ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިންދޭ މަޢުލޫމާތާއި އެއްގޮތަށް އދ.ދަނގެތި ފުޓްސަލް ދަނޑު އަމިއްލަ ތަކެތީގައި ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 02 ސެޕްޓެންބަރު 2018 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ / އަމީނީމަގަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.
މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް 29 އޯގަސްޓް 2018 ވާ ބުދަ ދުވަހުގެ 08:00 އިން ފެށިގެން 30 އޯގަސްޓް 2018 ވަނަ ދުވަހުގެ 14:00 އަށް މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި، މަޢުލޫމާތު ކަރުދާހުގައި އަންގަވާފައިވާގޮތަށް ބޭންކް ގެރެންޓީ އާއިއެކު ބިޑް ސެކިއުރިޓީ ހުށަހެޅުއްވުމަށް ހަނދުމަކޮށް އަރުވަމެވެ.
މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 30 އޯގަސްޓް 2018 ވަނަ ދުވަހުގެ 14.00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުމަށް ނުވަތަ 3004281 އަށް ގުޅުއްވުން އެދެމެވެ.