މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ވީޑއޯ ކްލިޕްތަކެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން

މިމިނިސްޓްރީގެ ބޭނުމަށް ތިރީގައި ތަފްސީލް ދެވިފައިވާ ގޮތަށް ދަނޑުވެރިކަމާއި ގުޅޭ ވީޑއޯ ކްލިޕްތަކެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު (IUL)30-C/30/2018/107 އިއުލާނާއި ގުޅިގެން އަންދާސީ ހިސާބު ބަލައިގަތުމުގައި މައްސަލަތަކެއް ދިމާވެފައިވާތީ މިއިއުލާން ބާތިލްކޮށް އަލުން މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ.

ވީޑިއޯ ކްލިޕް ތައްޔާރު ކުރުން

ރާއްޖޭގައި އާންމުކޮށް ހައްދަމުން ގެންދާ ދަނޑުވެރިކަމުގެ ތަފާތު ބާވަތްތައް އިންދާ ހައްދާނެ ގޮތާއި ދިމާވާ މައްސަލަތަކަށް އަމާޒުކޮށްގެން މި މިނިސްޓްރީން ތައްޔާރުކޮށްފައިވާ ސްކްރިޕްޓާއި އެއްގޮތަށް 06 ވީޑިއޯ ކްލިޕް ތައްޔާރުކުރަން ބޭނުންވެއެވެ. ވީޑިއޯ ކްލިޕްތަކުގެ މައުލޫމާތު ތިރީގައި މިވަނީއެވެ.

ނަންބަރު

ވީޑިއޯ ކްލިޕް

ދިގުމިން

1

ކެބެޖް އިންދާ ހެއްދުން

12 މިނެޓް

2

ކެބެޖް ހެއްދުމުގައި ދިމާވާ މައްސަލަތައް

12 މިނެޓް

3

ފަތްކެޔޮ އިންދާ ހެއްދުން

12 މިނެޓް

4

ފަތްކެޔޮ އިންދާ ހެއްދުމުގައި ދިމާވާ މައްސަލަތައް

12 މިނެޓް

5

ހައިޑްރޮޕޯނިކްސްގައި ގަސް ހެއްދުން

12 މިނެޓް

6

ހައިޑްރޮޕޯނިކްސް މީޑިއާ ސިސްޓަމްގައި ގަސް އިންދާ ހައްދާނެ ގޮތް

12 މިނެޓް

 

  1. 1.      ވީޑިއޯ ތައްޔާރުކޮށްދޭ ފަރާތަށް މިނިސްޓްރީން ފޯރުކޮށްދޭނެ އެހީތެރިކަން
  • މަސައްކަތް ހަވާލު ކުރާއިރު ވީޑިއޯ ކްލިޕްތަކަށް ބޭނުންވާނެ ސްކްރިޕްޓްތައް ތައްޔާރުކޮށް މަސައްކަތާ ޙަވާލުވާ ފަރާތާއި ޙަވާލުކުރެވޭނެއެވެ.
  • ވީޑިއޯ ކްލިޕްތައް ތައްޔާރު ކުރުމަށް ނަގަންޖެހޭ ވީޑިއޯތައް ނެގުމަށް ކުރަންޖެހޭ ދަތުރުތަކަށް ކެމެރާ ކުރައްވާ ފަރާތުގެ (01 ބޭފުޅެއްގެ) ދަތުރު، ހުރުމާއި ކެއުމުގެ ޚަރަދުތައް ބަލަހައްޓާނީ މިމިނިސްޓްރީންނެވެ. ކޮންމެ ސައިޓަކަށްވެސް ކުރެވޭނީ 01 ދަތުރެވެ. ކްލިޕްތައް ތައްޔާރު ކުރުމަށް ބޭނުންވާނެ ހުރިހާ ވީޑިއޯއާއި ފޮޓޯތައް އެދަތުރެއްގައި ނަގާ ނިންމަންވާނެއެވެ. ދަތުރުތަކުގެ ޝެޑިއުލް ތައްޔާރު ކުރާނީ މިނިސްޓްރީންނެވެ. މަސައްކަތާއި ޙަވާލުވާ ފަރާތަކީ މިނިސްޓްރީގެ ޝެޑިއުލާ އެއްގޮތަށް ދަތުރުކުރުމަށް އުޒުރުވެރިވާ ފަރާތަކަށް ވެގެން ނުވާނެއެވެ.

