ބާރަށު މަދަރުސާ
ދިވެހިރާއްޖެ
ހެލްތް އެސިސްޓެންޓް

މަޤާމް:                   ހެލްތް އެސިސްޓެންޓް                        

ބޭނުންވާ އަދަދު:          1 (އެކެއް)     

މަޤާމްގެ ނަންބަރ:        295487                  

މަޤާމުގެ ގިންތި:            ވަގުތީ              

މަޤާމުގެ ރޭންކް:         ޖީ އެސް 3

މަޤާމުގެ ކްލެސިފިކޭޝަން  :  ސަޕޯޓް ސްޓާރފް       

ސެކްޝަން:               އެކަޑަމިކް                 

މަޤާމު  އޮތް އޮފީސް:       ބާރަށު ސްކޫލް / ހއ. ބާރަށް

ވަޒީފާ އަދާ ކުރަންޖެހޭ ތަން:  ބާރަށު ސްކޫލް / ހއ. ބާރަށް

 މުސާރަ :            މަހަކު -/4465 ރުފިޔާ 

ސަރވިސް އެލަވަންސް:      މަހަކު -/1500 ރުފިޔާ

 

 

އިތުރު އިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  4. ސަޕޯރޓް ކޯ އެލަވަންސް.

 

 

 

 

 

 

 

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

 

1-     ސްކޫލްގެ ކިޔަވައދޭ ގަޑިތަކުގައި އުޅުއްވަންވާނީ ހެލްތުރޫމްގައެވެ.

2-     އިންޓާރހައުސް އަދި އިންޓަރ ސްކޫލް ކުޅިވަރު މުބާރާތްތަކާއި އަދި މީގެ އިތުރުން ކުދިންނަށް ބޭއްވޭ ތަފާތު ޙަރަކާތްތަކުގައި ބޭނުން ވެދާނެ ޞިއްޙީ ފަރުވާއެއްގެ އިންތިޒާމްކުރުން.

3-     ހެލްތުރޫމަށް ގެނެވޭ ކޮންމެ ކުއްޖެއްގެ ރެކޯޑް ކުރެއްވުމަށްފަހު ކޮންމެދުވަހަކުވެސް ސެޝަން ނިމުމުން އެގްރޭޑްއަކާއި ޙަވާލުވެގެން ހުންނަވާ ލީޑިންގ ޓިޗަރަކަށް ރިޕޯޓް ހުށަހެޅުއްވުން.

4-     ބެލެނިވެރިޔާއާއި މަޝްވަރާކޮށްފައިނޫނީ ބޭހެއް ކުއްޖަކަށް ނުދެއްވުން.

5-     ހެލްތުރޫމަށް ބަލިހާލުބޮޑުވެގެން ގެނެވޭ ކުދިންގެ ބެލެނިވެރިންނަށް ވަގުތުން އެކަން އެންގުން. އަދި އެވަގުތަކު ހުންނަވާ އިސްވެރިއެއްގެ ސަމާލުކަމަށް އެކަން ގެނައުން.

6-     މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި މިނިސްޓްރީ އޮފް ހެލްތު ގުޅިވަޑައިގެން ކޮންމެ އަހަރަކު ސްކޫލްތަކުގައި ގެންދިއުމަށް ހަމަޖެހިފައިވާ ދަރިވަރުންނަށް ފަނީބޭސްދިނުމާއި ވިޓަމިންއޭ ދިނުމުގެ ޕްރޮގްރާމް މިސްކޫލްގައި ހިންގުން.

7-     ހެލްތު ރޫމަށް ގެނެވޭ ދަރިވަރުންނަށް އެހީތެރިވުމާއި ފަރުވާދިނުމުގައި އަވަސް ޚިދުމަތް ފޯރުކޮށްދިނުން.

8-     ދަރިވަރުންނާއި މުއާމަލާތުކުރުމުގައި އޯގާތެރިކަމާއެކު މުއާމަލާތުކުރުން.

9-     ދަރިވަރުންގެ ސިއްޙީ ހޭލުންތެރިކަމަށްޓަކައި ސްކޫލާއި ގުޅިގެން ތަފާތު ޕްރޮގްރާމްތައް ރާވާ ކުރިއަށް ގެންދިއުން.

10-ޢާއްމުކޮށް ހެލްތުރޫމްގައި ދަރިވަރުންނަށް ފުރަތަމަ އެހީދިނުމަށް ބޭނުންކުރާ ހުރިހާ ސާމާނެއް ހަމައަށް ގެނައުން.

11-ކޮންމެ ދުވަހަކު ސެޝަނެއްގައި މަދުވެގެން ދެފަހަރު ތިރީގައިވާ ކަންތައްތައްކުރުން.

-         ފާޙާނާތަކުގެ ސާފުތާހިރުކަންބެލުން.

-         ފާޙާނާގައި ހުންނަތަކެތި ރަނގަޅަށް މަސައްކަތްކުރޭތޯ ބެލުން. މިސާލު ފުލެސްޓޭންކް، އިސްކުރު

-         ފެންބޯ އިސްކުރާއި ކޫލަރުތެރޭގެ ސާފުތާހިރުކަންބެލުން.

