ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ބަނދަރު ސަރަޙައްދުން ތެޔޮބިން ދޫކުރުމުގެ އުސޫލު

ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލްގެ އިދާރާ                                            

      ހއ.ތަކަންދޫ                                                                

      ދިވެހިރާއްޖެ.

       ނަމްބަރ:(IUL)254/254/2018/16                                                   

އިޢުލާން

 

ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ބަނދަރު ސަރަހައްދުން ތެޔޮ ވިއްކަން ބިން ދޫކުރުމުގެ އުސޫލު

        

               މިރަށު ބަނދަރު ސަރަހައްދުން ތެޔޮބިން ދޫކުރުމުގެ އުޞޫލު އާއްމުކޮށް އިޢުލާން ކުރީމެވެ.

                                             03 ސެޕްޓެމްބަރ 2018

 

ތަޢާރަފް:

 

 

 

 

1

ހ- މި އުޞޫލަކީ، ޤާނޫނު ނަމްބަރ 20021 ބިމާބެހޭ  ޤާނޫނާއި ، މި ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާއިދާއި ތަޢާރަޒު ނުވާގޮތަށް، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު ނަމްބަރ 2010/7 ގެ 152ވަނަ މާއްދާއިން ބާރުލިބިގެން ހަދާފައިވާ ހއ.ތަކަންދޫން ތެޔޮބިން ދޫކުރުމުގައި އަމަލު ކުރަންވީގޮތް އެކުލަވައި ލެވިފައިވާ އުސޫލެވެ.

   

 

ނަން:

 

 

   2    

 މި އުޞޫލަށް ކިޔާނީ، " ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ބަނދަރު ސަރަހައްދުން ތެޔޮބިން

    ދޫކުރުމުގެ އުޞޫލު" އެވެ.

 

 

 

މަޤްޞަދު:

      3                   

 

 ހ- މި އުޞޫލު އެކުލަވާލުމުގެ މަޤުޞަދަކީ، ތަކަންދޫން ތެޔޮ ވިއްކަން ބޭނުންވާ ފަރާތްތަކަށް

ޤާނޫނާ ޤަވަޢިދާ އެއްގޮތްވާ ގޮތުގެ މަތީން ފަސޭހައިން ތެޔޮ ވިއްކޭނެ މަގު ފަހިކޮށް ދިނުމެވެ.

 

ށ- ރަށުތެރޭގައި އާންމުނަށް އުނދަގޫވާގޮތަށް ހުރި ތެލުގެ ވިޔަފާރިތައް، ޤާނޫނާ ޤަވާއިދުގެ ތެރެއަށް ފެއްތުމަށް ބާރުއެޅުމާއި،  ތެލުގެ ސަބަބުން ހިނގާ އަލިފާނުގެ ހާދިސާތައް މަދުކޮށް، އެފަދަ ހާދިސާ ތަކުން މީހުންގެ ފުރާނަޔާއި، މުދާ ސަލާމަތް ކޮށްދިނުން.

 

ނ- ތެލުގެ ބާވަތްތައް ވިއްކާ ތަންތަނަކީ އެއްމިންގަނޑަކަށް ސަލާމަތީ ފިޔަވަޅުތައް އެޅުމާއި، ރައްކާތެރިކަމާއެކު ތެލުގެ ބާވަތްތައް ގުދަންކޮށް ވިއްކޭނެ މަގުތަނަވަސްކޮށް ދިނުން.

ތަންފީޒް ކުރުން

4

ހ- މިއުޞޫލަށް އަމަލުކުރަން ފަށާނީ، ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލުން ފާސްކޮށް

   ގެޒެޓްގައި އާންމު ކުރާ ދުވަހުން ފެށިގެންނެވެ.  

 

ށ- މިއުޞޫލަށް ޢަމަލުކުރަން ފެށުމާއިއެކު، ލޭންޑު ޔޫސް ޕުލޭނާ އެއްގޮތްވާ ގޮތުގެ މަތީން

    ތެޔޮބިން ދޫކުރާ ސަރަހައްދުތައް ޢާމުކޮން އިޢުލާން ކުރަންވާނެއެވެ.

 

ތެޔޮބިމަށް އެދުމާއި، ތެޔޮބިން ދޫކުރުން.

5

ހ- މިއުޞޫލުގައިވާ ގޮތުގެމަތީން ތެޔޮބިން ދޫކުރެވޭނީ އެކަމަށް އެދި ލިޔުމަކުން ތިލަދުންމަތީ        އުތުރުބުރީ ތަކަންދޫ ކައުންސިލަށް ހުށައެޅުމުންނެވެ. ކޮންމެ ބިމަކަށްވެސް އެދެވެނީ            ވަކިވަކިންނެވެ. 

