މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ސަރުކާރުގެ ސްކޫލްތަކަށް 2019 ވަނަ އަހަރަށް ބޭނުންވާ ބިދޭސީ ޓީޗަރުން ރެކްރޫޓް ކޮށްދޭނެ 02 އެޖެންސީއެއް ހޯދުމަށް ބޭނުންވެއްޖެ

ސަރުކާރުގެ ސްކޫލްތަކަށް 2019 ވަނަ އަހަރަށް ބޭނުންވާ ބިދޭސީ ޓީޗަރުން ރެކްރޫޓް ކޮށްދޭނެ 02 އެޖެންސީއެއް ހޯދުމަށް ބޭނުންވެއްޖެ:

 ސަރުކާރުގެ ސްކޫލްތަކަށް 2019 ވަނަ އަހަރަށް ބޭނުންވާ ބިދޭސީ ޓީޗަރުން ރާއްޖެއިން ބޭރުން ގެނެސްދޭނެ 02 އެޖެންސީއެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

  1. ބީލަމުގައި ރަޖިސްޓްރީ ކުރުމާ، ބީލަން ފޮތް ވިއްކުން އޮންނާނީ 05 ސެޕްޓެންބަރު 2018 ން 13 ސެޕްޓެންބަރު 2018 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހެނދުނު 8:30 ން 12:00 ށް މިމިނިސްޓްރީގެ ފައިނޭންސް ޑިވިޜަން (ވެލާނާގެ 08 ވަނަ ފަންގިފިލާ) އިންނެވެ. ބީލަން ފޮތުގެ އަގަކީ 200/- (ދުއިސައްތަ) ރުފިޔާ އެވެ.
  2. ޕްރީ ބިޑް މީޓިންގ އޮންނާނީ 16 ސެޕްޓެންބަރ 2018 ވަނަ ދުވަހުގެ 11:00 ގައި (ވެލާނާގެ 09 ވަނަ ފަންގިފިލާ) މީޓންގ ރޫމް 02 ގައެވެ.
  3. ބީލަން ހުޅުވުން އޮންނާނީ 27 ސެޕްޓެންބަރު 2018 ވަނަ ދުވަހުގެ 11:00 ގައި (ވެލާނާގެ 09 ވަނަ ފަންގިފިލާ) މީޓިންގ ރޫމް 04 ގައެވެ.

އަދި ދަންނަވަމެވެ. ބީލަމުގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި، ބީލަން ފޮތް ބައްލަވައި ނުގަންނަ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައިނުވާ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436, 3341403  ނަންބަރު ފޯނާއެވެ.

03 ސެޕްޓެންބަރު 2018
ހޯދާ