ދިވެހިރާއްޖެ
މިޑިޕާޓްމަންޓުން ފޯރުކޮށްދޭ ޚިދުމަތަށް ޑޭޓާބޭސް ސޮފްޓްވެއަރ ޑިޒައިންކޮށް ޑިވެލޮޕްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު: IUL) 133-AS/133/2018/6) އިޢުލާނާ ގުޅިގެން އެކަށީގެންވާ ވަރަށް އެސްޓިމޭޓްތައް ހުށަހަޅާފައި ނުވާތީވެ އެއިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ ސޮފްޓްވެއަރ ޑިޒައިންކޮށް ޑިވެލޮޕްކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 16 ސެޕްޓެމްބަރ 2018 ވާ އާދިއްތަ ދުވަހުގެ 13:00 އަށް މިޑިޕާޓްމަންޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 26 ސެޕްޓެމްބަރ 2018 ވާ ބުދަ ދުވަހުގެ 13:00 އަށް މިޑިޕާޓްމަންޓަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ނޯޓް: މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ހުށަހެޅުމަށް ފުރުޞަތު ނުދެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.