ދިވެހިރާއްޖެ
ބަނދަރުލައިޓްތަކާއި މަގުބައްތިތައް ދިއްލުމާއި މަރާމާތުކޮށް ބަލަހައްޓާދޭނެ ފަރާތެއް ހޯދުން
މިރަށުގެ ބަނދަރު ލައިޓްތަކާއި އިޖްތިމާޢީ ސަރަހައްދު ތަކުގައިވާ މަގުބައްތިތައް ، 13 ސެޕްޓެމްބަރ 2018 އިން 12 ސެޕްޓެމްބަރ 2019 ގެ ނިޔަލަށް ( 1 އަހަރު ދުވަހުގެ މުއްދަތައް ) ދިއްލާ މަރާމާތުކޮށް ބަލަހައްޓާދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ . މިކަމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން ތިރީގައި މިވާ ތާރީޚަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފްކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
މަޢުލޫމާތު ސާފްކުރެއްވުން |
އަންދާސީ ހިސާބު ހުށަހެޅުއްވުން |
ތަން : އއ.ތޮއްޑޫ ކައުންސިލްގެ ޖަލްސާ ކުރާމާލަމް |
ތަން : އއ.ތޮއްޑޫ ކައުންސިލްގެ ޖަލްސާ ކުރާމާލަމް |
05 ސެޕްޓެމްބަރ 2018 ވަނަ ދުވަހުގެ ހެދުނު 10:00 ގައި |
09 ސެޕްޓެމްބަރ 2018 ވަނަ ދުވަހުގެ ހެދުނު 10:00 ގައި |
އަންދާސީ ހިސާބު ހުށަހަޅުއްވާނީ އެކަމަށް ތައްޔާރުކޮށްފައިވާ " އަންދާސީ ހިސާބު ހުށަހަޅާ " ފޯމުންނެވެ. މަޢުލޫމާތު ސާފްކުރެއްވުމުގެ ބައްދަލުވުމަށް ހާޒިރުވެ ވަޑައިގައްނަވާ ފަރާތްތަކަށް ފޯމް ދޫކުރެވޭނެއެވެ . މަޢުލޫމާތު ސާފްކުރެއްވުމުގެ ބައްދަލުވުމަށް ހާޒިރުވެ ވަޑައިނުގައްނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެއެވެ. އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލް ކުރެވޭނެއެވެ . އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެކަން ބަޔާންކޮށް ލިޔުމެއް ހުށަހަޅަން ވާނެއެވެ . އަންދާސީ ހިސާބުތައް ހުޅުވުން އޮންނާނީ އަންދާސީ ހިސާބު ހުށަހެޅުމުގެ ބައްދަލުވުމަށް ޙާޒިރުވާ ފަރާތްތަކުގެ ހާޒިރުގައި އެބައްދަލުވުމުގައެވެ.
މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ޤާނޫނު ނަންބަރު 2014/18 އަދި 2014/19 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް އެކަންޏެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.