އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައްޑޫ ސިޓީގެ މަރަދޫއަވަށު މަސްވެރިންގެ ހިޔާގެ 2ވަނަ ފޭސްގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އައްޑޫ ސިޓީގެ މަރަދޫއަވަށު މަސްވެރިންގެ ހިޔާގެ 2ވަނަ ފޭސްގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށްއެދި ބިޑް ހުށަހެޅުއްވުންއެދެމެވެ. ބިޑް ވިއްކުން އޮންނާނީ 2018 ސެޕްޓެމްބަރ 03 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00ން ފެށިގެން 2018 ސެޕްޓެމްބަރ 05 ވާ ބުދަ ދުވަހުގެ މެންދުރު 12:00އާއި ހަމަޔަށް އައްޑޫސިޓީ ކައުންސިލްގެ އިދާރާއިންނެވެ. ބިޑް ޑޮކިއުމެންޓެއްގެ އަގަކީ 300.00ރ (ތިންސަތޭކަ ރުފިޔާ)އެވެ.

ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 2018 ސެޕްޓެމްބަރ 10 ވާ ހޯމަ ދުވަހުގެ 11:00ގައި ކައުންސިލްގެ އިދާރާގެ ހޯލްގައެވެ.

ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 2018 ސެޕްޓެމްބަރ 03 ވާ ހޯމަ ދުވަހުން ފެށިގެން 2018 ސެޕްޓެމްބަރ 09 ވާ އާދީއްތަ ދުވަހުގެ 12:00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު، 2018 ސެޕްޓެމްބަރ 10 ވާ ހޯމަ  ދުވަހުގެ 14:00 ގެ ކުރިން، ބިޑް ބައްލަވައިގެންނެވި ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ.

އީމެއިލް:  [email protected]   

ކޮޕީ :  [email protected]

30 އޯގަސްޓް 2018

 

30 އޮގަސްޓް 2018
ހޯދާ