މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ހުޅުމާލޭގައި އިމާރާތް ކުރެވުނު N-1 ސްކޫލަށް ބޭނުންވާ މެޝިނަރީ އަދި އިކުއިޕްމެންޓްސް ފޯރުކޮށްދޭނޭ ފަރާތެއް ހޯދުމަށް
އިޢުލާން ނަންބަރ: IUL)22-G/22/2018/167)
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- ހުޅުމާލޭގައި އިމާރާތް ކުރެވުނު N-1 ސްކޫލަށް ބޭނުންވާ މެޝިނަރީ އަދި އިކުއިޕްމެންޓްސް ފޯރުކޮށްދޭނޭ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2018 ސެޕްޓެންބަރ 9 އިން 2018 ސެޕްޓެންބަރ 17 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.ނަންނޯޓް ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތުނެތް ވާހަކަ ދަންނަވަމެވެ.
- މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2018 ސެޕްޓެންބަރ 18 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2018 ސެޕްޓެންބަރ 20 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފިޒިކަލް ފެސިލިޓީސް ޑެވެލޮޕްމެންޓް ސެކްޝަން (ޣާޒީ ބިލްޑިން ގްރައުންޑް ފްލޯ) ޖަލްސާކުރާ މާލަމުގައެވެ.
- ބިޑް ހުޅުވުން އޮންނާނީ 2018 ސެޕްޓެންބަރ 27 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފިޒިކަލް ފެސިލިޓީސް ޑެވެލޮޕްމެންޓް ސެކްޝަން (ޣާޒީ ބިލްޑިން ގްރައުންޑް ފްލޯ) ޖަލްސާކުރާ މާލަމުގައެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ފިޒިކަލް ފެސިލިޓީސް ޑެވެލޮޕްމެންޓްސެކްޝަން
މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ޣާޒީ ބިލްޑިން ގްރައުންޑް ފްލޯ
ފޯން: 3341126, 3341136
އީ-މެއިލް: [email protected]
ކޮޕީ އީ-މެއިލް: [email protected]
06 ސެޕްޓެންބަރު 2018
ހޯދާ