ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަންދޫ ރައްޔިތުންގެ ރުއްގަސް ކުއްޔައްދޫކުރުމާއި ގުޅޭ

ވަންދޫ ރައްޔިތުންގެ ރުއްގަހުގެ ގޮތުގައިވާ 207 (ދުވިސައްތަ ހަތެއް) ރުއް 2 އަހަރުގެ މުއްދަތައް ކުއްޔައްދޫކުރުމަށް ބޭނުންވެއެވެ. ވީމާ، ވަންދޫ ރައްޔިތުންގެ ރުއްގަސް ކުއްޔައްނެގުމަށް ޝައުގުވެރިވާ ފަރާތްތަކުން 13 ސެޕްޓެމްބަރ 2018 ވަނަ ދުވަހުގެ 10:00 ގައި ވަންދޫ ކައުންސިލް އިދާރާއަށް ލިޔުމުން ހުށަހެޅުއްވުން އެދެމެވެ. ހުށަހަޅުއްވާ ލިޔުމުގައި ކުއްޔައްނެގުމަށް ބޭނުންވާ އަގު ހިމެނުން އެދެމެވެ.

                       މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ވަންދޫ ކައުންސިލް އިދާރާގެ ނަމްބަރު 7980047 ފޯނާގުޅުއްވުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށް އިޢުލާނުކުރީމެވެ.

04 ސެޕްޓެންބަރު 2018
ހޯދާ