ދިވެހިރާއްޖެ
ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރު: 7/2018 ގެ ދެންނެވުމުން، މި ކައުންސިލުގެ މެންޑޭޓަށް ގެންނަވާފައިވާ ބަދަލާއި ގުޅިގެން، ހުލުމާލޭގައި ދިރިއުޅުއްވާ މާލޭ ސިޓީގެ ރައްޔިތުންނަށް ޚިދުމަތްދިނުމުގެ މަޤްޞަދުގައި ހުޅުމާލޭގައި ޤާއިމްކޮށްފައިވާ މި ކައުންސިލުގެ އައުޓްޕޯސްޓް މެދުވެރިކޮށް ފޯރުކޮށްދެމުން ގެންދިޔަ ޚިދުމަތްތައް ވަނީ މެދުކެނޑިފައެވެ. މިގޮތުން، ވެހިކަލް ހުޅުމާލެއަށް ގެނައުމާއި ރަޖިސްޓްރީ ކުރުމަށާއި ފެރީގެ ޚިދުމަތަށް ބޭނުންވާ ހުޅުމާލޭގައި ދިރިއުޅޭކަމުގެ ލިޔުން ދޫކުރުމާއި، ރަށްވެހިކަމުގެ ޚިދުމަތްތައް މާލެ ނުގޮސް ލިބޭނޭ މަގު ތަނަވަސްކޮށް ދިނުމަށް ދެމުން ގެންދެވުނު ޚިދުމަތް ވަނީ މެދުކެނޑިފައެވެ. އަދި ޝަކުވާގެ ގޮތުގައި ހުށަހެޅޭ މައްސަލަތައް ބަލައިގަތުމާއި މި އިދާރާއަށް އަންނަ ސިޓީފަދަ ތަކެތި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މި އައުޓްޕޯސްޓްގެ އެހީގައި މާލެ ނައިސް ޚިދުމަތް ފޯރުކޮށްދިނުންވެސް ވަނީ މެދުކެނޑިފައެވެ.
ވީމާ، މިކައުންސިލުގެ ނަމުގައި ހުޅުމާލޭ އައުޓް ޕޯސްޓްގައި ފޯރުކޮށްދެމުން ގެންދިޔަ ޚިދުމަތްތައް، 01 ޖުލައި 2018 އިން ފެށިގެން މެދުކަނޑާލެވިފައިވާ ވާހަކަ ހިތާމައާއެކު ދެންނެވީމެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.