ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

               ނަމްބަރު: IUL)328-HR/328/2018/43)

އިޢުލާން

ވަޒީފާގެ ފުރުޞަތު

އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ

މަޤާމް:

އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ

މަޤާމުގެ ނަންބަރ:

J-297200

މަޤާމުގެ ގިންތި:

ދާއިމީ

ރޭންކް:

އެމް.އެސް 1

މަޤާމްގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަސައްކަތް ކުރަންޖެހޭ ތަން

ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ

ސެކްޝަން:

އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް،ކުރެންދޫކައުންސިލްގެ އިދާރާ

މުސާރަ:

-/5610 ރުފިޔާ

ސާރވިސް އެލަވަންސް:

-/2000 ރުފިޔާ

ސަޕޯރޓިންގ ކޯ އެލަވަންސް:

-/700 ރުފިޔާ

އެހެނިހެން އެލަވަންސް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ރަމަޟާންމަހުގެ މުނާސަބަތުގައި ދޭ ޚާއްޞަ އެލަވަންސްގެ ފައިސާ

ބޭނުންވާ ޢަދަދު:

01 (އެކެއް)

އަސާސީ ޝަރުތު:

1- ބިޒްނަސް އެޑްމިނިސްޓްރެޝަން ނުވަތަ ބިޒްނަސް މެނޭޖްމަނަޓް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

  • އިކޮނޮމިކް ޑިވެލޮޕްމަންޓް ޝެކްޝަނަށް ހުށަހެޅޭ މައްސަލަތަކުގެ ރެކޯޑް ބެލެހެއްޓުމާއި ހުށަހެޅޭ މަސައްކަތްތަކުގެ ރިޕޯރަޓް ކަމާއި ގުޅޭ ދާއިރާ ތަކަށް ފޮނުވުން.
  • ޝެކްޝަނަށް ހުށަހެޅޭ ސިޓީ، މެސެޖްތަކަށް ޖަވާބު ދިނުމާއި ހުށަހެޅޭ ބިލްތައް ފުރިހަމަކުރުމަށް ފަހު ފައިސާ އާއި ބެހޭ ޝެކްޝަނަށް ފޮނުވުން.
  • ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައި ހުންނަ އިމާރާތްތަކާއި ތަކެތީގެ އިންވެންޓްރީ ފުރިހަމަކުރުމާއި ބެލެހެއްޓުން.
  • ކުރެންދޫ ކައުންސިލް އިދާރާއަށް ބޭނުންވާ އެންމެހައިތަކެތި ދަޢުލަތުގެ މާލިއްޔަތުގެ ޤަވާއިދާ އެއްގޮތަށް ހޯދާ ބެލެހެއްޓުން
  • ރަށުފެންވަރުގައި އިޤްތިޞާދު ކުރިއެރުވުމަށާއި އިޤްތިޞާދަށް އަންނަ ބަދަލުތައް ދެނެގަތުމަށް ކުރަންޖެހޭ ދިރާސާތައްކުރުން.
  • ރަށުގައި އިޤްތިޞާދީގޮތުން ކުރެވެން ހުރި މަސައްކަތްތަކަށާއި ބޭނުންވާ ވަޞީލަތްތައް ހޯދައި ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމުގެ އިންތިޒާމް ހަމަޖެއްސުން.
  • ރަށުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުމަށް މަގު ފަހިކޮށްދިނުމުގެ ގޮތުން ސަރުކާރުގެ ކަމާއި ބެހޭ އިދާރާތަކުން ހިންގާ  ލުއިލޯނު ޕްރޮގުރާމުތައްކުގެ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުން.
  • ދައުލަތުގެ މާލިއްޔަތު ޤާނޫނާއި ޤަވާއިދާ އެއްގޮތަށް ނީލަމާއި ބެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  • ބިޑް ޑޮކިއުމެންޓްތައް ބަލާޗެކްކުރުމާއި ބިޑް އިވެލުއޭޝަން ކޮމިޓީގެ އެހީގައި ބިޑްތައް އިވެލުވޭޓް ކުރުމާއި ކަމާއިބެހޭ ސަރުކާރުގެ އިދާރާތަކަށް ފޮނުވައި ބެލެހެއްޓުން.
  • ކޮމިއުނިޓީ ޑިވެލޮޕްމަންޓް  ޕްރޮގްރާމްތައް ރާވައި ހިންގުމާއި ދޭދޭ ފަރުދުންގެ އާމްދަނީ އިތުރުކުރުމަށް ކުރެވެންހުރި ކަންތައްތައްބަލައި ޕްރޮގުރާމް ހިންގުން.
  • ދައުލަތުގެ އިޤްތިޞާދީ ތަރައްޤީ އާއި ގުޅޭ ޕްރޮގުރާމްތައް ބަލައި ދިރާސާ ކުރުމާއި އެފަދަ ޕްރޮގުރާމްތައް ރަށުގެ ރައްޔިތުންނަށް ލިބޭނެ މަގު ތަނަވަސްކުރުމަށް މަސައްކަތް ކުރުން.
  • ރަށުގެ ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ދަނޑުވެރިކަމާއި އެހެނިހެން ޞިނާޢަތްތައްކުރިއެރުވުމަށް އެހީތެރިވުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  • ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ކައުންސިލަށް އާމްދަނީ ލިބޭ އިމާރާތްތައް ވިޔަފާރި އުޞޫލުން ހިންގުމާއި ބެލެހެއްޓުން
  • ރަށުގައި އިމްޕޯރޓް މުދާ ވިއްކުމުގެ ލައިސަންސް ދޫކުރުމާއިބެހޭ އެންމެހާއި މަސައްކަތްތައް ކުރުން
  • އިސްވެ ދެންނެވި ހުރިހާ ކަންކަމާއި ގުޅޭ ގޮތުން ލިޔެ ތައްޔާރު ކުރަންޖެހޭ ސިޓީ ، މެސެޖް ، ބިޑް ޑޮކިއުމެންޓް އަދި ރިޕޯޓްތައް ޒިންމާދާރުވެރިޔާގެ ލަފަޔާއި މަޝްވަރާގެ މަތިން ތައްޔާރުކޮށް ދައުލަތުގެ ކަމާއިބެހޭ އިދާރާތަކަށް ފޮނުވުން .
  • ކައުންސިލް އިދާރާގެ ރަސްމީ މަސައްކަތާއި ގުޅޭ ގޮތުން ޙަވާލު ކުރެވޭ އެންމެހާ މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް:

