މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްލޭނިންގް އޮފިސަރ

 

 ޕްލޭނިންގް އޮފިސަރ

މަޤާމް:

J-279244

މަޤާމުގެ ނަންބަރު:

01 ( އެކެއް )

ބޭނުންވާ އަދަދު:

ދާއިމީ

މަޤާމުގެ ގިންތި:

އެމް. އެސް 1

މަޤާމުގެ ރޭންކް:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ ކްލެސިފިކޭޝަން:

މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މަހަކު -/5610 ރުފިޔާ

މުސާރަ:

މަހަކު -/2000 ރުފިޔާ

ސަރވިސް އެލެވަންސް:

1-      ސަޕޯރޓިންގ ކޯ އެލަވަންސް 2: މަހަކު -/700 ރުފިޔާ

2-      ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

3-      ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

4-      ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

އެހެނިހެން އެލަވަންސް:

 

1. ނ. މަނަދޫ ކައުންސިލްގެ އިދާރާގެ ބެލުމުގެ ދަށުގައިވާ،ބިންބިމުގެ ދަފްތަރު އެކުލަވާލައި އެދަފްތަރު ބެލެހެއްޓުމާއި، ބިމާއިބެހޭ ގައުމީ  ދަފްތަރު ބަލަހައްޓާ އިދާރާއަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުން.

2. ޕްލޭނިންގ އޮފިސަރެއްގެ ހައިސިއްޔަތުން އިދާރާގެ ކަންކަން ޕްލޭންކުރުމުގައި އެފަދަ ޕްލޭންތަކުން ރައްޔިތުންނަށް ނުވަތަ އިދާރާއަށް އޭގެ ސަބަބުން ގެއްލުމެއް ލިބިދާނެ އެއްވެސްކަމެއް ޕްލޭންކުރުމުގެ ތެރޭގައި ހިމެނިފައިވޭތޯ ރަނގަޅަށް ބަލާ އެފަދަ ކަމެއް ހިމެނިފައިވާނަމަ އިދާރާ ހިންގުމާ ހަވާލުވެ ހުންނެވި އިސްފަރާތަކަށް އެންގުމާއިއެކު އެކަން އިސްލާހުކުރުމަށް މަސައްކަތްކުރުން.

3. ބިމާއިބެހޭ ޤާނޫނުގައި ވާގޮތުގެމަތިން ރަށުގެ ބިމުގެ ބަޖެޓް ތައްޔާރުކުރުމަށް ބޭނުންވާ ލަފަޔާއި  އިރުޝާދުދިނުން.

4. ޕްލޭން ކުރުމާއި ސާރވޭ ކުރުމާއި ރަށުގެ ޗާޓާއި ބިމުގެ އަޑީގައި ވަޅުލެވޭ ހޮޅި، ކޭބަލްފަދަ ތަކެތީގެ ޗާޓް ތައްޔާރު ކުރުމާއި އެކަންކަން ބެލެހެއްޓުން.

5. ބޯހިމެނުންފަދަ ޕްލޭނިންގއާ ބެހޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި، ކަނޑާއި އެއްގަމުގައި ދުއްވާ އުޅަނދުފަހަރާއި، ރަށުގައި އުޅޭ ބިދޭސީންގެ ރަޖިސްޓްރީއާއި މިނޫނަސް ތަފާސް ހިސާބާއި ގުޅިގެން ދަފްތަރުކޮށް ބަލަހައްޓަންޖެހޭ ރަޖިސްޓްރީތައް ބެލެހެއްޓުން.

6. ގޯތި ދޫކުރުމާއި ބިންބިމުގެ މައްސަލަތަކާއި ގުޅިގެން ތައްޔާރު ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުމާއި، މަގުހެދުންފަދަ ކަންކަމުގައި ކައުންސިލަށް ބޭނުންވާ އެހީތެރިކަންފޯރުކޮށްދިނުން.

