ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ވިލިމާލޭ ބެޑްމިންޓަން އިންޑޯރހޯލް މަރާމާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

                             ނަންބަރު: BAM/IUL/2018/44

 

އިޢުލާން

 

ވިލިމާލޭ  ބެޑްމިންޓަން އިންޑޯރހޯލް މަރާމާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

 

           ވިލިމާލޭ ބެޑްމިންޓަން އިންޑޯރހޯލް މަރާމާތް ކޮށްދޭނެ ފަރާތެއް ބޭނުން ވެއްޖެއެވެ.

ވީމާ، މިޚިދުމަތް ދޭން ޝައުޤުވެރިވާ ފަރާތްތަކުން 12 ސެޕްޓެމްބަރ 2018 ވާ ބުދަ ދުވަހުގެ މެންދުރުފަހު 14:00 އަށް މިއެސޯސިއޭޝަން އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 16 ސެޕްޓެމްބަރ 2018 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 އަށް މިއޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

މަޢުލޫމާތު ސާފުކުރަން މިއެސޯސިއޭޝަން އަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނެތް ވާހަކަ ދަންނަވަމެވެ.

 

08 ސެޕްޓެމްބަރު 2018

08 ސެޕްޓެންބަރު 2018
ހޯދާ