ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނޮޅިވަރަންފަރު ކައުންސިލް އިދާރާއަށް އެއަރކޯން ގަތުމާބެހޭ

ނަންބަރު: (IUL)262/262/2018/52  

އިޢުލާން

ނޮޅިވަރަންފަރު ކައުންސިލް އިދާރާއަށް އެއަރކޯންގަތުން:

        ހދނޮޅިވަރަންފަރު ކައުންސިލް އިދާރާއަށް ބޭނުންވާ އެއާރކޯން ގަތުމަށްކުރި މިއިދާރާގެ ނަމްބަރ 48/2018/262/262(IUL) (05 އޮގަސްޓް 2018) އިޢުލާނާއި ގުޅިގެން 03 ފަރާތުން އެސްޓިމޭޓް ހުށަހަޅާފައިނުވާތީ ، އެއިޢުލާން ބާތިލްކޮށް އެމަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.

           ވީމާ މިދަންނަވާ ސައިޒުތަކުގެ 17 އެއަރކޯންގެނެސް ކައުންސިލް އިދާރާއިން ދައްކާ ތަންތަނުގައި ބަހައްޓައިދިނުމަށް ޝަޢުޤުވެރިވާ ފަރާތެއްވާނަމަ 16 ސެޕްޓެމްބަރ 2018 ވާ އާދީއްތަ ދުވަހުގެ 10:00 ށް ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 25 ސެޕްޓެމްބަރ 2018 ވާ އަންގާރަ ދުވަހުގެ 10:00ށް  އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ޙާޟިރުނުވާ ފަރާތްތަކުންނާއި ގަޑިޖެހިގެން ޙާޟިރުވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަތުމަށް ވަނީ ހަމަޖެހިފައެވެ.

މިމަސައްކަތާއި ގުޅިގެން ހުށަހަޅުއްވާ އަންދާސީ ހިސާބުތަކަށް ޕޮއިންޓްދެވޭ އުޞޫލަކީ :

  1. ހުށަހަޅުއްވާ އެންމެކުޑަ އަގަކަށް %80
  2. މާލީ ތަނަވަސްކަމަށް       
  3. ތަޖުރިބާއަށް            

ބޭނުންވާ އެއަރކޯނާއިބެހޭ މަޢުލޫމާތު:

05 އެއަރކޯން  9000 BTU ހިޓާޗީ ( އިންވާޓާރ)

07 އެއަރކޯން 24000 BTU ހިޓާޗީ ( އިންވާޓާރ)

02 އެއަރކޯން 12000 BTU ހިޓާޗީ ( އިންވާޓާރ)

03 އެއަރކޯން 18000 BTU ހިޓާޗީ ( އިންވާޓާރ)

 

            މިމަސައްކަތް ކޮށްދިނުމަށް ހުށަހަޅުއްވާ ފަރާތަކީ ފިޔަފާރި ހުއްދައޮތް ފަރާތަކަށް ވާންވާނެއެވެ.

                  މިހެންވެ މިކަން އާއްމުކޮށްއަންގާ އިޢުލާންކުރީމެވެ.

                          22  ޛުލްޙިއްޖާ  1439

                       02 ސެޕްޓެމްބަރ 2018                                  

02 ސެޕްޓެންބަރު 2018
ހޯދާ