މަޤާމް:
|
ސީނިއަރ އެކްސިޑެންޓް އިންވެސްޓިގޭޓަރ
|
ބޭނުންވާ އަދަދު:
|
01
|
އެކްސިޑެންޓް އިންވެސްޓިގޭޝަން ކޯޑިނޭޓިންގ ކޮމިޓީ
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ސީނިއަރ ޓެކްނިކަލް އޮފިސަރ
|
މުސާރަ އާއި އެލަވަންސް:
|
54,142 ރ
|
ވަޒީފާ އަދާކުރަންޖެހޭތަން:
|
މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ، ކ.މާލެ
|
ފެންވަރު ނުވަތަ ޝަރުތު:
|
- ކޮމާޝަލް ޕައިލެޓް ލައިސެންސެއް އޮތުމާއެކު އެސް އެސް ސީ އިމްތިޚާނުގައި ދިވެހި، އިނގިރޭސި އަދި ހިސާބުން ދަށްވެގެން "ސީ" ފާސް ލިބިފައިވުން ނުވަތަ އެއާ އެއްވަރުގެ ފާސްތަކެއް ލިބިފައިވުން
- 1,500 ގަޑި އިރުގެ އުދުހިފައިވުން
- 1,500 ގަޑިއިރުގެ ތެރޭގައި މަދުވެގެން 1،000 ގަޑިއިރު ޕީ.އައި.ސީގެ ގޮތުގައި އުދުހުން
|
މަޤާމުގެ މަސްޢޫލިއްޔަތު:
|
- ސިވިލް އޭވިއޭޝަންގެ ޤާނޫނާއި ސިވިލް އޭވިއޭޝަންގެ ޤަވާއިދުތަކާއި އެސް.އޯޕީތަކުގައިވާ ގޮތުގެ މަތިން އިންސްޕެކްޓަރގެ މަސްޢޫލިއްޔަތުތަކާއި ޒިންމާ އަދާކުރަމުން ގެންދިއުން.
- ދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގައި ދިމާވާ އެކްސިޑެންޓްތައް ތަހުގީގުކުރުމަށްޓަކައި އެކްސިޑެންޓް ހިނގި ތަނަށްގޮސް، އެކްސިޑެންޓާގުޅުންހުރި ހެކި ހޯދުމާއި، ވެރިފައިކުރުމާއި، އެނަލައިޒްކުރުމާއި، އިވެލުއޭޓްކުރުން. މިގޮތުން އެކްސިޑެންޓާއި ގުޅިގެން އިންޓަރވިއުތައް ކުރިއަށް ގެންދިއުމުގައި އެހީތެރިވެދިނުން.
- އެކްސިޑެންޓް އިންވެސްޓިގޭޝަން ކޯޑިނޭޝަން ކޮމިޓީ (އޭ.އައި.ސީ.ސީ) އަށް ބޭނުންވާ އިންވެސްޓިގޭޝަން މަސައްކަތްކުރުން.
- ދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގައި ދިމާވާ އެކްސިޑެންޓްތަކުގެ ތަހުގީގީ ރިޕޯޓުތައް އޭ.އައި.ސީ.ސީ ގެ ޕޮލިސީ އާއި ޕްރޮސީޖަރއާއި އެއްގޮތަށް ތައްޔާރުކުރުން.
- ދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގައި ދިމާވާ އެކްސިޑެންޓް އަދި އިންސިޑެންޓްތައް ހިނގަންދިމާވި ސަބަބުތައް ހޯދައި ބެލުމަށްޓަކައި ތަޙްޤީޤުކުރުން.
- ދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގައި ދިމާވާ އެކްސިޑެންޓްތަކާ ގުޅިގެން ކުރިއަށްއޮތްތާގައި އެފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އެޅިދާނެ ސަލާމަތީ ރައްކާތެރި ފިޔަވަޅުތައް ދިރާސާކޮށް ތައްޔާރުކޮށް އަދި/ނުވަތަ މުތާލިއާ ކުރުން.
- އޭ.އައި.ސީ.ސީ އާއި ގުޅޭގޮތުން، ކޮމިޓީގެ ޗެއާރޕާސަން ބޭނުންފުޅުވާ އެންމެހާ އިންވެސްޓިގޭޝަންއާ ގުޅޭ މަސައްކަތްތައް ބަލަހައްޓާ ކުރުން.
މިނޫންވެސް ސެކްޝަނުގެ އިސްވެރިޔާގެ ބެއްލެވުމުގެ ދަށުން ހަވާލުކުރެވޭ އޮފީހުގެ އެހެން މަސައްކަތްތައް ކުރުން.
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން
|
1- 27 ސެޕްޓެމްބަރ 2018 ވާ ބުރާސްފަތި ދުވަހުގެ 1500 ގެ ކުރިން މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް
|
ހުށަހަޅަންޖެހޭ ލިޔުން
|
1- ވަޒީފާއަށް އެދޭ ފޯމް (އޮތޯރިޓީގެ ވެބްސައިޓުން (www.caa.gov.mv/forms.php) ލިބެން ހުންނާނެ)
2- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު
ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ)ފޮޓޯކޮޕީ (އެޓެސްޓްކޮށް ތައްގަނޑު ޖަހާފައިވާ އަސްލު)
|
އިންޓަރވިއު ކުރުން:
|
އިންޓަރވިއު އަށް ހާޒިރުކުރެވޭނީ ފޯމު ހުށަހަޅުއްވާ އަދި ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ކަމަށް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އިންޓަރވިއު ކުރުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގައެވެ.
|