ދިވެހިރާއްޖެ
ނަންބަރު: (IUL)341-PL/341/2018/40
ތާރީޙް: 29 އޮގަސްޓް 2018
މުއްދަތު ހަމަވާ ތާރީޙް: 04 ސެޕްޓެންބަރ 2018
ގަރާޖް ހިންގުމުގެ މަސައްކަތް ކުރުމަށްޓަކައި ގާކޮށީގެ އުތުރުން 500 އަކަފޫޓްގެ ބިން ކުއްޔަށް ދޫކުރުމަށް ކައުންސިލްގެ (Y)U-4/2018/03-31 (09 އޮގަސްޓް 2018) ޖަލްސާއިން ވަނީ ނިންމާފައެވެ.
ވީމާ، މި މަސައްކަތް ކުރުމަށް ބިންކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކުން 04 ސެޕްޓެންބަރ 2018 އަންގާރަ ދުވަހުގެ 10:30 އަށް އުކުޅަހު ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 12 ސެޕްޓެންބަރ 2018 ވާ ބުދަ ދުވަހު 10:30 އަށް ކައުންސިލް އިދާރާއަށް ވަޑައިގެން ބިޑު ހުށަހެޅުއްވުން އެދެމެވެ.
މި އިޢުލާނާއި ގުޅިގެން ބިޑު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާ ފަރާތްތަކަށް ބިޑު ހުށަހަޅަން ވަޑައިގެންނެވެން ނެތްނަމަ އެފަރާތުގެ ސިޓީއަކާއިއެކު ބަދަލުގައި އެހެން ބޭފުޅަކަށް ބިޑު ހުށަހެޅިދާނެއެވެ. ބިޑު ކެނޑުން އޮންނާނީ ބިޑު ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައި ބިޑު ހުށަހަޅާ ވަގުތުގައެވެ.
ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.