ދިވެހިރާއްޖެ
ނަންބަރު: IUL)328-ED/328/2018/46)
އިޢުލާން
އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު:
މަސްޖިދުލް ދާރުއްސަލާމުގައި އަމިއްލަ ތަކެތީގައި ކުލަލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން 22 ޖުލައި 2018ގެ ނަންބަރު: (IUL)328-ED/INDIV/2018/37 އިޢްލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅުއްވާފައިނުވާތީ، އެއިޢްލާން ބާޠިލްކޮށް އަލުން އިޢްލާން ކުރީމެވެ.
މަސްޖިދުލް ދާރުއްސަލާމުގައި ކުލަލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތްކޮށްދިނުމަށް ޝައުގުވެރިވެ، ވަޑައިގަންނަވާ ފަރާތްތަކުން، ތިރީގައި މިދަންނަވާ ދުވަސްތަކާއި ގަޑިތަކަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގެން ދެއްވުން އެދެމެވެ. މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވާނީ ވިޔަފާރި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށެވެ. މަޢްލޫމާތު ސާފުކުރެއްވުމުގެ ބައްދަލުވުމަށް ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއެއް، ހުށަހަޅުއްވަންވާނެއެވެ. ބަދަލުގައި ބޭފުޅަކު ވަޑައިގަންނަވާނަމަ އެކަން އަންގައިދޭ ލިޔުމެއް ހުށަހަޅަންވާނެއެވެ.
މަޢުލޫމާތު ސާފުކުރުން |
10 ސެޕްޓެމްބަރު 2018 |
ހޯމަ |
10:30 ހެނދުނު |
އަންދާސީ ހިސާބު ހުށަހެޅުން |
16 ސެޕްޓެމްބަރު 2018 |
އާދީއްތަ |
10:30 ހެނދުނު |
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.