ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

މަޤާމް :

 އެސިސްޓެންޓް ކަސްޓަމަރ ސަރވިސް އޮފިސަރ        

މަޤާމް ނަންބަރު :

 J-296633   

ބޭނުންވާ ޢަދަދު:

 1   

މަޤާމުގެ ގިންތި:

 ދާއިމީ

މަޤާމުގެ ރޭންކް:

 ޖީ. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

 އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން / ވެލާނާގެ، 4 ވަނަ ފަންގިފިލާ / މާލެ.

 މުސާރަ:

 -/4465 ރުފިޔާ (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ)

 ސަރވިސް އެލަވަންސް:

 -/1500 ރުފިޔާ  (އެއްހާސް ފަސް ސަތޭކަ ރުފިޔާ)

 އެހެނިހެން އެލަވަންސް:

  1. ސަޕޯޓިންގ ކޯ އެލެވަންސް: -/700 ރުފިޔާ  (ހަތް ސަތޭކަ ރުފިޔާ)
  2. އެހެންވަޒީފާއެއް އަދާކުރުން މަނާކުރާތީ ދެވޭ އެލެވަންސް (އަސާސީ މުސައިރާގެ %35) 
  3. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  4. ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 1-   ކާޑު ހަދަން އަންނަ މީހުންނަށް މަޢުލޫމާތު ސާފުކޮށްދިނުމާއި ނަންބަރު ދޫކުރުން.

 2-   އޮފީހަށް އެކި ކަންކަމުގައި އަންނަ މީހުންނާ ބައްދަލުކޮށް އެމީހުންގެ ބޭނުމާގުޅޭ ފަރާތަކާއި ގުޅުވުން.

 3-   ރީޕްރިންޓް ކުރަން ހުށަހަޅާ ކާޑުތަކަށް ނޯޓް ޕްރިންޓް ކުރުމާއި އިޝޫއިން ނަންބަރ ދޫކުރުން.

 4-   އަތޮޅު ތެރޭގެ ކާޑުތައް ނަގަން އަންނަ ފަރާތްތަކުގެ ސްޓޭޓަސް ޗެކްކުރުމަށްފަހު ވެރިފައި އާއި ހިސާބަށް ގޮސްފައިވާ ކާޑުތަކަށް އިޝޫ އިން ނަންބަރ ދޫކުރުން.

 5-   ކާޑުހެދުމަށް ހުށަހަޅާ މަޢުލޫމާތު ފޯމް ބަލައި ގަތުން.

 6-   ކާޑު ދޫކުރުމާއި ބެހޭ ހުރިހާ މަސައްކަތެއްގައި އެހީތެރިވެ ދިނުން.

 7-   ޙަވާލުވެފައިވާ މަސައްކަތާގުޅިގެން އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތު ތައްއަދާކުރުން.

 8-   ޑިޕާޓްމަންޓުގެ އަދި ޔުނިޓުގެ މަސައްކަތުގެ ތެރެއިން ޚާއްޞަ ހާލަތުގައި ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.

 

 މަޤާމުގެ ޝަރުޠުތައް:

 ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން "ސެކަންޑަރީ ސްކޫލް" ނުވަތަ   "ހަޔަރ  ސެކަންޑަރީ ސްކޫލް" ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 ހުށަހަންޖެހޭ ލިޔުންތައް: 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި www.dnr.gov.mv ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

  (ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ     ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް   މޯލްޑިވްސް  ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

 (ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  6 ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

  7 ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

  8 މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

 (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ   މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި   މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

 ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. މަސައްކަތުގެ ތަޖުރިބާ
  2. ލިބިފައިވާ އެހެނިހެން ހުނަރު
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން 

 މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: 

 މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2018 ސެޕްޓެންބަރު 9 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން އަށެވެ.   ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) އަދި ފެކްސް (3325160) މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި   ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީދާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2018 ސެޕްޓެންބަރު 12 ން 20 އާ ދެމެދު ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންގައެވެ. ވުމާއެކު   މިވަޒީފައަށް ކުރިމަތިލާ ފަރާތްތަކުން އެ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުންއެދެމެވެ.

 ޝޯޓް ލިސްޓްކުރުން:

  މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ   ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

 އިތުރު މަޢުލޫމާތު:

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3323815 ނަންބަރާއެވެ. ފެކްސް ކުރާނެ ނަންބަރަކީ 3325160 ނަންބަރަށެވެ. އީމެއިލް   އެޑްރެހަކީ  [email protected] އެވެ. މެއިލް އާއި ފެކްސް ކޮށްގެން ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރުމަކީ މަޤާމަށް ކުރިމަތިލާ ފަރާތުގެ   ޒިންމާއެކެވެ.  އެޕްލިކޭޝަން ފޯމާއެކު ހުށައަޅަން ޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލު ކުރެވޭނެއެވެ.   

29 އޮގަސްޓް 2018
ހޯދާ