-         ކޮރިޑޯތައް ޗެކްކުރުން.

12-ޞިއްހީ ކަންކަމާއިބެހޭ ދުވަސްތައް ފާހަގަކުރުމުގައި ޙިޔާލުދެއްވާ އެހީތެރިވުން.

13-ޓާރމަކު އެއްފަހަރު ކުދިންގެ އިސްކޮޅާއި ބަރުދަން ބަލާ ރެކޯޑްތައް ބެލެހެއްޓުން.

14-ކުދިންގެ މެދުގައި ޞިއްޚީ ހޭލުންތެރިކަން އިތުރުކުރުމަށް ޙަރަކާތްތައް ހިންގުން. ކުދިންނަށް މަޢުލޫމާތުދިނުން.

15-ސްކޫލްގެ ބަންދުވުމުގެ ކުރިން އެއަހަރެއްގެ އަހަރީ ރިޕޯޓާއި އަންނަން އޮތްއަހަރުގެ އެކްޝަން ޕްލޭން މިނިސްޓްރީއަށް ފޮނުއްވުން.

16-ހެލްތު ރޫމްގެ އެނދުފޮތިތަކާއި ބާލީހު އުރަތައް މަދުވެގެން ހަފުތާއަކު 3 ފަހަރު ބަދަލުކުރުން.

17-ހެލްތުރޫމްގެ އިންވެންޓްރީއާއި ސްޓޮކް ބެލެހެއްޓުން.

18-ފަސްޓްއެއިޑް ފޮށީގައި އަބަދުވެސް ތަކެތި ހަމަޔަށް ބެހެއްޓުން.

19-ސްކޫލްތެރޭގެ ސާފްތާހިރުކަމަށް ޚާއްޞަ ސަމާލުކަމެއްދިނުން.

20.  އިސްވެދިޔަ ކަންތައްތަކުގެ އިތުރަށް ޚާއްޞަގޮތެއްގައި ހަވާލުކުރެވޭ އާއްމުގޮތެއްގައި ދިމާނުވާޒާތުގެ ބޮޑެތި މަސައްކަތްތަކުގައި، އަދި ކުއްލިގޮތެއްގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި ވެރިން އަންގަވާގޮތުގެމަތިން، ފަރުވާތެރިކަމާއިއެކު ބަރާބަރަށް ޢަމަލުކުރުން.

 

މަޤާމުގެ ޝަރުތުތައް :

  1.   ސާނަވީ ނުވަތަ އެ އާ އެއްފެންވަރެއްގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއި އެކު އޭގެ އިތުރުން ' ސެކަންޑަރީ ސްކޫލް ' ނުވަތަ ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެކަންތައްތައް

- ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީން ލިބިފައިވާ މިންވަރު.

- މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މިންވަރު.

- މަސައްކަތުގެ ހުނަރާއި،ފެންވަރާއި، ޤާބިލްކަމާއި، ސިފަތައް.

- މީގެ އިތުރުން ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލެވޭނެއެވެ.

 

 ހުށަހަޅަންޖެހޭ ލިޔުންތައް:

1- ފުރިހަމަކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމް

2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3- ވަޒީފާ އަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި  

  ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4-  ސިވިލް ސަރވިސް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއްނެތް ކަމަށް، އެމުއައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިއުމެއް.

5- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރެޖިސްޓްރީކޮށްގެން ހިންގާ މަތީ ތައުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ތަކުގެ    ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިއުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

6-  ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

7-  ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލްސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ.

8-  މަސައްކަތު ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިއުންތަކުގެ ކޮޕީ.

(ހ) ސިވިލްސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު ބާރަށު ސްކޫލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ގެ   ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ 03 ސެޕްޓެމްބަރ 2018 ވާ  ހޯމަ ދުވަހުގެ މެންދުރު  14:00 ގެ ބާރަށު ސްކޫލުގެ ކައުންޓަރަށެވެ.  ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.

އީ-މެއިލް އެޑްރެހަކީ، [email protected] އެވެ.

އެޕްލިކޭޝަން  ފޯމާއެކު  ހުށަހަޅަންޖެހޭ  ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 2018 ސެޕްޓެމްބަރ މިމަހުގެ ތާރީޚެއްގައި ބާރަށު ސްކޫލުގައެވެ. ވުމާއިއެކު މި ވަޒީފާއަށް ކުރިމަތިލައްވާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއު އަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ. 

ޝޯޓްލިސްޓް ކުރުން:

މިވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތުހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށްބަލާ، ވަޒީފާ އަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ މާރކްސް ލިބޭ 10 ފަރާތްތައް ބަލާ ޝޯޓްލިސްޓް ކުރެވޭނެއެވެ. 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ އަކީ %45 އެވެ.

އިތުރު މަޢުލޫމާތު ހޯދުން:   މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6500527 ނަންބަރު ފޯނާއެވެ.

26 އޮގަސްޓް 2018
ހޯދާ