ކްރިމިނަލް ކޯޓު
ދިވެހިރާއްޖެ
ޮާޮާއެޑްމިނިސްޓްރޭޓިވް އޮފިސަރ GS3

މަޤާމް :ޮާޮާއެޑްމިނިސްޓްރޭޓިވް އޮފިސަރ GS3
ބޭނުންވާ އަދަދު :1

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ޢަދަދު

01 (އެކެއް)

ރޭންކް

ޖީ.އެސް 3

ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

މަސައްކަތްކުރަންޖެހޭތަން

ކްރިމިނަލް ކޯޓު

އަސާސީ މުސާރަ

-/4465 ރުފިޔާ (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ)

މިމަޤާމަށް ލިބޭ އެލަވަންސް

  • ސަރވިސް އެލަވަންސް -/1500 (ފަނަރަ ސަތޭކަރުފިޔާ)
  • ލިވިންގ އެލަވަންސް -/2700 (ދެހާސް ހަތްސަތޭކަ ރުފިޔާ)
  • ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %40
  • ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

އަސާސީ ޝަރުޠު

1-     މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށް ދިނުމާއެކު، ސާނަވީ އިންތިޙާނަކުން 2 މާއްދާއިން ދަށްވެގެން [ޑީ] ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި [ދިވެހި] މިމާއްދާއިން ދަށްވެގެން [ސީ] ލިބިފައިވުން، ނުވަތަ

2-     މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކްހެއް ލިބެމުންދިޔުމާއެކު، ޖީ.އެސް 2 ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު

1-      ކޯޓަށް ހުށަހެޅޭ މައްސަލަތައް ރަޖިސްޓްރަރ ބެލުމަށްފަހު އަނބުރާ ފޮނުވާލުމަށް ކަނޑައަޅާ މައްސަލަތައް، ކަނޑައެޅިފައިވާ އުޞޫލާއި އެއްގޮތަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަަށް ފޮނުވުން.

2-      ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކޯޓަށް ހުށަހަޅާ މައްސަލަތައް ޗެކުކުރުމަށްފަހު، ރަޖިސްޓްރަރ އަރިހަށް މައްސަލަތައް ވެއްދުން.

3-      ހުށަހެޅޭ މައްސަލަތަކަށް ރަޖިސްޓްރަރ ރިމާކްސް ދެއްވުމުން މައްސަލަތަކަށް ޤަޟިއްޔާ ނަންބަރު ދިނުމަށްފަހު، މައްސަލަތައް ސެކްޝަންތަކާއި ޙަވާލުކުރުން.

4-      ހުށަހެޅޭ މައްސަލަތަކުގެ މަޢުލޫމާތު ދުވަހުން ދުވަހަށް ދިވެހި އަދި އިނގިރޭސި ހުށަހަޅާއަށް ނަގައި ބެލެހެއްޓުން.

5-      ހުށަހެޅޭ މައްސަލަތަކުގެ ދަޢުވާފޯމު އިޞްލާޙު ކުރަންޖެހޭ ޙާލަތެއްގައި އެމައްސަލަތަކަށް ކުރިން ދެވިފައިވާ ޤަޟިއްޔާ ނަންބަރު އެފޯމުގައިލިޔެ ސެކްޝަނާއި ޙަވާލުކުރުން.

6-      ޝަރީޢަތް ނިމެންދެން ބަންދުކޮށްފަ ތިބޭ މީހުންގެ ރެކޯޑު ބެލެހެއްޓުން.

7-      މައްސަލަ ހުށަހެޅިފައިވޭތޯ ބެލުމަށް އަންނަ ފޯންކޯލްތަކާއި ސިޓީތަަކަށް ހަމަޖެހިފައިވާ އުޞޫލާއި އެއްގޮތަށް ޖަވާބު ދިނުން.

8-      ކޮންމެމަހެއް ނިމުމުން ތަފާސްހިސާބަށް ބޭނުންވާ މަޢުލޫމާތު ތައްޔާރުކުރުން.

9-      މައްސަލަތަކާއި ގުޅިގެން ކޯޓަށް ޙާޟިރުވާ ތަރުޖަމާނުންނަށް ފައިސާދޫކުރާ ޗިޓު ތައްޔާރުކުރުމަށްފަހު، ބަޖެޓު ސެކުޝަނާއި ޙަވާލުކުރުން.

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި

 

 

 

 

 

 

 

1-     ފުރިހަމަކޮށްފައިވާ، ޝަރުޢީދާއިރާގެ ވަޒީފާއަށް ވަނުމަށް އެދޭފޯމު

2-     ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް އަދި ވަޒީފާ އަދާކޮށްފައިވާ ތަންތަނާއި އަދާކުރި ވަޒީފާތަކާއި އެވަޒީފާތައް އަދާކުރި މުއްދަތު ހިމެނޭގޮތަށް)

3-     ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

4-     ތައުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓް އާއިއެކު

5-     ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (މަޤާމްގެ ނަން، ހޭދަވި މުއްދަތު، ރޭންކް އަދި އެޕްރައިޒަލް އަށް ލިބިފައިވާ މާރކްސްތަކާއި، އަދާކުރާ މަސްއޫލިއްޔަތު އެނގޭނެ ފަދަ ލިޔުމެއް)

6-     ޝަހާދާ ޡާނަވިއްޔާ ނިންމާފައިވާ ފަރާތްތަކުން ތަޢުލީމް ޙާސިލްކުރި ތަނުން ދޫކުރާ ސެޓްފިކެޓްގެ ޓްރާންސްލޭޓް

ސުންގަޑި

16 ސެޕްޓެމްބަރު 2018 ވަނަ ދުވަހުގެ 13:00

އިތުރު މަޢުލޫމާތު

  • މިމަޤާމުގެ އިންޓަރވިއުއަށް ދައުވަތުދެވޭނީ ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.
  • ޝޯޓްލިސްޓް ކުރެވޭނީ ތަޢުލީމީ ސެޓްފިކެޓްތަކަށާއި ތަޖުރިބާއަށް ބަލައި އެންމެ މަތިން މާރކްސް ލިބޭ 20 ފަރާތެވެ.
  • މަޤާމަށް މީހުން ހޮވުމުގައި ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހުންނަށް އިސްކަން ދެވޭނެއެވެ.
  • ވަޒީފާއަށްއެދޭފޯމު މިކޯޓުގެ ކައުންޓަރުންނާއި، މިކޯޓުގެ ވެބްސައިޓް: www.criminalcourt.gov.mv އިން ލިބެން ހުންނާނެއެވެ.
04 ސެޕްޓެންބަރު 2018
ހޯދާ