 

ށ- މިއުޞޫލުގެ ދަށުން ތެޔޮބިމަށް އެދެވޭނީ 18 އަހަރުންމަތީ ކޮންމެ ދިވެހި ރައްޔިތެއް ،ދިވެހި ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ، ރަޖިސްޓްރީކޮށްފައިވާ ކުންފުނި އަދި އިންވެސްޓްމެންޓްތަކަށެވެ.

 

ނ- ތެޔޮބިމަށް އެދި ހުށައަޅަންވާނީ ހއ ތަކަންދޫ ބަނދަރު ސަރަހައްދުން ތެޔޮބިން ދޫކުރުމަށް ބިން ހޯދުމަށް އެދި ތައްޔާރުކޮށްފައިވަ ފޯމްގައެވެ.

 

ރ- ހއ.ތަކަންދޫ ބަނދަރު ސަރަހައްދުން ތެޔޮބިން ދޫކުރުމަށް، ބިން ހޯދުމަށް އެދޭ ފޯމް  ދޫކުރާނީ، ދިވެހި ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ، ރަޖިސްޓްރީކޮށްފައިވާ ކުންފުނި އަދި އިންވެސްޓްމެންޓްތަކަށް -/100 (ސަތޭކަ) ރުފިޔާ ގެ ފީއެއް ދެއްކުމުންނެވެ. މި ފޯރމު މި އުޞޫލުގެ އެނެކްސް 1 ގައިވާނެއެވެ.

 

ބ- ތެޔޮބިން ހޯދުމަށް ފޯމް ހުށައަޅާއިރު ބިމުގައި ކުރެވޭ އިމާރާތުގެ ކުރެހުމާއެކު ހުށަހަޅަން ވާނެއެވެ.

 

ޅ- މިއުޞޫލުގެ ދަށުން ދޫކުރެވޭ ތެޔޮބިމުގައި ކޮށްފައިވާ  އިމާރާތަކަށް ބަދަލު ގެނެވޭނީ ބިން ދޫކުރި ފަރާތަށް ބިންހިފި ފަރާތުން ގެންނަން ބޭނުންވާ ބަދަލުގެ ކުރެހުމާއެކު ލިޔުމުން ހުށަހަޅާ، ލިޔުމުން ހުއްދަ ލިބިގެންނެވެ.

 

ކ- މިއުޞޫލަށް ޢަމަލުކުރަން ފެށުމުގެ ކުރިން ދޫކޮށްފައިވާ ތެޔޮބިންތައް ލޭންޑް ޔޫސް ޕުލޭން މި އުސޫލަށް ފެއްތުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ކައުންސިލުން ކުރަންވާނެއެވެ.

      

އ- ކޮންމެ ތެޔޮބިމެއްވެސް ދޫކުރެވޭނީ، ދޫކުރާ ތާރީޚުން ފެށިގެން އެންމެ ގިނަވެގެން މީލާދީ 10 އަހަރު ދުވަހަށެވެ.

 

ވ- ދޫކުރެވިފައިވާ ތެޔޮބިންތައް  މި މާއްދާގެ އ. ގައި ބުނާ މުއްދަތު ހަމަވުމުގެ މީލާދީ 3 މަސްދުވަސް ކުރިން މުއްދަތު އިތުރުކުރުމަށްއެދި ލިޔުމަކުން ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލަށް ހުށައަޅަންވާނެއެވެ.

 

މ- މި މާއްދާގެ (ވ) ގައި ބުނާ މުއްދަތުގައި، ތެޔޮބިމުގެ މުއްދަތު އިތުރުކުރުމަށް އެދިފައި ނުވާނަމަ،       އެބިމެއް ކުއްޔަށް ހިފި ފަރާތުގެ ކިބައިން ވަކިވާނެއެވެ. އަދި ކައުންސިލަށް ލަސްނުކޮށް އިމާރާތާ، ބިން   ޙަވާލުކުރަންވާނެއެވެ.

 

ބިން ކުއްޔަށް ދޫކުރެވޭ ބޭނުން

6

ހ- މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީން އާންމު ކޮށްފައިވާ ޤަވާއިދު (ނަމްބަރ 2015/R-160 ) "ތެލުގެ ބާވަތްތައް ގެންގުޅެ، ބޭނުންކޮށް އަދި ގުދަންކުރުމާ ބެހޭ ޤަވާއިދާ" އެއްގޮތްވާ ގޮތުގެ މަތިން ތެޔޮ ވިއްކުން.

