ދިވެހިރާއްޖެ
ސ.ހުޅުމީދޫ ބަހާއުއްދީން ރޯޑްގެ މަސައްކަތަށް ބޭނުންވާ އެގްރިގޭޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ބޭނުންވާ ތަކެތީގެ ތަފްސީލު ތިރީގައިވާ ތާވަލްގައި އެވަނީއެވެ.
ބޭނުންވާ އަދަދު |
ތަފްޞީލް |
ޑެލިވަރީ ސައިޓް |
1500 |
އެގްރިގޭޓް |
ސ.ހިތަދޫ ރޯޑް ޕްރޮޖެކްޓް ސައިޓް |
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2018 އޯގަސްޓް 30 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ / އަމީނީމަގަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.
މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާކަން މަޢުލޫމާތަށްޓަކާއި ދެންނެވީމެވެ. އަދި، މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް 2018 އޯގަސްޓް 26 ވާ އާދީއްތަ ދުވަހުގެ 12:00 އިން ފެށިގެން 2018 އޯގަސްޓް 30 ވާ ބުރާސްފަތި ދުވަހުގެ 09:30 ގެ ނިޔަލަށް މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
އަދި ދަންނަވަމެވެ. ބިޑް ހުށަހަޅުއްވާއިރު ބިޑް ސެކިއުރިޓީ ފޯމް ފުރިހަމަ ކުރެއްވުމަށް ސަމާލުކަން ދެއްވުމަށް އެދެމެވެ.
މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 3004281 އަށް ގުޅުއްވުން އެދެމެވެ. ނުވަތަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.