މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ސަފާރީއެއް ކުއްޔަށް ހިފުމަށް

މެރިން ރިސާރޗް ސެންޓަރުގެ ފަރާތުން، ރާއްޖޭގައި ފާނަ މަސްވެރިކަން ކުރުމާއި އެކްސްޕޯޓް ކުރުމުގެ ގަވާއިދުގެ ދަށުން ޙިމާއަތް ކުރެވިފައިވާ ސަރަޙައްދެއް ކަމަށްވާ ޅ. އަލިގާ ކަނޑުއޮޅީގައި ސާރވޭތަކެއް ކުރުމަށްޓަކައި ސަފާރީއެއް ކުއްޔަށް ހިފުމަށް ކުރެވުނު ނަމްބަރ (IUL)30-C/30/2018/109   އިއުލާނާއި ގުޅިގެން އެކަށީގެންވާ އަދަދަށް އަންދާސީ ހިސާބު ލިބިފައިނުވާތީ މިއިއުލާން ބާތިލްކޮށް އަލުން މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ.

މި ސާރވޭ ކުރުމަށް ރޭވިފައިވަނީ 6 އޮކްޓޯބަރ 2018 އިން 12 އޮކްޓޯބަރ 2018 ގައެވެ. ދަތުރުގެ މުއްދަތަކީ މުޅިއަކު 7 ދުވަހެވެ.

ކުއްޔަށް ހިފުމަށް ބޭނުންވާ ސަފާރީގައި ހުންނަން ޖެހޭނޭ ޝަރުތުތަކާއި އިތުރު މަޢުލޫމާތު:

  • ސަފާރީގައި 06 މުވައްޒަފުންގެ ހުރުމާއި، ކެއުމުގެ އިންތިޒާމް ހަމަޖައްސައިދޭންވާނެއެވެ.
  • މިމަސައްކަތް ކުރުމަށް ސެންޓަރުގެ ފަރާތުން ގެންދެވޭ ޑައިވް އިކުއިޕްމަންޓްތައް އަދި ޑައިވް ފުޅިތަކަށް ވައިއެޅުމަށް ބޭނުންކުރެވޭ ކޮމްޕްރެސަރ އޮޑިޔަށް އަރުވާ ބެހެއްޓޭނޭ ގޮތް ހަދާދޭންވާނެއެވެ. މީގެ އިތުރުން ޑައިވް ފުޅިތަކަށް ވައިއެޅުމުގައި އެހިތެރިކަން ފޯރުކޮށްދޭންވާނެއެވެ.
  • ދަތުރުގެ މައިގަނޑު މަސައްކަތްތައް ކުރިޔަށް ގެންދެވޭނީ އަލިގާ ކަނޑުއޮޅި ސަރަޙައްދުގައެވެ.
  • މިސާރވޭތަކުގައި ކުރާނޭ މައިގަނޑު މަސައްކަތަކީ، އަލިގާ ކަނޑުއޮޅީގައި ފާނަ ޖަމާވާ ސަރަޙައްދުތައް ހޯދުމުގެ އިތުރުން ބިސް ދޫކުރަން ޖަމާވާ ފާނައިގެ ބާވަތްތައް އުޅޭ މިންވަރު ދެނެގަތުމަށްޓަކައި މައުލޫމާތު އެއްކުރުމެވެ.
  • ސާރވޭ ކުރުމަށް ބޭނުންވާ އިކުއިޕްމަންޓްތައް ބަހައްޓާ، މަސައްކަތްކުރާނޭ ޖާގައެއް ސަފާރީގައި ހުންނަންވާނެއެވެ.
  • ޑައިވިންގް މަސައްކަތްތަކުގައި ބޭނުންކުރުމަށް ހެޔޮވަރު ސައިޒެއްގެ ޑިންގީއެއް އޮންނަންވާނެއެވެ.

 

 

އިވެލުއޭޓް ކުރުމުގައި ޕޮއިންޓްދޭނެ ގޮތް

  • އަގަށް 100 ޕޮއިންޓް (ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު × 100 )

 

އަންދާސީ ހިސާބާއެކީ ހުށަހަޅަންޖެހޭ ލިޔުންތައް

ހ. ކުންފުންޏެއް، ޕަރޓްނަރޝިޕެއް ނުވަތަ ލޯކަލް އިންވެސްޓްމަންޓެއްގެ ނަމުގައި މަސައްކަތަށް ކުރިމަތިލާނަމަ، ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަމިއްލަ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅާނަމަ ހުށަހަޅާ ފަރާތުގެ މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީއެއް ހުށަހަޅަން ވާނެއެވެ.

ށ. ހުށަހަޅާ ފަރާތާ ބެހޭ ޕްރޮފައިލް.

ނ. ޖީ.އެސް.ޓީއަށް ރަޖިސްޓްރީ ކުރަންޖެހޭ ފަރާތްތަކުން އެފަރާތަށް މީރާއިން ދޫކޮށްފައިވާ ޖީއެސްޓީ ރެޖިސްޓްރޭޝަން ކޮޕީ ހުށަހަޅަން ވާނެވެ. (މަސައްކަތް އެވޯޑް ކުރެވޭ ފަރާތުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއްވާނަމަ، އެ ފައިސާއެއް ދައްކައި ހަލާސްކޮށްފައިވާކަން މިނިސްޓްރީން ކަށަވަރު ކުރާނެއެވެ)

ރ. ސަފާރީގެ ފޮޓޯ

ރ. އިމާރާތްކުރުން ނުވަތަ މަރާމާތު ކުރުން ފަދަ މަސައްކަތެއް ކުރުމަށް ބިޑު ހުށަހަޅާނަމަ، މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގައި ރަޖިސްޓްރީ ކުރިކަމުގެ ލިޔުން.

ބ. އަންދާސީ ހިސާބު ހުށައަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ބޭރުގައި ހުށައެޅި ފަރާތާއި އަންދާސީ ހިސާބު ހުށައެޅިފައިވާ މަސައްކަތް އިނގޭނޭ ގޮތަށެވެ.

 

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 06 ސެޕްޓެމްބަރ 2018 ވާ ބުރާސްފަތި ދުވަހުގެ 12:00 އަށް  މިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. އަދި މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 11 ސެޕްޓެމްބަރ 2018 ވާ އަންގާރަ ދުވަހުގެ 12:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިމިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3339239 އަދި 3322242 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

 

30 އޮގަސްޓް 2018
ހޯދާ