ދިވެހިރާއްޖެ
ފާދިއްޕޮޅު ވިނަވި ސްކީމް (މަތީ ތަޢުލީމުގެ އެހީގެ ފުރުޞަތު) |
|
މިއިއުލާން އަކީ 20 މެއި 2018 ގައި ކުރެވިފައިވާ މިއިދާރާގެ ނަމްބަރު (IUL)231-ED/231/2018/30 އިއުލާން އާއި ގުޅިގެން އެކަށީގެންވާ މިންވަރަކަށް އެޕްލިކޭޝަން ލިބިފައި ނުވާތީއާއި، ވީހާވެސް ގިނަ ދަރިވަރުންތަކަކަށް ފާދިއްޕޮޅު ވިނަވި ސްކީމް މެދުވެރިކޮށް މަތީ ތައުލީމު ޙާޞިލްކުރުމަށް ފުރުޞަތު ހުޅުވާލުމަށްޓަކައި ކުރެވޭ އިއުލާންއެކެވެ. ފާދިއްޕޮޅު ވިނަވި ސްކީމްއިން މަތީ ތައުލީމު ޙާޞިލްކުރުމަށްޓަކައި އެޕްލިކޭޝަން ފޯމް ހުށަހެޅުމުގެ މުއްދަތު 31 ޑިސެމްބަރ 2018 ނިޔަލަށް ހުޅުވާލެވިފައިވާނެއެވެ. މަތީތަޢުލީމް ޙާޞިލްކުރުމަށް ދިނުމަށް 2018 ވަނަ އަހަރު ޅ. އަތޮޅު ކައުންސިލްގެ ބަޖެޓްގައި ކަނޑައަޅާފައިވާ 2,410045.00 ރުފިޔާ ހުސްވަންދެން އެހީ ދޫކުރެވޭނެއެވެ. |
އެހީގެ އަދަދު: |
ރާއްޖޭގައި ޑިޕްލޮމާއިން ފެށިގެން މާސްޓަރސް އާއި ހަމައަށް ތަޢުލީމު ޙާޞިލްކުރުމަށް ދެވޭ މާލީ އެހީ |
އެހީގެ ބާވަތް: |
މިސްކީމްގެ ދަށުން އަނބުރާ ދައްކާގޮތަށް ފައިސާގެ އެހީ ދޫކުރެވޭނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ޤަބޫލްކުރާ ކޮލެޖް، ޔުނިވަރސިޓީ/ އިންސްޓިޓިއުޝަންތަކުން ތައުލީމު ހާޞިލްކުރުމަށް މިކައުންސިލުން ކަނޑައަޅާފައިވާ ދާއިރާއަކުން ކޯހެއް ފުރިހަމަކުރުމަށް ހުށަހަޅާ ފަރާތްތަކަށެވެ. މިސްކީމްގެ ދަށުން އަނބުރާ ދައްކާގޮތަށް ފައިސާގެ އެހީ ދޫކުރެވޭ ދާއިރާތަށް ފާދިއްޕޮޅު ވިނަވި ސްކީމް އުސޫލުގެ އެނެކްސް 3 ގައި ވާނެއެވެ. |
ދާއިރާ: |
މިސްކީމުން މާލީއެހީ ދެވޭނީ ތިރީގައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ.
|
ޝަރުޠުތައް: |
|
އިތުރު މަޢުލޫމާތު |
|
ހުށަހަޅަންޖެހޭ ތަކެތި |
އެޕްލިކޭޝަންފޯމު 30 އޯގަސްޓް 2018 އިން ފެށިގެން 31 ޑިސެމްބަރ 2018 ގެ ނިޔަލަށް މިކައުންސިލްގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. މިކައުންސިލްގެ ވެބްސައިޓަކީ www.lhaviyani.gov.mv އެވެ. މިސްކީމާއެކު އަޕްލޯޑް ކުރެވިފައިވާ ލިޔުންތަކަކީ: އެޕްލިކޭޝަން ފޯމް ފާދިއްޕޮޅު ވިނަވި ސްކީމްގެ އުޞޫލް (އަލަށް ކިޔަވަންފަށާ އަދި މިހާރު ކިޔަވަމުންދާ ދަރިވަރުން) އަދި އުޞޫލުގެ އެނެކްސްތައް. އެނެކްސް 1 – ދޫކުރަން ހަމަޖެހިފައިވާ އެހީގެ ޢަދަދު އެނެކްސް 2 – އެންޓްރީ ކްރައިޓީރިއާ ފޯރ އެމް.އެން.ކިއު.އެފް ކޮލިފިކޭޝަން އެނެކްސް 3 – ސްކިލް ޝޯރޓޭޖް ލިސްޓް އެނެކްސް 4A – ސަރުކާރު މެދުވެރިވެގެން ނުވަތަ ފާދިއްޕޮޅު އަތޮޅު ކައުންސިލުން މީގެ ކުރިން މާލީ އެހީ ލިބިފައިވާ މިންވަރު ބަލައި އަނބުރާ ދައްކާގޮތަށް މާލީ އެހީ ދިނުމުގައި އިސްކަންދޭނެ ތަރުތީބު އެނެކްސް 4B – ނާސިންގ އަދި މެޑިސިން ދާއިރާ ފިޔަވާ އެހެނިހެން ދާއިރާތަކަށް 4A ގައިވާ މާލީއެހީއަށް ބެލުމަށްފަހު ތަޢުލީމީ ފެންވަރަށް ބަލައި މާލީ އެހީ ދިނުމުގައި އިސްކަންދެވޭނެ ތަރުތީބު އެނެކްސް 4C – ނަރސިންގ ގެ ދާއިރާއިން މާލީ އެހީ ދިނުމުގައި 4A ގައިވާ މާލީއެހީއަށް ބެލުމަށްފަހު ތަޢުލީމީ ފެންވަރަށް ބަލައި މާލީ އެހީ ދިނުމުގައި އިސްކަންދެވޭނެ ތަރުތީބު އެނެކްސް 5 – އެކަޑަމިކު ޕޮއިންޓު ދިނުމުގައި ބަލާނެ މިންގަނޑު އެނެކްސް 6 - އެހީގެ ފައިސާ އަނބުރާ ދައްކަންޖެހޭ ޢަދަދު |
އެޕްލިކޭޝަންފޯމް ދޫކުރުން |
|
ސުންގަޑި |
އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6620331 ނުވަތަ 6620261 ފޯން ނަންބަރަށެވެ. |
އިތުރު މައުލޫމާތު |