7. ރަށުގެ އާބާދީއާއި ގުޅޭ އެންމެހާ މަސައްކަތް ކުރުން.

8. ރަށުގެ ލޭންޑްޔޫސް ޕްލޭނާއި، ރަށުގެ ތަރައްޤީގެ ޕްލޭނާއި މިނޫނަސް ކައުންސިލް އިދާރާއިން ތައްޔާރުކުރަންޖެހޭ އެންމެހައި ޕްލޭންތައް ތައްޔާރުކުރުމާއި، ޕްލޭންތަކަށް އަންނަ ބަދަލުތައް އަފްޑޭޓްކޮށް ބެލެހެއްޓުން.

9. ކައުންސިލްގެ ވާރކްޕްލޭން ތައްޔާރުކުރުމާއި ކައުންސިލްގެ ވާރކް ޕްލޭންގައި ހިމަނާފައިވާ ޕްރޮގްރާމްތައް މޮނިޓަރކޮށް އިވެލްއޭޓް ކުރުން.

10. އިޖުތިމާޢީ މަރުކަޒްތަކާއި ކުޅިވަރާއި ބެހޭ ދަނޑުތައް ބެލެހެއްޓުމާއި، ކުޅިވަރުގެ ވަޞީލަތްތަކާއި އާއްމު ޕާކްތަކުގައި މުނިފޫހިފިލުވުމާއި ބެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

11. ކުނިނައްތާލުމުގެ ޕްލޭންހެދުމާއި، ވޭސްޓްމެނޭޖްމަންޓާއި ގުޅުންހުރި މަސައްކަތްތައް ކުރުން.

12.  ދިވެހިރާއްޖޭގެ ޤާނޫނާއި އެއްގޮތްވާގޮތުގެ މަތިން ރަށުގެ ފަޅާއި، ޤުދުރަތީ ވަޞީލަތްތަކުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފޭގޮތަށް ޕްލޭންކުރުން.   

13. ޔުނިޓުން ފޮނުވަންޖެހޭ ލިޔެކިޔުން ( މެއިލްކުރަންޖެހޭ ތަކެތި ) މެއިލްކުރުމާއި، ލިޔެކިޔުންތައް ތައްޔާރުކޮށް ބެލެހެއްޓުމާއި، ފައިލްކޮށް ބެލެހެއްޓުން.

14.އިދާރާގެފަރާތުން ފާހަގަކުރާ އެކިއެކި މުނާސަބަތު ،ވާކްޝޮޕްފަދަ ކަންކަމާއިގުޅިގެން ކުރަންޖެހޭ އިދާރި ކަންކަމާއި އިންތިޒާމުތައް ކުރުމަށްޓަކާ ކުރަންޖެހޭ މަސައްކަތް ތަކުގައި އެހީތެރިވުމާއި، ކައުންސިލްގެ އެނައުންސްމަންޓްތައް ދިނުން. 

15. އިދާރާއިން ކުރާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި،އިދާރާގެރަސްމީ މަސައްކަތުގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމުގެ ޝަރުޠުތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ލިބިފައިވާ ތަޢުލީމާއި، ތަމްރީނު.
  2. ލިބިފައިވާ މަސައްކަތު ތަޖުރިބާ.
  3. ލިބިފައިވާ ހުނަރު.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 03 ސެޕްޓެމްބަރ 2018 ވާ ހޯމަ ދުވަހުގެ ގެ 14:00 ގެ ކުރިން، މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 16 ސެޕްޓެމްބަރ 2018 އާއި 20 ސެޕްޓެމްބަރ 2018 އާ ދެމެދު، މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ ކައުންސިލްގެ އިދާރާ ގައެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.  

ޝޯޓް ލިސްޓްކުރުން:

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6560029 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

     
    04 ޛުލްޤައިދާ 1439

                          15 އޯގަސްޓް 2018 

 
 

 

           

           
 

 

          

          

 

 

 

        

15 އޮގަސްޓް 2018
ހޯދާ