އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު

              މިރަށުގައި އަލަށްޖަހާ މަގުބައްތިތަކަށް ބޭނުންވާ ކަރަންޓް ކޭބަލް ވަޅުލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

              މިމަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 29 އޮގަސްޓް 2018 ދުވަހުގެ 13:00 އަށް މިކައުންސިލްގެ އިދާރާ އަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 2 ސެޕްޓެމްބަރު 2018 ދުވަހު 13:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް މިކައުންސިލްގެ އިދާރާގެ މީޓިންރޫމް އަށް ވަޑައިގެންދެއްވުންއެދި ދެންނެވީމެވެ.

              މައުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ބައްދަލުވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް ސިޓީއަކާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އެއް ފޮނުވުމަށް ދަންނަވަމެވެ. މައުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި އަންދާސީ ހިސާބު ހުށަހެލުއްވުމުގެ ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ. މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެނުލައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް ދަންނަވަމެވެ.

              މިމަސައްކަތް ކޮށްދެއްވުމަށް ހުށަހަޅާ އަންދާސީ ހިސާބުތަކަށް މާކސްދެވޭނެ އުޞޫލް ތިރީގައި އެވަނީއެވެ.

  • މަސައްކަތަށް ހުށަހަޅާ އަގު %80 (އަށްޑިހަ އިންސައްތަ މާކްސް): މަސައްކަތް ކޮށްދިނުމަށް ހުށަހެޅި އެންމެ ކުޑަ އަގު ގެއްލަން މަސައްކަތް ކޮށްދިނުމަށް ހުށަހެޅި އަގު ގުނަކުރަން 80
  • މަސައްކަތް ނިންމުމަށް ހުށަހަޅާ މުއްދަތު %20 (ވިހި އިންސައްތަ މާކްސް) މަސައްކަތް ކޮށްދިނުމަށް ހުށަހެޅި އެންމެ ކުރު މުއްދަތު ގެއްލަން މަސައްކަތް ކޮށްދިނުމަށް ހުށަހެޅި މުއްދަތު ގުނަކުރަން 20

15 ޛުލްހިއްޖާ  1439

26 އޯގަސްޓް  2018

 

 

                                                             

26 އޮގަސްޓް 2018
ހޯދާ