ބޭންކް އޮފް މޯލްޑިވްސް ޕލކ.
ދިވެހިރާއްޖެ
ނޭޒާ، ގދ. މާތޮޑާ އެވެ ކިޔާ ގޯއްޗާއި އެގޯތީގައި ހިމެނޭ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަން ވިއްކުމާބެހޭ

"ނޭޒާ"، ގދ. މާތޮޑާ އެވެ ކިޔާ ގޯއްޗާއި އެގޯތީގައި ހިމެނޭ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަން ވިއްކުމާބެހޭ.

މުދަލުގެ ތަފުސީލު:

ބާވަތް:              ގޯތި

ނަން:              ނޭޒާ، ގދ. މާތޮޑާ

ރަޖިސްޓްރީ ނަންބަރު:    24/97

މުދަލުގެ ތަފުސީލު:      2,450 އަކަ ފޫޓުގެ ބަންޑާރަ ގޯއްޗެއް

ވެރިފަރާތް:           އަލްފާޟިލް އަހްމަދު ނިޒާމް، އަސުރުމާގެ، ގދ. މާތޮޑާ

ރަޙުނު:             އަލްފާޟިލް އަޙްމަދު ޒަނީން، އަސުރުމާގެ، ގދ. މާތޮޑާ އަށް ދޫކޮށްފައިވާ ލޯނަކަށް

ރަޙުނު ވިއްކާލުމުގެ ހުއްދަ: ސިވިލް ކޯޓުގެ ޤަޟިއްޔާ ނަންބަރު 2353/Cv-C/2011 އިން

ނީލަަމުގެ ތަފުސީލު:

މުއްދަތު ހަމަވާ ތާރީޚު:    06 ޖަނަވަރީ 2014 ގެ މެންދުރުފަހު 01:30

ބިޑް ހުޅުވާނެ ތަން:      ބޭންކް އޮފް މޯލްޑިވްސް ޕލކ ގެ ސީޓްރެކްސް ބިލްޑިންގް 07 ވަނަ ފަންގިފިލާގައި ހުންނަ ރިކަވަރީސް ޑިޕާޓްމަންޓް

މުއްދަތު ހަމަވާ ތާރީޙުގައި ސިޓީ ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތު އެތަނަށް ހާޒިރުވެ ވަޑައިގެން ތިއްބެވި ފަރާތްތަކުގެ ހާޒިރުގައި ސިޓީތައް ކަނޑައި އެންމެ މަތީ އަގު އިޢުލާން ކުރެވޭނެއެވެ.

ކޮންމެ ދުވަހެއްގެ އެންމެ މަތީއަގު މިބޭންކުގެ ވެބްސައިޓް (www.bankofmaldives.com.mv) ގައި އިއުލާންކުރެވި، ބްރާންޗްތަކުގެ ނޯޓިސް ބޯޑުތަކުގައި ބެހެއްޓިފައި ހުންނާނެއެވެ. ނީލަން ނިންމާލެވޭނީ އެންމެ މަތީ އަގު ކަމުގައި އިޢުލާނު ކުރެވޭ އަގަށް ބަދަލެއް ނައިސް، އިޢުލާން ކުރެވޭ ތާރީޚުން ފެށިގެން 05 (ފަހެއް) ދުވަސް ވަންދެން(ސަރުކާރު ބަންދު ދުވަސްތައް ނުހިމަނާ) އެއް އަގެއްގައި އޮތުމުންނެވެ.

ނީލަން ނިންމުން:

ނީލަން ނިމުމުން އެންމެ މަތީ އަގު ހުށަހަޅާފައިވާ ފަރާތަކަށް އެކަން އަންގާނެއެވެ. އެފަރާތަކަށް ނީލަން ނިމުނުކަން ބޭންކުން އަންގާ ތާރީޚުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި (ސަރުކާރު ބަންދު ދުވަސްތައް ނުހިމަނާ) ނުވަތަ ބޭންކުން އިތުރުކޮށްދެވޭ މުއްދަތެއްގެ ތެރޭގައި އެފަރާތަކުން ހުށަހެޅި ޖުމުލަ އަގަށްވާ ފައިސާ ބޭންކަށް ދައްކަވަންވާނެއެވެ. ނުދައްކަވައިފިނަމަ އެހުށަހެޅުން ބާޠިލް ކުރުމަށް ނުވަތަ ދެވަނައަށް އެންމެ މަތީ އަގު ހުށަހެޅި ފަރާތަށް ނީލަން ނިންމާލުމުގެ ނުވަތަ ނީލަން އަލުން ފެށުމުގެ ޙައްޤު ބޭންކަށް ލިބިގެންވެއެވެ.