 

ށ މި ބިމުގައި ކުރުމަށް ހުއްދަ ދެވިފައިވާ ބޭނުން ފިޔަވާ އެހެން ބޭނުމެއް މި ބިމުގައި ކޮށްގެން ނުވާނެއެވެ.

 

 

ބިން ވަކި ކުރުމާއި، ބިން ދޫކޮށްލުން

7

ހ- ތެޔޮބިން ދޫކޮށްފައިވާ މުއްދަތު ހަމަ ނުވަނީސް ބިން ދޫކުރި ފަރާތުން (ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލުން) އިން ބިން ހިފި ފަރާތުން ވަކި ކުރުމަށް ބޭނުން ވެއްޖެ ނަމަ، 3 (ތިނެއް) މަސްދުވަހުގެ ކުރިން ބިން ހިފި ފަރާތަށް އަންގަންވާނެއެވެ.

 

ށ- ބިން ދޫކޮށްފައިވާ މަޤްޞަދާ ޚިލާފަށް ބިން ބޭނުންކުރަމުންދާނަމަ ބިން ވަކިކުރުމުގެ ބާރު ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލަށް ލިބިގެން ވެއެވެ.

 

 

ނ- މި މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތަށް ބިން ވަކިކުރަންވާނީ، ތެޔޮބިމަށް ކުރެވިފައިވާ އިންވެސްޓްމަންޓް ބިން ހިފިފަރާތުން ބޭނުންވާނަމަ، އަދުލުވެރި ބަދަލު ދިނުމަށްފަހުގައެވެ.

 

ރ- ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި ޤަވާއިދުތަކާއި، އެކި ބާވަތްތަކުގެ ތެޔޮ ވިއްކުމަށް މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީން އާންމު ކޮށްފައިވާ ޤަވާއިދާ ޚިލާފަށް ތެޔޮ ވިއްކަމުން ދާނަމަ، ބަދަލު ދިނުމަކާ ނުލާ ބިން ވަކިކުރުމުގެ ބާރު ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލަށް ލިބިގެން ވެއެވެ.

 

ބ- މި މާއްދާގެ (ރ) ގައިވާގޮތަށް ބިން ވަކިކުރުމުގެ ކުރިން މި އުޞޫލުގެ އެއްވެސް މާއްދާ އަކާ ބިން ހިފި ފަރާތުން ޚިލާފު ވެއްޖެނަމަ، އެކަމެއް ރަނގަޅު ކުރުމަށް 1 (އެކެއް) މަސް ދުވަހުގެ ނޯޓިސް ލިޔުމުން ބިން ދޫކުރި ފަރާތުން ދޭން ވާނެއެވެ.

 

ޅ- ބިން ހިފިފަރާތުން ބިން ދޫކޮށްލަން ބޭނުންވެއްޖެނަމަ، ބިން ދޫކޮށްލުމަށް ބޭނުންވާކަމަށްއެދި، ބިން ދޫކުރި ފަރާތަށް (ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލް) އަށް ލިޔުމުން އަންގަން ވާނެއެވެ.

 

ކ- މި މާއްދާގެ (ބ) ގައި ބުނެފައިވާގޮތަށް ބިން ވަކިކުރުން. ބިމުގައި ކުރެވިފައިވާ އިންވެސްޓްމެންޓަށް އެއްވެސް ބަދަލެއް ދޭކަށްނުޖެހޭނެއެވެ. ނަމަވެސް ބިމުގައިވާ އުފުލޭ މުދާ ބިން ހިފިފަރާތުން ބޭނުންވެއްޖެނަމަ ގެންދެވިދާނެއެވެ.

 

އ- މި މާއްދާގެ (ހ) ގައި ބުނެފައިވާ މުއްދަތު ހަމަވުމުން ބިން ހަވާލު ވެފައިވާ ފަރާތުން ބިން ދޫކުރި ފަރާތަށް ބިން ހަވާލު ކުރަން ވާނެއެވެ.

 

ވ- މި މާއްދާގެ (ބ)  ބުނެފައިވާ ގޮތުގެ މަތިން ބިން ވަކިކުރިކަމުގެ ލިޔުން ބިން ހިފި ފަރާތަށް ލިޔުމުން ހަވާލުކުރާ  ދުވަހުން ފެށިގެން ބިން ވަކިވީއެވެ.

 

މ- މި އުޞޫލުގެ ދަށުން ދޫކުރެވޭ ބިމުގެ މުއްދަތު ހަމަވުމުގެ ކުރިން ބިން ހިފިފަރާތުން  ބިން ދޫކޮށްލިނަމަވެސް ކުރިއަށް ބިމުގެ ކުލި ދައްކާފައި އޮތްނަމަވެސް ކުލި އަނބުރާ ބިން ހިފި ފަރާތަށް ނުލިބޭނެއެވެ.

