ދިވެހިރާއްޖެ
ސެކިޔުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުން
ވިޔަފާރި އުސޫލުން މިސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު ނަމްބަރ
GS-205/IUL/2018/28 އިއުލާނާއި ގުޅިގެން މައުލޫމާތު ސާފްކުރަން ހާޟިރުވީ އެންމެ ފަރާތަކުން ކަމުގައިވާތީ އިއުލާނު ބާތިލުކޮށް އަލުން
އިއުލާނު ކުރަމެއެވެ.
ވީމާ މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 10 ސެޕްޓެމްބަރ 2018 ވާ ހޯމަ ދުވަހުގެ ހެނދުނު
10:30 އަށް މިސްކޫލުގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު 20 ސެޕްޓެމްބަރ 2018 ވާ ބުރާސްފަތި ދުވަހު ހެދުނު 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މައުލޫމާތު ސާފްކުރުމުގެ ސެޝަނުގައި ބައިވެރި ނުވާ ފަރާތްތަކަށް އަންދާސީ ހިސާބް ހުށަހެޅުއްވުމުގެ ފުރުސަތެއް ނޯންނާނެ
ވާހަކަ ދަންނަވަމެވެ. މައުލޫމާތު ސެޝަނުގައި ބައިވެރިކުރުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ އެކަން ސިޓީއަކުން ސްކޫލަށް އަންގަންވާނެއެވެ. މައުލޫމާތު
ފުރިހަމަ ނުވާ އަންދާސީ ހިސާބް ތަކާއި ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބް ބާތިލް ކުރެވޭނެކަމުގައި ދަންނަވަމެވެ. އަދި
ކުންފުނިތަކާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިގެން ހިންގާ ވިޔަފާރިތައް ނޫން އަމިއްލަ ފަރުދުންނަށް
އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.