ދިވެހިރާއްޖެ
`
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ހއ. އިހަވަންދޫ
ދިވެހިރާއްޖެ
ނަންބަރު:IUL-248-CAA/248/2018/65
އިޢުލާން
ގައު އެޅުމަށް ކުލީ ބިން ދޫކުރުން:
ގައު އެޅުމުގެ މަސައްކަތް ކުރުމަށް އައިސްޕްލާންޓުގެ ދެކުނުން ޒަމާނީ ހިނގުމާއި އެއްއިންވެގެން 1500 އަކަފޫޓުގެ 2 ކުލީބިން 2 އަހަރު ދުވަހުގެ މުއްދަތަށް ދޫކުރުމަށް ކުރި މިއިދާރާގެ ނަންބަރ (IUL)248-CAA/248/2018/62 ( 16 އޮގަސްޓް 2018 ) ގެ އިޢުލާނަށް އިޖާބަ ދީފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ، އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، ގައު އެޅުމަށް ކުލީބިން ބޭނުންވާ ފަރާތްތަކުން 02 ސެޕްޓެމްބަރ 2018 ވާ އާދީއްތަ ދުވަހުގެ 11.30 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު 05 ސެޕްޓެމްބަރ 2018 ވާ ބުދަ ދުވަހުގެ 11.30 އަށް ޕްރޮޕޯޒަލް ހުށައެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކޮށް ޕްރޮޕޯޒަލް ހުށަހެޅޭނީ، ކުންފުނި، ކޯޕަރޭޓިވް ސޮސައިޓީ، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް، ފަރުދީ ވިޔަފާރި ފަދަ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. އެފަދަ ފަރާތަކުން މަޢުލޫމާތު ސާފު ކުރެއްވުމަށާއި، ޕްރޮޕޯޒަލް ހުށެހެޅުއްވުމަށް ވަޑައިގަންނަވާއިރު، އެ ތަނެއްގެ ރަސްމީ ސިޓީއަކާއި، ލިބިފައިވާ ހުއްދަ ތަކުގެ ކޮޕީއަކާއި، އަދި އެތަނެއްގެ ރަޖިސްޓަރީގެ ކޮޕީއެއް ގެންނަން ވާނެއެވެ. ހަމަ އެހެންމެ އެފަދަ ފަރާތެއްގެ ބަދަލުގައި މީހަކު ފޮނުއްވާނަމަ އެތަނަކުން، ނުވަތަ އެފަރާތަކުން ފޮނުއްވި މީހެއްކަން އެނގޭ ގޮތަށް އެ ތަނެއްގެ ރަސްމީ ސިޓީއަކާއި، ލިބިފައިވާ ހުއްދަތަކުގެ ކޮޕީއާއި، އަދި އެ ތަނެއްގެ ރަޖިސްޓަރީ ކޮޕީއެއް ގެންނަން ވާނެއެވެ.
ޕްރޮޕޯޒަލް ހުށައަޅުއްވަން ވާނީ ސިޓީއުރައަށްލައި ބަންދުކޮށް ގައު އެޅުމަށް ކުލީބިން ހޯދުމުގެ ޕްރޮޕޯޒަލްކަން އެނގޭގޮތަށް ސިޓީއުރައިގެ ބޭރުގައި ލިއުއްވައިފައެވެ. މަޢުލޫމާތު ސާފު ނުކުރައްވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައެއް ނުގަނެވޭނެއެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.