ދިވެހިރާއްޖެ
ނަންބަރު: IUL)244-ESMSMS/244/2018/43
އިޢުލާން
ހއ.ތުރާކުނު މަސްޖިދުލް ނިބްރާސް މިސްކިތުން ނަގާފައިވާ ދޮރާއި ދޮރުފަތްތައް ސިޓީލައި ނީލަމުގައި ވިއްކާލުމަށް މިއިދާރާއިން ކުރި ނަމްބަރު:IUL)244-ESMSMS/244/2018/40 (09 އޮގަސްޓް 2018) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ، އެޢިއުލާން ބާޠިލްކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ. އަދި މިދޮރާއި ދޮރުފަތްތަކަށް އަގުހުށަހެޅޭނީ ހުރިހާ ދޮރާއި ދޮރުފަތްތަކަކަށް އެއްކޮށެވެ.
ތަފްސީލް |
ނީލަން ފެށޭ އަގު |
ފަހަރަކު އިތުރުކުރެވޭ އަގު |
ދޮރާއި ދޮރުފަތްތައް |
700.00 (ހަތްސަތޭކަ ރުފިޔާ) |
100.00 (ސަތޭކަ ރުފިޔާ) |
ވީމާ، މި ނީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 29 އޮގަސްޓް 2018 ވާ ބުދަ ދުވަހު މިކައުންސިލަށް ގުޅުއްވާ މަޢުލޫމާތު ސާފްކުރެއްވުމަށްފަހު، ހުށަހަޅާ އެންމެ މަތީ އަގު ލިޔުއްވާ އައި.ޑީ.ކާޑްގެ ކޮޕީއަކާއެކު ސިޓީ އުރައެއްގައި ބަންދު ކުރެއްވުމަށްފަހު 29 އޮގަސްޓް 2018 ވާ ބުދަ ދުވަހުން ފެށިގެން މިކައުންސިލަށް ހުށަހަޅުއްވަމުން ގެންދިއުން އެދެމެވެ.
ނީލަން ހުށަހެޅޭ އަގުތަކުގެ ތެރެއިން އެންމެމަތީ އަގު ރަސްމީ ދުވަސްދުވަހުގެ ހެނދުނު 10:00 ފެށިގެން މިއިދާރާގެ ނޯޓިސް ބޯޑްގައި ބެހެއްޓިފައި ހުންނާނެއެވެ. ނީލަން ނިންމުމަށް ހަމަޖެހިފައިވަނީ ބަންދު ދުވަސް ފިޔަވައި ޖެހިޖެހިގެން 3 ދުވަހު އެއްއަގެއް އޮވެއްޖެނަމަ އެއަގު ހުށަހެޅި ފަރާތަކަށެވެ. އަދި މިނީލަން ކުރިއަށްދާނީ 09 ސެޕްޓެމްބަރ 2018 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:30 ނިޔަލަށެވެ.
އަދި ނީލަން ނިމުމުން ފައިސާ ދެއްކުމަށްފަހު ނީލަން ކާމިޔާބުވި ފަރާތް 10 ދުވަހުގެ ތެރޭގައި ތަކެތި ގެންދަވަންވާނެއެވެ. ކަނޑައެޅިފައިވާ މުއްދަތުގައި ނުގެންގޮސް ހުންނަ ތަކެއްޗާއި މެދު ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން އަމަލު ކުރެވޭނެއެވެ. މިނީލަމުގައި ވީހާވެސް ގިނަ ފަރާތްތަކެއް ބައިވެރިވުމަކީ މިކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ. އަދި މިކަމާ ބެހޭ ގޮތުން އިތުރު މަޢުލޫމާތު ސާފްކުރެއްވުމަށް ރަސްމީ ގަޑީގައި މިއިދާރާގެ ނަމްބަރު 6500035 ފޯނަށް ގުޅުއްވުން އެދެމެވެ.