޗަށް އެދިފައިވާ މީހާގެ މަންމަގެ ނަމުގައި ގޯއްޗެއް އޮވެފައި ގޯތިނުލިބިހުރީ ހަމައެކަނި މީނާ ކަމަށްވާނަމަ 10 ޕޮއިންޓް ކެނޑޭނެއެވެ.

 

 ށ. ގޯއްޗަށް އެދިފައިވާ މީހާގެ ބައްޕަގެ ނަމުގައި ގޯއްޗެއް އޮވެފައި ގޯތިނުލިބިހުރީ ހަމައެކަނި މީނާ ކަމަށްވާނަމަ 10 ޕޮއިންޓް ކެނޑޭނެއެވެ.

 

 ނ. ގޯއްޗަށް އެދިފައިވާ މީހާގެ މަންމަގެ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު އެއްގޯއްޗަށްވުރެ ގިނަގޯތި އޮތްނަމަ އިތުރުވާ ކޮންމެގޯއްޗަކަށް 5 ޕޮއިންޓް ކެނޑޭނެއެވެ. (އެންމެ ގޯއްޗެއް އޮތްކަމުގައި ވާނަމަ ޕޮއިންޓެއް ނުކެނޑޭނެއެވެ.)

 

 ރ. ގޯއްޗަށް އެދިފައިވާ މީހާގެ ބައްޕަގެ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު އެއްގޯއްޗަށްވުރެ ގިނަގޯތި އޮތްނަމަ އިތުރުވާ ކޮންމެގޯއްޗަކަށް 5 ޕޮއިންޓް ކެނޑޭނެއެވެ. (އެންމެ ގޯއްޗެއް އޮތްކަމުގައި ވާނަމަ ޕޮއިންޓެއް ނުކެނޑޭނެއެވެ.)

 

 ބ. ގޯއްޗަށް އެދިފައިވާ މީހާގެ މަންމަގެ ނަމުގައި ގޯއްޗެއް އަދި ބައްޕަގެ ނަމުގައިވެސް ގޯއްޗެ (600 އަކަފޫޓަށްވުރެ ބޮޑު) ވަކިވަކިން ރަޖިސްޓްރީ ކޮށްފައި ވާނަމަ 5 ޕޮއިންޓް ކެނޑޭނެއެވެ.

 

30 މުޙައްރަމް 1439

10 ސެޕްޓޭމްބަރ 2018

 

 

10 ސެޕްޓެންބަރު 2018
ހޯދާ