ދިވެހިރާއްޖެ
ނަންބަރު: IS-B/IUL/2018/21
އިޢުލާން
މި ސްކޫލުގެ ދަރިވަރުންނަށް ދިނުމަށްޓަކައި 2250 ފުޅި (ރީފިލް ވޯޓަރ ބޮޓްލް) ސްކޫލުން ދައްކާ ނަމޫނާ އާ އެއްގޮތަށް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ މި މަސައްކަތް ކުރެއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން 06 ސެޕްޓެމްބަރ 2018 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިސްކޫލަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 17 ސެޕްޓެމްބަރ 2018 ވާ ހޯމަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މިކަމަށް ކުރިން ކުރެވުނު މިސްކޫލްގެ ނަންބަރު (IUL) IS-B/2018/07 (29އެޕްރީލް 2018) އިއުލާނާއި ގުޅިގެން މި މަސައްކަތްކުރުމަށް އަގުހުށައަޅުއްވި ފަރާތްތަކުގެ އަގު (އެއްމެ ފަރާތެއް ފިޔަވާ) އެކަށީގެން ވާ ވަރަށްވުރެ ބޮޑު ކަމަށް ފެންނާތީ، އެ އިއުލާނު ބާތިލްކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
17 ޛުލްޙިއްޖާ 1439
28 އޯގަސްޓް 2018