މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހަކަތައިގެ ވިޔަފާރިއަށް ބިން ދޫކުރުން.

މ. މުލަކު ބަނދަރު ސަރަޙައްދުގައި ތެލާއި ގޭހުގެ ބާވަތްތައް ވިއްކުމަށް 3 ބިމެއް ދޫކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި މި ބިންތަކާއުގުޅިގެން މީގެކުރިން ކުރެވުނު ނަމްބަރު: (IUL)364-B/364/2017/41 (03 އޯހގަސްޓް 2017) އިޢުލާނުވަނީ އެކަށީގެންވާ، ޢަދަދަށް މީހުން ކުރިމަތިލާފައިނުވާތީ، ވަނީ ބާޠިލްކުރެވިފައެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 01 އޮކްޓޫބަރ 2018 ވާ ހޯމަ ދުވަހުގެ 13:00އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފްކުރެއްވުމަށްފަހު 07 އޮކްޓޫބަރ 2018 ވާ އާދިއްތަ ދުވަހުގެ 13:00އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކަށް ބައިވެރި ނުވެވޭނެ ވާހަކަ ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި ބީލަން ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ އެކަން ބަޔާންކޮށް ލިޔުމަކުން މި އިދާރާއަށް ހުށަހަޅުއްވަންވާނެއެވެ. 

06 ސެޕްޓެންބަރު 2018
ހޯދާ