1- ލާމަރުކަޒީ ޤާނޫނާއި ޤަވާޢިދަށް އަހުލުވެރިވުން.

2- ސިވިލް ސަރވިސް ޤާނޫނަށާއި ސިވިލް ސަރވިސް ޤަވާއިދަށް އަހުލުވެރިވުން.

3- މާލިއްޔަތާބެހޭ ޤާނޫނާއި ޤަވާޢިދަށް އަހުލުވެރިވުން.

4- ދާއިރާއާގުޅޭ ސެޓްފިކެޓެއް ހާސިލްކޮށްފައިވުން.

އިންޓރަވިއު އަދި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް އިމްތިޙާނުކުރުން ބޭއްވުމަށް ކަނޑައަޅާފައިވާ  މުއްދަތުތަކާއި އޮންނާނެތަން

މިމަޤާމަށް އިންޓަރވިއުކުރުމާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް އިމްތިޙާނުކުރުން ބޭއްވޭނީ 17 ސެޕްޓެމްބަރު 2018 އާއި 19 ސެޕްޓެމްބަރު 2018 ދެމެދުގެ ދުވަހެއްގައި ހެނދުނު 09:00ން ރޭގަނޑު 21:00އާއި ދެމެދުގެ ވަގުތެއްގައި ފާދިއްޕޮޅު ކުރެންދޫކައުންސިލްގެ އިދާރާގައެވެ.

  • އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން: 16 ސެޕްޓެމްބަރު 2018ވާ (އާދީއްތަ) ދުވަހުގެ 14:00ގެ ކުރިން ފާދިއްޕޮޅު ކުރެންދޫކައުންސިލްގެ އިދާރާ އަށެވެ.
  • ހުށަހަޅަންޖެހޭ ލިޔުންތައް:

1- ފުރިހަމަކޮށްފައިވާ އެޕްލިކެޝަން ފޯމް.

2- ސިވިލްސަރވިސް އަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއި މެދު އިޢުތިރާޒެއްނެތްކަމަށް، އެމުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ލިޔުމެއް.

3- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

4- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް

5- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީ.ވީ)

މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6620001 ފޯނާއެވެ. ފެކްސް ނަމްބަރަކީ 6620001އެކެވެ.

އީމެއިލް އެޑްރެހަކީ [email protected].mv : އެވެ.

                މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

05 ސެޕްޓެންބަރު 2018
ހޯދާ