ދިވެހިރާއްޖެ
`
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ހއ.އިހަވަންދޫ
ދިވެހިރާއްޖެ
ނަންބަރ: IUL-248-CAFA-248/2018/70
އިޢުލާން
ރުއްގަހުގެ ނީލަން ކިއުން
މިރަށުގެ ބައެއް މަގުތަކުން ކަނޑާފައިވާ ރުއްގަހުގެ ނީލަން ކިއުން 08 ސެޕްޓެމްބަރ 2018 ވާ ހޮނިހިރު ދުވަހުގެ ހަވީރު 16.00 ގައި އޮންނާނެއެވެ. ރުއްގަހުގެ ނީލަމަށް ފައިސާ އިތުރު ކުރެވޭނީ މަދުވެގެން 5.00 ރ ( ފަސް ރުފިޔާ -/) ގެ މަގުންނެވެ.
މިނީލަމުގައި ވާހައި ގިނަފަރާތް ތަކަކުން ބައިވެރިވެ ވަޑައިގެން ދެއްވުމަކީ މިއިދާރާގެ އެދުމެކެވެ. ނީލަމުން ނަންގަވާ ރުއްގަހުގެ ބައިތަކަށް އަގު ވަގުތުން އަދާ ކުރައްވަން ވާނެއެވެ. ވަގުތުން އަގު އަދާ ނުކުރައްވާ ނީލަން ނަމްބަރުތައް ކެންސަލް ކުރެވޭނެއެވެ. އަދި ކެންސަލް ކުރި ނަމްބަރުތައް އަލުން ނީލަން ކިޔޭނެއެވެ.
ނީލަމުން ނަންގަވާ ރުއްގަހުގެ ބައިތައް 3 ދުވަހުގެ ތެރޭގައި ގެންދަންވާނެއެވެ. 3 ދުވަހުގެ ތެރޭގައި ނުގެންދަވާ ރުއްގަހުގެ ބައިތައް ބޭނުންނެތީ ކަމުގައި ބަލައި އުކައިލުން ނުވަތަ ބޭނުންވާ ފަރާތްތަކަށް ދޫކޮށްލުމުގެ އިޙްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ. ނީލަމުގައި ބައިވެރި ވުމަށް އެދޭ ފަރާތްތަކުން ވަޑައި ގަންނަވާނީ، ޕްރީސުކޫލްގެ ކައިރިއަށެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.