ވަކިފަރާތަކަށް ނީލަން ނިންމުމަށް ބޭންކުން ކަނޑައަޅައިފިކަން ރަސްމީކޮށް އެފަރާތަކަށް ބޭންކުން އެންގުމުގެ ކުރިން ނީލަން ބާޠިލުކުރުމުގެ އިޚްތިޔާރު ބޭންކް އޮފް މޯލްޑިވްސް ޕލކ އަށް ލިބިގެންވާކަމުގައި ދެންނެވީމެވެ.

އަގު ހުށަހެޅުން:

ހުށަހަޅަންޖެހޭ ގޮތް: ތިރީގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކާއެކު ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ހެނދުނު 09:00 އާއި މެންދުރުފަހު 01:30 އާއި ދެމެދު މިބޭންކުގެ ސީޓްރެކްސް ބިލްޑިންގް 07 ވަނަ ފަންގިފިލާގައި ހުންނަ ރިކަވަރީސް ޑިޕާޓްމަންޓަށް ހުށަހެޅުއްވުން އެދެމެވެ. އަދި ބަންދުކުރެވިފައިވާ ސިޓީ އުރައިގެ ބޭރުގައި "ނޭޒާ، ގދ. މާތޮޑާ ގަތުމަށް އެދި" މިހެން ލިޔެވިފައި އޮންނަންވާނެއެވެ.

އަމިއްލަ ފަރުދެއްނަމަ:

- ގުޅޭނެ ފޯނު ނަންބަރަކާއެކު، އަގު (ދިވެހި ރުފިޔާއިން) ސާފުކޮށް ބަޔާންކުރައްވާފައިވާ ސިޓީއެއް

-  ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

ކުންފުންޏެއްކަމަ:

- މި ނީލަމާ ގުޅިގެން ބޭންކާ މުޢާމަލާތް ކުރައްވާނެ ފަރާތަކާ ގުޅޭނެ ފޯނު ނަންބަރަކާއެކު، އަގު (ދިވެހި ރުފިޔާއިން) ސާފުކޮށް ބަޔާންކުރައްވާފައިވާ ސިޓީއެއް

- ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ

- މި ނީލަމާ ގުޅިގެން ބޭންކާ މުޢާމަލާތް ކުރައްވާނެ ފަރާތެއް އައްޔަންކުރައްވާފައިވާ ކުންފުނީގެ ޤަރާރު

އިތުރުމަޢުލޫމާތު ސާފުކުރެއްވުމަށް:ބޭންކް އޮފް މޯލްޑިވްސް ޕލކ ގެ ރިކަވަރީސް ޑިޕަރޓްމަންޓާއި (ފޯން ނަންބަރު: 3330187 / 3015385، އީމެއިލް:[email protected]) ގުޅުއްވުން އެދެމެވެ.

ޝަރުޠު: މަތީގައި ބަޔާންކުރެވިފައިވާ ނީލަމުގައި ބޭންކް އޮފް މޯލްޑިވްސް ޕލކ ގައި މަސައްކަތް ކުރައްވާ އެއްވެސް މުވައްޒަފަކަށް ނުވަތަ ބޭންކުގެ ބޯޑް ޑައިރެކްޓަރަކަށް، ނުވަތަ އެފަދަ އެއްވެސް ފަރާތެއްގެ އާއިލާގެ ބޭފުޅަކަށް (އާއިލާ މާނަކުރުމުގައި މައިންބަފައިން، ދަރިން، ފިރިން/އަނބިން، އެއްބަނޑު/ އެއްބަފާ ބޭފުޅުން، ހިމެނޭ ގޮތަށް) ނުވަތަ އެފަދަ ފަރާތެއް ހިއްސާދާރެއްގެ ގޮތުގައި ނުވަތަ ޑިރެކްޓަރެއްގެ ގޮތުގައި ހިމެނޭ ޕްރައިވެޓް ކުންފުންޏަކުން ބައިވެރިއެއް ނުވެވޭނެއެވެ. ދެންނެވިފައިވާ ބޭފުޅުން ފިޔަވައި އެންމެހާ ފަރުދުންނަށް އަދި ކުންފުނިތަކަށް މިނީލަމުގައި ބައިވެރިވެވޭނެއެވެ.

22 ޑިސެންބަރު 2013
ހޯދާ