 

 

 

  1. 2.      މަސައްކަތާއި ޙަވާލުވާ ފަރާތުން ކުރަންޖެހޭ މަސައްކަތްތައް
  • ކްލިޕްތަކަށް ބޭނުންވާ ހައިކޮލިޓީ ވީޑިއޯ އަދި ފޮޓޯ ނަގައިދިނުން.
  • ވީޑިއޯ އެޑިޓް ކޮށްދިނުން (ބޭނުންވާ އިފެކްޓްސްތައް ވީޑިއޯއަށް ލައިދިނުން / ކްރޮޕް ކުރުން)
  • ވީޑިއޯ ކޮމްޕޯސްކޮށްދިނުން
  • ސައުންޑް އަދި ބެކްގްރައުންޑް މިއުޒިކް ވީޑިއޯއަށް ޑަބް ކޮށްދިނުން.
  • ވީޑިއޯ ކްލިޕްތަކަށް ބޭނުންވާ ކުދި އެނިމޭޝަންތައް ތައްޔާރު ކޮށްދިނުން.
  • ވީޑިއޯ ތައްޔާރު ކުރުމަށް ނަގާ ހުރިހާ ވީޑިއޯ ކްލިޕްތަކެއް މިނިސްޓްރީއިން ބޭނުންވާ ފޯމެޓެއްގައި ފޯރުކޮށްދިނުން.
  • ފައިނަލް ކްލިޕް ތައްޔާރު ކޮށްދީ މިނިސްޓްރީން ބޭނުންވާ ފޯމެޓުތަކުގައި ސީޑީ / ޕެންޑްރައިވް ނުވަތަ އެހެންވެސް އެކްސްޓާނަލް ޑްރައިވްއެއްގައި މިނިސްޓްރީ އަށް ފޯރުކޮށްދިނުން.
  • ވީޑިއޯ ކްލިޕް ތައްޔާރު ކުރުމަށް ނަގާ ހުރިހާ ފޮޓޯއެއް މިނިސްޓްރީން ބޭނުންވާ ފޯމެޓުގައި ފޯރުކޮށްދިނުން.

 

  1. 3.      އިވެލުއޭޓް ކުރުމުގައި ޕޮއިންޓްދޭނެ ގޮތް
  • އަގަށް 50 ޕޮއިންޓް
  • މުއްދަތު 30 ޕޮއިންޓް
  • ތަޖުރިބާ 20 ޕޮއިންޓް

 

  1. 4.      ޕޮއިންޓް ދިނުމުގައި ބެލެވޭ  ކަންތައްތައް  
  • އަގު: އަގު ހުށަހަޅަންޖެހޭނީ މިމަސައްކަތް ކޮށްދޭނެ ޖުމްލަ އަގު
  • ތަޖްރިބާ: މީގެކުރިން މިފަދަ މަސައްކަތް ކުރެވުނު ތަންތަނުގެ ތަފްޞީލް (އެއިދާރާއަކުން ދެއްވާފައިވާ މަސައްކަތް ފުރިހަމަކޮށްފައިވާ ކަމުގެ ލިޔުމުގެ ކޮޕީ)
  • މަސައްކަތް ނިންމުމަށް ހުށައަޅާފައިވާ މުއްދަތު

 

