ފ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
އެކްޓިވިޓީ ޔުނީފޯރމް

 

 

ފ. އަތޮޅު ތަޢުލީމީ މަރުކަޒު                        Faafu Atoll Education Center  

 Nilandhoo                                                                      ނިލަންދޫ

 Rep of Maldives                                                               ދިވެހިރާއްޖެ

 
   

 

 

                        ނަންބަރ: IUL)GS-37-B/GS-37/2018/25) 

އިޢްލާން

އަންދާސީ ހިސާބު ހުށަހެޅުމުގެ ދައުވަތު

މި މަރުކަޒުންދޭ ނަމޫނާއާއި އެއްގޮތަށް މި މަރުކަޒުގެ ދަރިވަރުން ބޭނުންކުރުމަށް އެކްޓިވިޓީ ޔުނީފޯރމް ހޯދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް އެދޭފަރާތްތަކުން ތިރީގައިވާ ތާރީޚަށް މިސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށައަޅަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަންދާސީހިސާބު ބަލައިގަތުމާއި ކެޑުން އޮންނާނީ ކަޑައެޅިފައިވާ ތާރީޚުގައި އަންދާސީ ހިސާބުހުށަހަޅުއްވާ ފަރާތްތަކުގެ ޙާޟިރުގައެވެ.

މަޢުލޫމާތު ސާފުކުރުމާއި، އަންދާސީ ހިސާބު ހުށަހެޅުން.

އާ އޮފީސް ޢިމާރާތުގެ މީޓިންގ ރޫމުގައި

މައުލޫމާތު ސާފުކުރެއްވުން.

13 ސެޕްޓެމްބަރ ވާ ބުރާސްފަތި ދުވަހުގެ 10.30 ގައި

އަންދާސީ ހިސާބުހުށަހެޅުމާއި،އަންދާސީހިސާބު ކެޑުން.

25 ސެޕްޓެމްބަރ ވާ އަންގާރަ ދުވަހުގެ 10.30 ގައި

 

 މަޢުލޫމާތު ސާފްކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބާއި، އަދި  ގަޑިޖެހިގެން ގެންނަ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެވާހަކަ ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

02 ސެޕްޓެމްބަރ 2018

 

 

02 ސެޕްޓެންބަރު 2018
ހޯދާ