ދިވެހިރާއްޖެ
މާމެންދޫ ސްކޫލް
ލ.މާމެންދޫ، ދިވެހިރާއްޖެ
ނަންބަރު: GS-189/IUL/2018/21
އިޢުލާން
ދަރިވަރުންގެ 4 ފާޚާނާ މަރާމާތު ކޮށްދޭނެ ފަރާތްތަކުގެ ކޯޓޭޝަން ހޯދަން ބޭނުންވެއްޖެ
މާމެންދޫ ސްކޫލްގެ ދަރިވަރުން ބޭނުން ކުރަމުންދާ 4 ފާޚާނާ އަމިއްލަ ތަކެތީގައި މަރާމާތު ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 2018 ސެޕްޓެމްބަރ 20 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ސްކޫލްގެ އިދާރާއަށް ކޯޓޭޝަން ހުށަހެޅުން އެދެމެވެ.
ފާޚާނާތައް މަރާމާތު ކުރުމަށް ކުރަންޖެހޭ މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ދިނުން 2018 ސެޕްޓެމްބަރ 12 ވަނަ ދުވަހު މެންދުރު 13:15ގައި ސްކޫލްގައި އޮންނާނެއެވެ.
މި މަސައްކަތަށް ކޯޓޭޝަން ހުށަހެޅޭނީ ކުލަބު / ޖަމިއްޔާ / ކުންފުނި އަދި ވިޔަފާރި ރަޖިސްޓްރީ އޮންނަ ފަރާތްތަކަށެވެ.
29 ޛުލްހިއްޖާ 1439 ހ
09 ސެޕްޓެމްބަރ 2018