މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިންޖީނުގެ އެޅުމަށްޓަކައި ނަގަންޖެހޭ ރުއްގަސްތަކުގެ ބަދަލު ހަމަޖެއްސުން:

މި ރަށު އިންޖީނުގެ ރީލޮކޭޓް ކުރުމަށް ބޭނުންވާ ބިމުގައި ހުރި ރުއްގަހުގެ ވެރިފަރާތްތައް ހޯދުމަށް ކުރެވުނު އިޢްލާން ނންބަރު (IUL)301-PN/301/2018/21 އަށް އިޖާބަދީ އެތަނުގައި ހުރި ރުއްގަސްތަކުގެ ވެރިފަރާތްކަން އަންގައިދޭ ލިޔުން ހުށަހަޅާފައިވަނީ ވަރަށް މަދު ފަރާތްތަކުން ކަން ފާހަގަ ކުރަމެވެ. މި ސަރަޙައްދަށް އިންޖީނުގެ ގެނައުމަށް ބޭނުންވާ މަސައްކަތް ފެށުމަށް ދަތި ނުވާނެ ގޮތަކަށް އެސަރަޙައްދުގައި ހުރި ރުއްގަހުގެ ވެރިއަކު ވާނަމަ އިތުރު ފުރުސަތެއް ދިނުމަށް ކައުންސިލުން ބޭނުންވާތީވެ، މިކަމަށް ޚާއްސަ ސަމާލުކަމެއް ދީގެން ރުއްގަހުގެ ވެރިފަރާތްތަކުން ލިޔެކިޔުން (ރުއްގަހުގެ މިލްކު ސާބިތު ކުރި ފަތް) ހުށަހަޅައި ދެއްވުމަށް އިލްތިމާސް ކުރަމެވެ. މިއިޢްލާނުގެ މުއްދަތު ހަމަވާއިރު، މިލްކު ސާބިތުކުރި ފަތް ނުވަތަ ވެރިފަރާތް އެނގޭނެ އެހެންވެސް ލިޔުން ހުށަ ނާޅައި ރުއްގަސްތައް ހުރިނަމަ  އިތުރު ފުރުސަތެއް ނުދީ އެތަކެތި ނައްތާލެވޭނެ ކަމުގައި ދަންނަވަމެވެ. 

އިންޖީނުގެ ރީލޮކެޓް ކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދަކީ ދިރާގު ހަޓްގެ އިރުމަތި އިންފާރުން ފެށިގެން އުދަރެސް ގެ އާއި ދިމާލަށް ވާގޮތަށް އަތިރިމައްޗަށް ފައިބަން އޮންނަ މަގާއި ދެމެދު ޒިޔާރަތްމަގު (ކުދިންކޮށިމަގު) ގެ އުތުރު (ގޮނޑުދޮށު ހޭޅިޔާ ހަމައަށް) ސަރަޙައްދެވެ. މިސަރަޙައްދުގައިވާ ރުއްގަހުގައި 1 އިން 53 އަށް ނަންބަރު ޖަހާފައިވާނެއެވެ.

 

ވީމާ، މިރުއްތަކާއި ގަސްތަކުގެ ވެރިން އެ ރުއްގަހުގައި ޖަހާފައިވާ ނަންބަރާއި މިލްކު ސާބިތުކުރިކުރި ފަތުގެ އަޞްލާއިއެކު 09 ސެޕްޓެމްބަރ 2018 ދުވަހުގެ 1:30 ގެ ކުރިން ހުށަހެޅުމަށް ދަންނަވަމެވެ.

މިކަމާގުޅޭ ގޮތުން އިތުރަށް ސާފުކުރުމަށް ބޭނުންވާ މަޢްލޫމާތެއްވާނަމަ ރައީސް ޤާސިމް ޙުސައިން       (މޮބައިލް ނަންބަރު: 7750001 ) އާއި ބައްދަލު ކުރެއްވުން އެދެމެވެ.

18 ޒުލްޙައްޖާ     1438  

29 އޮގަސްޓް 2018
ހޯދާ