ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު |
|
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ |
|
މަޤާމް: |
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ |
މަޤާމުގެ ނަންބަރ: |
J-222596 |
މަޤާމުގެ ގިންތި: |
ދާއިމީ |
ރޭންކް: |
އެމް.އެސް 2 |
މަޤާމްގެ ކްލެސިފިކޭޝަން: |
ސީނިއަރ އޮފިސަރ ގްރޭޑް 2 |
މަސައްކަތް ކުރަންޖެހޭ ތަން |
ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ |
ސެކްޝަން: |
ކޯޕަރޭޓް އެފެއާޒް |
މުސާރަ: |
-/6295 ރުފިޔާ |
ސާރވިސް އެލަވަންސް: |
-/2000 ރުފިޔާ |
ސަޕޯޓިން ކޯ އެލަވަންސް: |
-/900 ރުފިޔާ |
އެހެނިހެން އެލަވަންސް: |
އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ރަމަޟާންމަހުގެ މުނާސަބަތުގައި ދޭ ޚާއްޞަ އެލަވަންސްގެ ފައިސާ |
ބޭނުންވާ ޢަދަދު: |
01 (އެކެއް) |
އަސާސީ ޝަރުތު: 1- ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމެންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.
|
|
މަޤާމުގެ މަސްޢޫލިއްޔަތު: - ސެކްޝަނަށް ހުށަހެޅޭ ސިޓީ، މެސެޖްފަދަ ތަކެތި ބަލައިގަތުމާއި، ސެކްޝަނުގެ އެންޓްރީ ބެލެހެއްޓުން. - ސެކްޝަނުން ދެމުންދާ ޚިދުމަތަކާއި ގުޅިގެން ހަދަންޖެހޭ އެންމެހާ ޤަވާޢިދުތައް ޒިންމާދާރު ވެރިޔާގެ ލަފާގެ މަތިން ހަދާ ކައުންސިލަށް ހުށައެޅުން. - މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން އޮފީހުން އާންމުންކުރަންޖެހޭ މަޢުލޫމާތުތައް ތައްޔާރުކުރުމާއި އާންމުކުރުން. - އިޖުތިމާޢީ ރައްކާތެރިކަމުގެ ޤާނޫނާއި ދަށުން ކައުންސިލް އިދާރާއަށް ހުށަހަޅާ، މުސްކުޅިންނާއި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް އެހީތެރިވެދިނުމާއި އެފަދަ މީހުންގެ ކަންތައް ދައުލަތުގެ ކަމާއިބެހޭ އިދާރާތަކަށް ހުށަހަޅައި އެކަންތައްތައް ރާވައި ހިންގައި ބެލެހެއްޓުން. - ދިމާވާ ކުއްލި ނުރައްކަލުގެ ހާލަތްތަކުގަ އާއި ކާރިޘާތަކުގައި އެހީތެރިކަން ފޯރުކޮށްދޭވޭނެ ނިޒާމެއް ގާއިމް ކުރުމުގެ މަސައްކަތާއި އެފަދަ ހާލަތްތަކުގައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުން. - ސެކްޝަނުގެ އެހެން މުވައްޒަފަކު ޗުއްޓީގައި ނުވަތަ ސަލާމުގައި ހުންނަ ދުވަސް ތަކުގައި އެމުވަޒަފަކު ކުރަމުންގެންދިޔަ މަސައްކަތް ވަގުތީ ގޮތުން ޙަވާލު ކޮށްފި ހިނދެއްގައި އެމަސައްކަތް ތައް ކުރުން. - އިދާރާގައި ކޮރަޕްޝަން މަގުފަހިނުވާ ނޭގޮތެއްގެ މަތިން މަސައްކަތްތައް ކުރިޔަށް ގެންދިއުން - ސަރުކާރުގެ ނުވަތަ ބޭރުގެ ނުވަތަ ރާއްޖޭގެ ޖަމްޢިއްޔާތަކާއި ކުންފުނިތަކުގެ ބޭނުންތަކުގައި ޒިޔާރަތްކުރާ ފަރާތްތަކުން ބޭނުންވާ އެހީތެރިކަން ފޯރުކޮއްދިނުން - ފަޤީރުންނާއި މިސްކީނުންގެ ނަންނޯޓްކުރުމާއި ލިސްޓް އިޢުލާނު ކުރުން އަދި ފަޤީރުންގެ ލިސްޓް ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކަށް ފޮނުވުން. - ރަށު ކައުންސިލްގެ އިދާރާގެ ޤުރުއާން މުބާރާތް ބޭއްވުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް އިސްވެ ބެލެހެއްޓުން - ކައުންސިލް އިދާރާގެ ފަރާތުން ބައްވާ ދީނީ ދަރުސް ދިނުމުގެ ކަންތައްތައް ޒިންމާދާރުވެރިޔާގެ ލަފައިގެމަތިން އިންތިޒާމުކޮށް ކުރިޔަށް ގެންދިއުން - ކޮންމެ އަހަރެއްގެ ޖުލައިމަހުގެ 10 ވަނަ ދުވަހުގެ ކުރިން، އެއަހަރެއްގެ ފުރަތަމަ 6 (ހައެއް) މަސްދުވަހު ކައުންސިލުން ހިންގި ޙަރަކާތްތަކުގެ ތަފްޞީލް ރިޕޯރޓް ތައްޔާރުކޮށް ފޮނުވުން. - ކޮންމެ އަހަރެއްގެ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުގެ ކުރިން، ފާއިތުވި އަހަރު ކައުންސިލުން ހިންގި ޙަރަކާތްތަކުގެ ތަފްޞީލް ރިޕޯރޓް ތައްޔާރުކޮށް ފޮނުވުން. - އިސްވެ ދެންނެވި ހުރިހާ ކަންކަމާއި ގުޅޭ ގޮތުން ލިޔެ ތައްޔާރު ކުރަންޖެހޭ ސިޓީ ، މެސެޖް ، ރިޕޯޓްތައް ޒިންމާދާރުވެރިޔާގެ ލަފަޔާއި މަޝްވަރާގެ މަތިން ތައްޔާރުކޮށް ދައުލަތުގެ ކަމާއިބެހޭ އިދާރާތަކަށް ފޮނުވުން . - ކައުންސިލް އިދާރާގެ ރަސްމީ މަސައްކަތާއި ގުޅޭ ގޮތުން ޙަވާލު ކުރެވޭ އެންމެހާ މަސައްކަތްތައް ކުރުން. |
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް: 1- ލާމަރުކަޒީ ޤާނޫނާއި ޤަވާޢިދަށް އަހުލުވެރިވުން. 2- ސިވިލް ސަރވިސް ޤާނޫނަށާއި ސިވިލް ސަރވިސް ޤަވާއިދަށް އަހުލުވެރިވުން. 3- މާލިއްޔަތާބެހޭ ޤާނޫނާއި ޤަވާޢިދަށް އަހުލުވެރިވުން. 4- ދާއިރާއާގުޅޭ ސެޓްފިކެޓެއް ހާސިލްކޮށްފައިވުން. |
އިންޓަވިއު އަދި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް އިމްތިޙާނުކުރުން ބޭއްވުމަށް ކަނޑައަޅާފައިވާ މުއްދަތުތަކާއި އޮންނާނެތަން
މިމަޤާމަށް އިންޓަރވިއުކުރުމާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް އިމްތިޙާނުކުރުން ބޭއްވޭނީ 10 ސެޕްޓެމްބަރު 2018 އާއި 13 ސެޕްޓެމްބަރު 2018 ދެމެދުގެ ދުވަހެއްގައި ހެނދުނު 09:00ން ރޭގަނޑު 21:00އާއި ދެމެދުގެ ވަގުތެއްގައި ފާދިއްޕޮޅު ކުރެންދޫކައުންސިލްގެ އިދާރާގައެވެ.
- އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން: 09 ސެޕްޓެމްބަރު 2018ވާ (އާދީއްތަ) ދުވަހުގެ 14:00ގެ ކުރިން ފާދިއްޕޮޅު ކުރެންދޫކައުންސިލްގެ އިދާރާ އަށެވެ.
- ހުށަހަޅަންޖެހޭ ލިޔުންތައް:
1- ފުރިހަމަކޮށްފައިވާ އެޕްލިކެޝަން ފޯމް.
2- ސިވިލްސަރވިސް އަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއި މެދު އިޢުތިރާޒެއްނެތްކަމަށް، އެމުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ލިޔުމެއް.
3- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދަރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
4- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް
5- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީ.ވީ)
މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6620001 ފޯނާއެވެ. ފެކްސް ނަމްބަރަކީ 6620001އެކެވެ.
އީމެއިލް އެޑްރެހަކީ info@kurendhoo.gov.mv : އެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.