ދިވެހިރާއްޖެ
ނަންބަރު:123-A/IUL/2018/32
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ.
އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މާފަންނު ގުދަނުގައި ފައިލް ބަހައްޓާ ހަރުތަކެއް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު މިކޮމިޝަނުގެ ނަމްބަރު 123-A/IUL/2018/30(09 އޯގަސްޓް 2018) އިޢުލާނާ ގުޅިގެން ޝަރުޠު ހަމަވާ އަންދާސީހިސާބު އެކަށީގެންވާ ވަރަށް ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 03 ސެޕްޓެންބަރު 2018 ވާ ހޯމަ ދުވަހުގެ 10:00 އަށް މިކޮމިޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 06 ސެޕްޓެންބަރު 2018 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މިބިޑާ ގުޅޭ މަޢުލޫމާތު ޝީޓް، ޕްރީ-ބިޑް މީޓިންގ އޮންނަ ދުވަހު މިކޮމިޝަނުގެ ވެބްސައިޓަށް އަޕްލޯޑް ކުރެވޭނެއެވެ.
18 ޛުލްޙިއްޖާ 1439
29 އޯގަސްޓް 2018