 

ފ- މި އުޞޫލުގެ ދަށުން ދޫކުރާ ތެޔޮބިމުގައި، ބިން ދޫކުރި ދުވަހުން ފެށިގެން 3 (ތިނެއް) މަސްދުވަސް ތެރޭގައި އެބިމުގައި ޢަމަލީ މަސައްކަތް މަޤްބޫލު ސަބަބެއް ނެތި ނުފަށައިފިނަމަ ކުއްޔަށް ހިފި ފަރާތުން އެ ބިން ވަކިކުރުމުގެ އިޚްތިޔާރު ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލް އަށް ލިބިގެން ވެއެވެ.

 

ތެޔޮބިމުގެ ކުލި އަދި ޖޫރިމަނާ

8

ހ- މި އުޞޫލުގެ ދަށުން ބިން ކުއްޔަށް ނެގޭނެ އެންމެކުޑަ އަގަކީ އަކަފޫޓަކަށް 1 (އެކެއް) ރުފިޔާ އެވެ.

 

ށ- މި މާއްދާގެ (ހ) އެހެން އޮތް ނަމަވެސް ޕްރޮޕޯސަލް ހުށަ އަޅާފަރާތްތަކުން ރަށުގެ ރައްޔިތުންނަށް ސީ.އެސް. އާރު ގެތެރެއިން އެންމެ ފައިދާހުރި ކަމެއް ހުށަހެޅުނު ފަރާތަކަށް އިސްކަންދެވޭނެއެވެ.

 

ނ- ތެޔޮބިމުގެ ކުލި އެގްރިމެންޓްގައި ސޮއިކުރާ ދުވަހުން ފެށިގެން ކޮންމެ މީލާދީ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ދަށްކަން ވާނެއެވެ. މިގޮތުން ދެފަރާތުން ވެވޭ އެއްބަސްވުމުގައި ދިވެހި ރާއްޖޭގެ ބިމާބެހޭ ޤާނޫނު ނަމްބަރ 2002/1 އާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވައިދުތަކާއި ދައުލަތުގެ މާލިއްޔަތު ޤަވައިދުގައި އެއްބަސްވުމުގައި ހިމަނަން ލާޒިމުކޮށްފައިވާ ކަންކަން ހިމަނަންވާނެއެވެ.

 

ރ- މި މާއްދާގެ (ނ) ބުނާ ކުލި ދައްކަން ޖެހޭ ދުވަހުގެ ކުރިން ނުދައްކައިފިނަމަ، ކުލި ނުދައްކާ ހިނގާފައިވާ ކޮންމެ ދުވަހަކަށް ދޫކޮށްފައިވާ ބިމުގެ ދުވާލަކަށްޖެހޭ އަދަދުގެ %5 ޖޫރިމަނާ ކުރެވޭނެއެވެ.

 

 

ބ- ތެޔޮބިން ދޫކުރުމަށްފަހު ތެޔޮބިމަށް އަރާ ރުއްގަހުގެ ބަދަލު ދިނުމަކީ ބިން ހިފިފަރާތުގެ ޒިންމާއެކެވެ.

 

ޅ- މި އުޞޫލުގެ ދަށުން ދޫކުރެވޭ ބިމުގައި ކުރެވޭ މަސައްކަތާ ގުޅިގެން އުފެދޭ ކުނި ނައްތާލުމަކީ ބިން ހިފި ފަރާތުގެ ޒިންމާއެކެވެ.

 

ކ- ބިން ދޫކުރެވިފައިވާ ފަރާތުން ބިމުގެ ވަށައިގެންވާ ސަރަހައްދުގެ 10 ފޫޓު ހިމެނޭގޮތަށް  ސާފުތާހިރުކޮށް ބަލަހައްޓަން ވާނެއެވެ.

 

 

 

 

ތެޔޮބިމުގައި ތެޔޮ ރައްކާކުރާ ތަންތަން ހެދުމާއި، އެފަދަ ތަންތަން ޗެކްކުރުން

 

 

 

 

 

 

 

 

9

ހ- މި އުޞޫލުގެ ދަށުން ދޫކުރެވޭ ތެޔޮބިމުގައި، ތެލުގެ ބާވަތްތައް ގުދަން ކޮށްގެން ގެންގުޅޭ ތަންތަން ހަދަންވާނީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީން ޝާއިޢު ކޮށްފައިވާ (ނަމްބަރ 2015/R-160) "ތެލުގެ ބާވަތްތައް ގެންގުޅެ، ބޭނުންކޮށް އަދި ގުދަން ކުރުމާބެހޭ ޤަވާއިދު" އާ އެގޮތްވާގޮތުގެ މަތިންނެވެ. ދެންނެވިފައިވާ ޤަވާއިދާ ޚިލާފަށް އެފަދަ ތަކެތި ގެންގުޅުމަކީ މަނާކަމެކެވެ.

