ދިވެހިރާއްޖެ
އިޢުލާން
ބީލަން ހުށައެޅުމުގެ ދަޢުވަތު
މި ސްކޫލްގެ މަގުފާރުގައި ކުލައާއި ދަވާދުލުން އަދި ސްކޫލްގެ ގޭޓްތައް ހަރުކުރުމަށް ބޭނުންވާތީ، މިދެންނެވި މަސައްކަތް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތެއް ހޯދުމަށް އިޢުލާންކުރީމެވެ.
މިމަސައްކަތާއި ގުޅޭގޮތުން ހިންގާ މުޢާމަލާތްތައް މިދަންނަވާ ގޮތުގެ މަތީން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މުޢާމަލާތް |
ތަން |
ތާރީޚް |
ގަޑި |
މަޢުލޫމާތު ދިނުން |
ޅޮހީސްކޫލް |
12 ސެޕްޓެމްބަރު 2018 (ބުދަ) |
މެންދުރުފަހު 1:00 |
އަންދާސީ ހިސާބު ހުށައެޅުއްވުން |
ޅޮހީސްކޫލް |
16 ސެޕްޓެމްބަރު 2018 (އާދިއްތަ) |
މެންދުރުފަހު 1:00 |
މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި، ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނުނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނުނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށެވެ. ______________________
މިހެންވެ، މިކަން ޢާއްމުކޮށް އިޢުލާން ކުރީމެވެ.
29 ޛުލްޙިއްޖާ 1439
09 ސެޕްޓެމްބަރ 2018