މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
ހއ.ހޯރަފުށީގައި އަލަށް ޤާއިމް ކުރާ ޕޮލިސް ސްޓޭޝަނަށް ބޭނުންވާ އޮފީސް ފަރުނީޗަރ ގަތުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

  • މި ސަރވިސްގެ ހއ.ހޯރަފުށި ޕޮލިސް ސްޓޭޝަނަށް ބޭނުންވާ އޮފީސް ފަރުނީޗަރ ސަޕްލައިކޮށް އިންސްޓޯލްކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި މި ސަރވިސްގެ ނަމްބަރު 171-G1(b)/IUL/2018/  054   އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައި ނުވާތީ، ދެންނެވިފައިވާ އިޢުލާން ބާތިލްކޮށް މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުގުވެރިވެލައްވާ އެންމެހައި ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.
  • ބީލަންތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 2018 އޮގަސްޓް 27 ވާ ހޯމަ ދުވަހުން ފެށިގެން 2018 އޮގަސްޓް 29 ވާ ބުދަ ދުވަހުގެ ނިއަލަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ 10:00 އިން 11:00 އަށް މި ސަރވިސްގެ ފައިނޭންސް ޑިޕާރޓްމަންޓް (އިސްކަންދަރު ބިލްޑިންގ، އަމީނީމަގު) ގައެވެ. ބީލަން ފޮތެއްގެ އަގަކީ 400.00ރ (ހަތަރުސަތޭކަ ރުފިޔާ) އެވެ. ފައިސާ ދެއްކެވުމުން ބީލަންފޮތް، ސޮފްޓް ކޮޕީ ފޯމެޓެއްގައި މިސަރވިސްގެ ޕްރޮކިއުމަންޓް ސެކްޝަނުން ލިބިވަޑައިގަންނަވާނެއެވެ.
  • މި ޕްރޮޖެކްޓްގެ ބިޑް ޑޮކިއުމަންޓްސް ކުރިން ބައްލަވައިގެންފައިވާ ފަރާތްތަކުން ބިޑް ޑޮކިއުމަންޓްސް އަލުން ގަންނަވަން ޖެހިވަޑައެއް ނުގަންނަވާނެއެވެ. ނަމަވެސް ދެންނެވިފައިވާ މުއްދަތުގެ ތެރޭގައި ބިޑަށް އަލުން ނަން ނޯޓް ކުރައްވަން ވާނެއެވެ.
  • މި ޕްރޮޖެކްޓްގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2018 އޮގަސްޓް 30 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި، އިސްކަންދަރު ބިލްޑިންގ ގައެވެ. މި ޕްރޮޖެކްޓާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2018 އޮގަސްޓު 30 ވާ ބުރާސްފަތި ދުވަހުގެ 10:30 ގެ ކުރިން މިސަރވިސްގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުން އެދެމެވެ.
  • ބީލަން ހުޅުވުން އޮންނާނީ 2018 ސެޕްޓެމްބަރ 05 ވާ ބުދަ ދުވަހުގެ 11:00 މިސަރވިސްގެ ފައިނޭންސް ޑިޕާރޓްމަންޓްގައެވެ. ބީލަންތައް ހުންނަށްވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށްދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ޚިދުމަތް ދޭ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
  • ބީލަންފޮތް ބައްލަވައިނުގަންނަވާ ފަރާތްތަކަށް ޕްރީބިޑް ބައްދަލުވުމާއި ބިޑް ހުޅުވާ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ދެވެންނެތް ވާހަކަ ދަންނަވަމެވެ.

                                26  އޮގަސްޓް 2018 މ.

26 އޮގަސްޓް 2018
ހޯދާ