ދިވެހިރާއްޖެ
އިޢުލާން
މަޤާމް |
އިމާމު/ މުދިމް |
ބޭނުންވާ އަދަދު: |
01 (އެކެއް) |
އުޖޫރަ: |
· އިމާމް ޝަރުތު ހަމަވާނަމަ ކޮންމެ ނަމާދު ވަގުތަކަށް 56.00 ރުފިޔާ
· މުދިމް ޝަރުތު (ޤުރުއާން ރީއްޗަށް ކިޔަވަން އެގުން، ބަންގި ގޮވުމާއި، ނަމާދުކުރަން އެގޭ ފަރާތަކަށްވުން) ހަމަވާނަމަ ކޮންމެ ނަމާދު ވަގުތަކަށް 48.00 ރުފިޔާ
|
މަސައްކަތް ކުރަން ހަމަޖެހިފައިވާ ތަން: |
ގދ. މަޑަވެލި މަސްޖިދުލް ބަރަކާތު މިސްކިތް
|
މަޤާމުގެ ޝަރުޠު: |
މުދިމްކަމުގެ ސަނަދު ނުވަތަ އިމާމުން ތަމްރީންކުރާ ކޯހުގެ ލެވެލް 1، 2، 3 ގެ ސެޓްފިކެޓްއެއް ލިބިފައިވުން ނުވަތަ އެފަދަ ކޯހެއްގައި ބައިވެރިވެފައިވާކަމުގެ ލިޔުމެއް ނުވަތަ މިސްކިތުގެ ވަގުތު ބަންގިގޮވާ އިމާމުވެ ނަމާދުކުރުމުގެ ތަޖްރިބާ ލިބިފައިވާ މީހަކަށްވުން.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: |
1. ކޮންމެ ނަމާދު ވަގުތެއްގެ ގަޑިޖެހުމުގެ 15 ވަރަކަށް މިނިޓުގެ ކުރިން މިސްކިތަށް ގޮސް މިސްކިތުގެ ކަންތައް ހުރިނެތްގޮތް ބަލާ ރަނގަޅު ކުރުމަށްފަހު ނަމާދު ވަގުތު ޖެހުމުން ވަގުތު ބަންގިގޮވައި އިމާމްވެ ނަމާދުކުރުން. 2. މިސްކިތް ސާފުކުރާ މުވައްޒަފުންގެ މަސައްކަތް ހިނގާގޮތް ދުވަހުން ދުވަހަށް ސުޕަވައިޒުކޮށް ބެލެހެއްޓުން.
|
ވަޒީފާއަށްއެދި ހުށަހަޅާ ލިޔުންތައް: |
1. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ 2. ލިބިފައިވާ ސަނަދު، ސެޓްފިކެޓްތަކުގެ ކޮޕީ. 3. އައި.ޑީ ކާޑުގެ ކޮޕީ. 4. ކުރިން އެހެން ވަޒީފާއެއްގައި އުޅެފައިވާނަމަ ވަޒީފާ އަދާކުރިތަނުގެ ތައްގަޑު ޖަހާފައިވާ ލިޔުމެއް.
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: |
މިމަޤާމަށް އެދޭ ފަރާތްތަކުން 02 ސެޕްޓެންބަރު 2018 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00ގެ ކުރިން ވަޒީފާއަށް އެދި މިއިދާރާއަށް ސިޓީ ހުށަހަޅަން ވާނެއެވެ.
|
އިތުރު މަޢުލޫމާތު
އިމާމަކު ބޭނުންވަނީ މަސްޖިދުލް ބަރަކާތަށް 03 ސެޕްޓެންބަރު 2018 އިން 17 ސެޕްޓެންބަރު 2018 ގެ ނިޔަލަށެވެ.