ދިވެހިރާއްޖެ
|
އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ ޢިދާރާ އއ. ބޮޑުފޮޅުދޫ / ދިވެހިރާއްޖެ |
ނަންބަރ IUL 343-/343/2018/61
އިޢުލާން
ގެސްޓް ހައުސް ބީޗްގައި ކެފޭއެއް އެޅުމުގެ ފުރުސަތު :
މިކައުންސިލުން ، ރައްޔިތުންގެ ތެރެއިން ގެސްޓް ހައުސް ވިޔަފާރި ކުރާފަރާތްތަކަށް ޚައްސަކުރެވިގެން ފަރުމާ ކުރެވި ބަލަހައްޓަމުން އަންނަ ގެސްޓްހައުސް ބީޗް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް އެތަނުން ފަތުރުވެރިންނަށް ބޭނުންވާނެ ޒަރޫރީ ބޭނުންތައް ފަހިކޮށްދީ ، ދެމެހެއްޓޭނިވި ގޮތެއްގައި ގެސްޓް ހައުސް ބީޗް މަރާމާތުކޮށް ބަލަހައްޓާ ފަރާތަކަށް ، އެސަރަހައްދުގައި ގެސްޓުންނަށް ޚާއްސަ ކެފޭއެއް ޢިމާރާތްކޮށް ވިޔަފާރި ކުރުމުގެ ގޮތުން 35 ފޫޓް 50 ފޫޓް ގެ ބިމެއް ކުއްޔަށް ދިނުމަށް މިކައުންސިލުގެ 22 ވަނަ ޢާންމު ބައްދަލުވުމުން ނިންމާފައިވާތީ ، މިކަމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން މި ހިނގާ ސެޕްޓެމްބަރު މަހުގެ 10 ވާ ހޯމަ ދުވަހުގެ 1:15 ގައި މި ޢިދާރާއަށްރުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު ، 19 ސެޕްޓެމްބަރު ވާ ބުދަ ދުވަހު މިކަމަށް އެދި މަޢުލޫމާތު ސާފުކުރި ފަރާތްތަކުން ހުށައަޅާ ޕްރަޕޯސަލްތައް އެދުވަހު 2:00 ށް ހުށައެޅުއްވުމަށް ދަންނަވަމެވެ.
ހުށައަޅާ ޕްރަޕޯސަލްތައް އެފަރާތް ތަކުގެ ކުރިމަތީގައި ކަނޑައި ، އެންމެރަނގަޅު ހުށައެޅުމެއް ހުށައަޅާފައިވާ ފަރާތެއް ބަލައި އެކަން ، މަސައްކަތު 5 ދުވަހުގެ ތެރޭގައި ޕްރަޕޯސަލް ހުށައަޅާފައިވާ ފަރާތްތަކަށް އެންގޭނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިގެންނެވި ފަރާތްތަކުގެ ތެރެއިން ޕްރަޕޯސަލް ހުށައަޅުންވަން ބޭނުންފުޅުވާ އެއްވެސް ފަރާތަކަށް ، ނާދެޥޭނެ ފަދަ އުޒުރެއް ދިމާވެއްޖެނަމަ ، އެފަރާތުގެ ސިޓީއަކާއެކު އެފަރާތުން ކަނޑައަޅާ ފަރާތަކަށް ޕްރަޕޯސަލް ހުށައެޅި ދާނެއެވެ. އަދި މައުލޫމާތު ސާފް ނުކުރާ ފަރާތްތަކުގެ ޕްރަޕޯސަލް ބަލައިނުގަނޭވެ ވާހަކަ މައުލޫމާތައްޓކައި ދެންނެވީމެވެ.
ވީމާ،މިކަން އެންގުމަށްޓަކައި އާންމުކޮށް އިޢުލާންކުރަމެވެ.
23 ޛުލްހިއްޖާ 1439
03 ސެޕްޓެމްބަރު 2018