މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ
ދިވެހިރާއްޖެ
ލ.އަތޮޅު ފެމިލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރު ހިންގާނެ އިމާރާތެއް ކުއްޔަށްދޭނެ ފަރާތެއް ހޯދުން

މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ ލ.އަތޮޅު ފެމިލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރު ހިންގާނެ އިމާރާތެއް ކުއްޔަށްދޭނެ ފަރާތެއް ހޯދުމަށްކުރި ނަންބަރު  (IUL)459-HR/1/2018/119 އިޢުލާނަށް އެކަށީގެންވާ ވަރަށް ތަރުޙީބު ލިބިފައިނުވާތީ، އިމާރާތެއް ކުއްޔަށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިފަދަ އިމާރާތެއް ކުއްޔަށް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2018 ސެޕްޓެމްބަރު 12 ވާ ބުދަ ދުވަހުގެ ހެނދުނު 10:30 އަށް  ލ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރަށް ނުވަތަ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2018 ސެޕްޓެމްބަރ 23 ވާ އާދީއްތަ ދުވަހުގެ 10:30 އަށް ލ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރަށް ނުވަތަ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

02 ސެޕްޓެންބަރު 2018
ހޯދާ