ދިވެހިރާއްޖެ
ނަމްބަރު: IUL)306/306/2018/28)
އިއުލާން
ވަޒީފާގެ ފުރުޞަތު
ރަސްމާދޫ ސަންރައިޒް ފިޔުއަލް ސެންޓަރަށް މުވައްޒަފަކު ހޯދަން ބޭނުންވެއްޖެއެވެ.
މަޤާމް : އޮފިސަރ |
ބޭނުންވާ ޢަދަދު : 01 |
މުސާރަ : -/2000 ރުފިޔާ |
ވަޒީފާ އަދާކުރަންޖެހޭ ވަގުތު : 7 ގަޑިއިރު (ހެނދުނު 08:00 ން 11:00 އަށް) އަދި މެންދުރުފަހު 02:00 ން ހަވީރު 06:00 އަށް) |
ސަރވިސް އެލަވަންސް: 1000 ރުފިޔާ |
|
މަސައްކަތްކުރުމަށްހަމަޖެހިފައިވާތަން : ރަސްމާދޫ ސަންރައިޒް ފިޔުއަލް ސެންޓަރ |
|
ޔުނިޓް :- |
މަޤަމުގެ ގިންތި : ވަގުތީ |
މަޤާމުގެ އަސާސީ ޝާރުޠު
1- ލިޔަންކިޔަން ދަތުމާއިއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު ނުވަތަ ޤާބިލުކަން ސާބިތުކޮށްދިނުން.
މަޤާމުގެ މަސްއޫލިއްޔަތު :
1- ކަނޑައެޅިފައިވާ ގަޑިތަކުގައި ސަންރައިޒް ފިޔުއަލް ސެންޓަރ ހުޅުވައި، ކަނޑައެޅިފައިވާ އުޞޫލްތަކާ އެއްގޮތަށް އެތަނުން ޚިދުމަތް ފޯރުކޮށްދިނުން.
2- ތެޔޮ ގުދަން ސާފުކޮށް ބެލެހެއްޓުމާއި އެ ސަރަޙައްދުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅިފައިވާކަން ޔަޤީންކުރުން
3- ކްރެޑިޓާރސް އިންނާ ގުޅިގެން ކްރެޑިޓް ބިލްތަކަށް ފައިސާ ހޯދުމުގެ ކަންކަން ކުރިއަށް ގެންދިޔުން
4- ޕެޓްރޯލް އަދި ޑީސަލްގެ ސްޓޮކް ބަލަހައްޓައި، އޯޑަރުކުރަންޖެހޭ ލެވަލް އަށް ސްޓޮކް ތިރިވުމުން ތެލަށް އޯޑަރުކުރުމުގެ އިންތިޒާމް ހަމަޖެއްސުން
5- މާލިއްޔަތު ޤަވާއިދާ އެއްގޮތްވާގޮތުގެ މަތިން ސްޓޮކް ބަލަހައްޓައި ދިމާކުރުން. އަދި އެއްވެސް މައްސަލައެއް އުޅޭނަމަ އެކަންކަން ގަވާއިދުން ކައުންސިލަށް ރިޕޯޓްކޮށް ހައްލުކުރުމަށް މަސައްކަތްކުރުން
6- ކޮންމެ ދުވަހެއްގެ ސޭލްސް ބިލްތައް ދުވަހުން ދުވަހަށް ނިންމައި، ޖެހިގެން އަންނަ ދުވަހުގެ 12:00 ގެ ކުރިން ކައުންސިލް އިދާރާއާ ފައިސާ ހަވާލުކުރުން
7- ވިޔަފާރީގެ ފައިލިން ސިސްޓަމް ރަނގަޅަށް ބެލެހެއްޓުން.
8- މީގެއިތުރުންވެސް އޮފީހުން އަންގާގޮތެއްގެ މަތިން ވިޔާފާރިއާ ގުޅުން ހުރި މަސައްކަތްތައް ކުރިއަށް ގެންދިޔުން
ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޯދުމަށް ބެލޭނެ ކަންތައްތައް
1- ތައުލީމާއި ތަމްރީން
2- މަސައްކަތުގެ ތަޖުރިބާ
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް : 06 ސެޕްޓެމްބަރ 2018 ވާ (ބުރާސްފަތި) ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާއަށް
މި މަޤާމަށް އެދިލައްވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް ދެވޭ އިންޓަވިއު އާއި ޕްރެކްޓިކަލް އޮންނާނެ ތާރީޚާއި ގަޑި 24 ގަޑިއިރު ކުރިން އަންގަމުންދެވޭނެއެވެ.
އުޖޫރައާއި ޢިނާޔަތް ތައް: އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ ސިވިލްސަރވިސް ގަވާއިދުގައި ހަމަޖެހިފައިވާ އުޞޫލުގެމަތިން އިތުރު ގަޑީގެ ފައިސާ ދެވޭނެއެވެ.
ހުށައަޅަންޖެހޭ ލިއުންތައް :
1 - ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް ( އެޕްލިކޭޝަން ފޯމު ރަސްމާދޫ ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާއެވެ. )
2- ތަޢުލީމީސެޓްފިކެޓްތަކުގެ ކޮޕީ
3– ސަރުކާރުގެ ނުވަތަ ސިވިލްސަރވިސް އަށް ޚިދުމަތް ކުރުމަށް ބޮންޑެއްގައިހުރި މުވައްޒަފެއްނަމަ ރަސްމާދޫ ކައުންސިލްގެ އިދާރާގެ ވަޒީފާއަށް ހޮވިއްޖެނަމަ ބަދަލުވުމުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން .
4 – ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީލިއުމެއް.
5 – ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުން ސާފު ކޮޕީ
6 – ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ( ގުޅޭނެ ނަމްބަރާއި އީމެއިލް އެޑްރެހާއެކު )
ފޯމާއެކު ހުށައަޅަންޖެހޭ ތަކެތި ހުށައަޅާފައިނުވާ ފޯމުތަކާއި ސުންގަޑީގެ ފަހުން ހުށައެޅޭ ފޯމުތައްވެސް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
އިތުރުމައުލޫމާތު: ވަޒީފާއަށް އެދި ހުށަހަޅުއްވާ އެޕްލިކޭޝަނާއެކު ހުށަހަޅުއްވާ ލިޔުންތަކުގެ އަސްލު އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ގެންނަންވާނެއެވެ. މި ލިޔުންތައް އެޕްލިކޭޝަނާއެކު ހުށަހެޅުއްވި ތަކެތީގެ ސައްޙަކަން ކަށަވަރުކުރުމަށްފަހު އަނބުރާ ޙަވާލުކުރެވޭނެއެވެ.
މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މިކައުންސިލްގެ ނަމްބަރ 6580049 ނަމްބަރު ފޯނާއެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
28 އޯގަސްޓް 2018