ދިވެހިރާއްޖެ
މުށި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ
މިރަށު މަސްޖިދުލް ހުދާ މަރާތުކުރުމަށް ބޭނުންވާ ތަށިމުށި (ޓައިލްސް) އަމިއްލަ ޚަރަދުގައި ގަނެ މިރަށުގެ ޖެޓީއާއި ހަމައަށް ގެނެސްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި އިދާރާގެ ނަމްބަރު (IUL)456-ESMS/456/2018/41 (13 އޮގަސްޓް 2018) އަށް އެއްވެސް ފަރާތަކުން އިޖާބަދީފައިނުވުމުން އެ ޢިއުލާން ބާތިލްކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ. ގަންނަން ބޭނުންވާ މުށީގެ ތަފްޞީލް ތިރީގައި އެވަނީއެވެ.
އަދަދު |
ތަފްސީލް |
2647 |
"12×"12 ތަޅުމުގެ މުށި (ހުދުކުލަ) |
500 |
"12×"12 ތަޅުމުގެ މުށި (ކަޅުކުލަ) |
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 04 ސެޕްޓެމްބަރ 2018 ވާ އަންގާރަ ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިއިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ.
އިވެލުއޭޓް ކުރުމުގައި ޕޮއިންޓްދޭނެ ގޮތް
- އަގަށް 100 ޕޮއިންޓް (ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު 0)
އަންދާސީ ހިސާބާއެކީ ހުށަހަޅަންޖެހޭ ލިޔުންތައް
ހ. ކުންފުންޏެއް، ޕަރޓްނަރޝިޕެއް ނުވަތަ ލޯކަލް އިންވެސްޓްމަންޓެއްގެ ނަމުގައި މަސައްކަތަށް ކުރިމަތިލާނަމަ، ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަމިއްލަ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅާނަމަ ހުށަހަޅާ ފަރާތުގެ މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީއެއް ހުށަހަޅަން ވާނެއެވެ.
ށ. އަންދާސީ ހިސާބު ހުށައަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ބޭރުގައި ހުށައެޅި ފަރާތާއި އަންދާސީ ހިސާބު ހުށައެޅިފައިވާ މަސައްކަތް އިނގޭނޭ ގޮތަށެވެ.
މި އިއުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ރަސްމީ ގަޑީގައި މިއިދާރާގެ ނަމްބަރ 6800730 / 9655050 ފޯނާ ގުޅުއްވުން އެދެމެވެ.
18 ޛުލްޙިއްޖާ 1439
29 އޮގަސްޓް 2018