މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މުވައްޒަފަކު ބޭނުންވެއްޖެ
އިޢުލާން
މުވައްޒަފަކު ބޭނުންވެއްޖެ
މި އިދާރާގެ ވޭސްޓްމެނެޖްމަންޓް ސެންޓަރަށް ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.
- މަޤާމް: މަސައްކަތު
- ބޭނުންވާ ޢަދަދު: 01 ( އެކެއް )
- މުސާރައާއި އެލަވަންސް މަހަކު: -/6000ރ (ހަހާސް ރުފިޔާ)
- ފެންވަރު ނުވަތަ ސަރުތު: އަސާސީ ތަޢުލީމުގެ ފެންވަރު ހުރުމާއި އެކު ޢުމުރުން 18 އަހަރާ ، 65 އަހަރާ ދެމެދުގެ މީހަކު ކަމުގައި ވުމާއި އަދި ގިނަވަޤުތު ހީވާގި ކަމާއި އެކު މަސައްކަތުގައި އުޅެވޭފަދަ މީހަކު ކަމުގައި ވުން. އަދި 2 ޓަނު ހަމަވާ ޕިކަޕު ދުއްވުމުގެ ލައިސަންސް އޮތްފަރާތަކަށް އިސްކަންދެވޭނެއެވެ.
- ކުރަންޖެހޭ މައިގަނޑު މަސައްކަތް: ކުނި މެނޭޖުކުރުމުގެ މަސައްކަތާއި، ކުނިކޮށީގައި ކުރަންޖެހޭ އެހެނިހެން މަސައްކަތް ކުރުން .
މި މަޤާމަށް ކަނޑައެޅިފައިވާ މުސާރައާއި އެލެވަންސްގެ އިތުރުން، އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާލިބޭނެއެވެ.
ވީމާ ، މިމަޤާމަށް ސައުޤުވެރިވާ ފަރާތް ތަކުން 2018 ސެޕްޓެމްބަރ 16 ވަނަދުވަހުގެ 14.00 ގެ ކުރިން ކައުންސިލްގެ އިދާރާއަށް ސިޓީ ފޮނުއްވުން އެދެމެވެ. ސިޓީއާއެކު އައިޑީކާޑުގެ ކޮޕީ ހިމަނަންވާނެއެވެ.
މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.
29 ޛުލްޙައްޖާ 1439
09 ސެޕްޓެމްބަރ 2018
09 ސެޕްޓެންބަރު 2018
ހޯދާ