ދިވެހިރާއްޖެ
މިސްކޫލުގެ ހުޅަނގުފަރާތުގައި ހުރި ދެގޭޓް ހަލާކުވެފައި ހުރުމުގެ ސަބަބުން އައުދެގޭޓް ހެދުމަށް ބޭނުންވެއެވެ.
މިމަސައްކަތަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ( ޤާނޫނު ނަމްބަރ 18/2014)ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަމްބަރ: 19/2014) ގެދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ވީމާ، މިމަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިދެންނެވިފައިވާ ދުވަސްތަކާއި، ގަޑިތަކުގައި މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.
ތަފްޞީލް |
ތާރީޚު |
ގަޑި |
ތަން |
|
މައުލޫމާތު ދިނުމުގެ ބައްދަލުވުން |
02 ސެޕްޓެމްބަރ 2018 |
އާދީއްތަ |
11:00 |
ނާލާފުށީ ސްކޫލް |
އަންދާސީ ހިސާބު ހުށައެޅުން |
06 ސެޕްޓެމްބަރ 2018 |
ބުރާސްފަތި |
11:00 |
ނާލާފުށީ ސްކޫލް |
އިތުރު މަޢުލޫމާތު ސާފުކުރުމަށް މި ސްކޫލްގެ ނަމްބަރ 7952907 ފޯނާ ގުޅުއްވުން އެދެމެވެ.
17 ޛުލްޙައްޖާ 1439
28 އޯގަސްޓް 2018