 

ށ- މި އުޞޫލުގެ ދަށުން ދޫކުރެވޭ ތެޔޮބިމުގައި އެކިބާވަތުގެ ތެޔޮ ރައްކާކުރަން ފެށުމުގެ ކުރިން މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަށް ލިޔެ ހުއްދަ ހޯދަންވާނެއެވެ. އަދި އެލިޔުމުގެ ކޮޕީއެއް ކައުންސިލަށް ހުށައަޅަންވާނެއެވެ.  

 

ނ- ދޫކުރެވިފައިވާ ތެޔޮބިމުގައި ތެޔޮރައްކާކުރާ ތަންތަނުގައި، ތެޔޮ ރައްކާކޮށްފައިހުރީ ޤަވާއިދާ އެއްގޮތަށްތޯ ކޮންމެ އަހަރަކު  އެއްފަހަރު ހއ.ތަކަންދޫ ކައުންސިލުން ޗެކްކުރަންވާނެއެވެ. މިގޮތަށް ޗެކްކުރެވޭނީ ބިން ހަވާލުވި ފަރާތް ނުވަތަ އެފަރާތުން ކަނޑައަޅާ ފަރާތެއްގެ ހާޒިރުގައެވެ. އަދި ޗެކުކޮށް އިސްލާހު ކުރަންޖެހޭ ކަމެއްވާނަމަ އެކަމެއް ބަޔާންކޮށް ލިޔުމުން  ކުއްޔަށްހިފިފަރާތަށް އަންގަންވާނެއެވެ. ޗެކުކުރަންވާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމަކުންނެވެ.

ރ- ކައުންސިލުން އިސްލާހުކުރަން ހުށައަޅާކަންތައްތައް ކަނޑައަޅާ މުއްދަތެއްގެތެރޭ އިސްލާހުކުރުމަށްފަހު ލިއުމުން ކައުންސިލަށް އަންގަންވާނެއެވެ.

 

އުޞޫލަށް ބަދަލުގެނައުން

 

 

 

 

10

ހ- މި އުސޫލަށް ބަދަލެއް ގެނެވޭނީ ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލަށެވެ.

 

ށ- މި އުޞޫލުގައި ހިމެނިފައިނުވާ ކަމެއް ދިމާވެއްޖެނަމަ އެކަމެއް ހައްލުކުރާނީ ދެ ފަރާތުގެ މަޝްވަރާގެ މަތިންނެވެ. މިގޮތަށްވެސް މައްސަލަ ހައްލު ނުވެއްޖެނަމަ، ދިވެހިރާއްޖޭގެ ޝަރުއީ ކޯޓު މެދުވެރިކޮށް މައްސަލަ ހައްލުކުރާނީއެވެ.

 

މިއުޞޫލުގެ ދަށުން ކަނޑައަޅާ ފީ އާއި ކުލި އަދި ޖޫރިމަނާ

11

މިއުޞޫލު ނަގަހައްޓާ ހިންގުމަށްޓަކައި، ކައުންސިލްގެ އިޙްތިސާސް ތެރޭގައި ހިމެނޭ ސަރަހައްދު ތަކާ ގުޅޭގޮތުން ހަދަންޖެހޭ އެންމެހައި އުޞޫލްތަކާއި، ފީ އާއި ކުލި އަދި ޖޫރިމަނާތައް ކަނޑައަޅާ

ޢާއްމު ކުރަންވާނެއެވެ.

 

ޕޮއިންޓް ދިނުމަށް ކަނޑައަޅާ މިންގަނޑުތައް

12

1 އެންމެ މަތީ އަގު ހުށައަޅާ ފަރާތަކަށް %65

2 ރައްޔިތުންނަށް އެންމެ ފައިދާހުރި ހުށައެޅުމެއް ހުށައަޅާ ފަރާތަކަށް %25

3 ތަނުގެ މަސައްކަތް ނިންމާ ތެލުގެ ޚިދުމަތް ފެއްޓުމަށް ކަނޑައަޅާ މުއްދަތު %5 

4 މާލީ ޤާބިލުކަން ހުރި މިންވަރަށް %5

 

                                            

03 ސެޕްޓެންބަރު 2018
ހޯދާ