  1. 5.      އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ގޮތް
  • ވީޑިއޯ ކްލިޕް ތައްޔާރުކޮށްދިނުމަށް އެދި ހުށަހަޅާ ފޯމް (މައުލޫމާތު ޝީޓާއި އެޓޭޗްކޮއްފައިވާ)
  • ކުންފުންޏެއް ނުވަތަ ލޯކަލް އިންވެސްޓްމަންޓެއްގެ ނަމުގައި މަސައްކަތަށް ކުރިމަތިލާނަމަ، ކުންފުނީގެ ނުވަތަ އެއިންވެސްޓްމަންޓުގެ ރަޖިސްޓްރީގެ ކޮޕީ އެއް ހުށަހަޅަންޖެހޭނެއެވެ. މީގެ އިތުރުން ކޮމްޕެނީގެ ޕްރޮފައިލް (އިކުއިޕްމަންޓާއި އެހެނިހެން ވަޞީލަތްތައް އަދި މުވައްޒަފުންނާއި ހިންގުމުގެ ފެންވަރު އެނގޭނެހެން) ހުށަހަޅުއްވަންވާނެއެވެ.
  • ·         އަންދާސީ ހިސާބު ހުށަހަޅާ ފަރާތުން ކުރަމުންދާ މިބާވަތުގެ މަސައްކަތާއި / ކޮށްނިމިފައިވާ މަސައްކަތްތައް މަސައްކަތުގެ ކުޑަބޮޑުމިން އިނގޭނޭގޮތަށް ދައުލަތުގެ މުއައްސަސާތަކުން ނުވަތަ ދައުލަތުގެ ހިއްސާ އޮންނަ ކުންފުނިތަކުން ދީފައިވާ ލިއުން.
  • ·         އަންދާސީ ހިސާބު ހުށައަޅުއްވަން ވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ބޭރުގައި ހުށައެޅި ފަރާތާއި އަންދާސީ ހިސާބު ހުށައެޅިފައިވާ މަސައްކަތް އިނގޭނޭގޮތަށެވެ.

 

 

  1. 6.      އަންދާސީ ހިސާބު ބާތިލުކުރުން
  • މިކަމަށް މަދުވެގެން 3 ފަރާތުން އަންދާސީ ހިސާބު ހުށަނާޅަނަމަ، އަންދާސީ ހިސާބުތައް ބާތިލްކޮށް 2 ވަނަ ފަހަރަށް އިޢުލާން ކުރެވޭނެއެވެ. އަދި 2 ވަނަ ފަހަރު އިޢުލާން ކުރުމުންވެސް 3 ފަރާތަކުން އަގު ހުށަހަޅާފައިނުވާނަމަ، މާލިއްޔަތު ގަވާއިދުގެ 8.32 ގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތަށް  މިމަސައްކަތް ހަވާލު ކުރެވިދާނެއެވެ.
  • އަންދާސީ ހިސާބު ހުށަހެޅުމަށްފަހު އަންދާސީ ހިސާބުގެ އަގުތަކަކަށް ބަދަލެއް ނުގެނެވޭނެއެވެ.
  • އަންދާސީ ހިސާބު ތައް އިވެލުއޭޓް ކުރުމަށްފަހު ހޮވުނު އަންދާސީ ހިސާބެއް ހުށަހެޅިފަރާތަކަށް އެކަން ލިޔުމަކުން އެންގޭނެއެވެ.
  • އަންދާސީ ހިސާބު ހުށަހެޅުމަށްފަހު އެމަސައްކަތަކަށް ހޮވުނު ފަރާތަށް ލިޔުމަކުން އެކަން އެންގުމަށްފަހު އެމަސައްކަތަކުން ވަކިވެއްޖެނަމަ، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ކުރުވާ އެއްވެސް މަސައްކަތެއްގައި 1 އަހަރު ދުވަހުގެ މުއްދަތަށް އަންދާސީ ހިސާބު ހުށަހެޅުމަށް ބައިވެރިއެއް ނުކުރެވޭނެއެވެ.
  • އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަސައްކަތަށް ނުހޮވޭ ފަރާތްތަކުން ޕޮއިންޓް ދިން އުސޫލު ބަލަން ބޭނުންނަމަ، އަންދާސީ ހިސާބު ހުށަހެޅި ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި މި މިނިސްޓްރީއަށް ލިޔުމަކުން ހުށަހެޅުމުން ޕޮއިންޓް ލިބުނުގޮތް ލިބޭނެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 06  ސެޕްޓެމްބަރ 2018 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މި މިނިސްޓްރީއަށް (ވެލާނާގޭ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 11 ސެޕްޓެމްބަރ 2018  ވާ   ދުވަހުގެ 10:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން މި މިނިސްޓްރީއަށް (ވެލާނާގޭ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3339264، 3339211 އަދި 3339279 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

30 އޮގަސްޓް 2018
ހޯދާ